ކިޑްނެޕްކޮށްގެން އުޅޭ ޤައުމީ ޕޮލިސް ހަމީދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި

19 ޖޫން 2012 14:52 | 0 ކޮމެންޓް

ކިޑްނެޕްކޮށްގެން އުޅޭ ޤައުމީ ޕޮލިސް ހަމީދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

ހަމީދު ދޫކޮށްލުމަށް އަމުރުކޮށްފައި މި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށް ފަހު މިއަދު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުންނެވެ. ބުރާސްފަތި ދުވަހު ހައްޔަރުކުރުމަށް އެ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހަމީދު ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދި އެ އަމުރު އިސްތިއުނާފުކުރުމުން މިއަދު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދު ވެސް ކޮށްފަ އެވެ.

ހަމީދު ދޫކޮށްލުމަށް އަމުރުކޮށްފައި މި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށް ފަހު މިއަދު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުންނެވެ. ބުރާސްފަތި ދުވަހު ހައްޔަރުކުރުމަށް އެ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހަމީދު ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދި އެ އަމުރު އިސްތިއުނާފުކުރުމުން މިއަދު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދު ވެސް ކޮށްފަ އެވެ.

ހަމީދުގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ހަމީދު ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ ހަމީދު ބަންދުގައި އިތުރަށް ބެހެއްޓުމަށް ކޯޓަށް ނުފެންނާތީ ކަމަށެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ހަމީދު ކޯޓަށް ގެނައި އިރު ގިނަ ބަޔަކު ވަނީ ކޯޓު ކައިރި އަށް އެއްވެފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވި އެވެ. ހަމީދު ދޫކޮށްލުމާ އެކު ނަޝީދު ވަނީ ހަމީދާ ބައްދަލުކުރައްވައި ސަލާމް ކުރައްވައިފަ އެވެ..


ހަމީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ “މޯލްޑިވްސް ޕޮލިސް ސާވިސް މުވައްޒަފުންތަކެއް ސިޔާސީގޮތުން ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، ސަލާމަތީ ހިދުމަތް ދޭ ފަރާތްތަކާ މެދު އާއްމު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ގަދަރަށް އުނިކަން ލިބިދޭގޮތަށް، ‘ފުލުހުންނާއި ސިފައިންނާއި ހިންގި ބަޣާވާތް’ މި ނަމުގައި ހަގީގަތް އޮޅޭގޮތަށް، ރިޕޯޓެއް ތައްޔާރުކުރުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި މި މައްސަލާގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވާނެކަމަށް ފެންނަ ކަމަށާއި މި މައްސަލާގައި އިތުރު ބަޔަކު ބައިވެރިވާ ކަމަށް ބެލެވޭތީ މައްސަލައިގެ އިތުރު ހެކި ނައްތާލަފާނެ ކަމަށް ފެންނަ ކަމަށް ބުނެފައިވެ އެވެ.

0 ކިޔުންތެރިންގެ ޚިޔާލު

  1. ކާފަ Reply

    June 19, 2012 at 2:35 pm

    ތިޤާސިމަކީ ބޮަަަަަޑު މޮޔައެައް ކުައްަަޓި އަދި މޮހޮނުވެސް އޭނާ އަތުން ފައިސާ ނަގާނީ ބޮޑު ހުވަފެނެއް ބޮޑުމަންޒަރެއް ހުވަފެނެއް ފޮލާއެއް ދައްކައިގެން

  2. ކކކކކކކކކކކކ Reply

    June 19, 2012 at 2:15 pm

    ހާދަ ރީތި މީހެކޭ މޮޔަވެއްޖެ

  3. ަީއަލީމޫސާ Reply

    June 19, 2012 at 12:44 pm

    ގާސިމު މިއަދު ބުނަނީ ފުލުހުންގެ އބުރާއި ބެހެނީކަމަށެވެ.
    އޭނަހަދާންނެއް މިހާރު ބޮޮޑުތިމީހުންނައް ދޮންދީހަދާފައި
    މިލްޓެރީއަކާއި ނުލައި ބަޣާވާވެއްޖެކަން އިޢުލާން ކުރިހަދާން
    ގާސިމު ހައްޔަރު ކޮއް އުމުރައް ޖަލައް މަރާލަންވީ.

  4. ފަތްމިނި Reply

    June 19, 2012 at 11:50 am

    ފުލުހުންނަކީ މަގުފޭރި މީހުންގެ މުދާލޫޓުވާ ރައްޔިތުންގެ ލޭބޮއި ހައްދުފަހައަޅާ ގޮސްފަތިބި ބާޣީންތަކެއް. މިޤައުމަށް މިހާރަކު ފުލުހުން ބޭނުމެއްނޫން. ފުލުހުންނަކީ މަހުޖަނުންގެ ނޯކަރުންތަކެއް.

  5. ޒިއޫ Reply

    June 19, 2012 at 11:20 am

    އަލްޙަމްދު ލިއްލާޙި.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>