ސިވިލް ސަރިވިސް ކޮމިޝަނުގެ ރައީސް ފަހުމީއެ ކޮމިޝަނުގެ އަންހެން މުވައްޒަފަކު ރޭޕް ކޮށްލަން އުޅެފި!

17 ޖޫން 2012 22:14 | 0 ކޮމެންޓް

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މަޤާމުގައި ހުރެ ޏ. ފުވައްމުލަކު ދަނޑިމަގު އަވަށު ރިހިވިލާގެ މުޙައްމަދު ފަހުމީ ހަސަން (ގ. ކޮއްކިރި) އެ ކޮމިޝަނުގެ އަންހެން މުވައްޒަފެއްގެ އިއްފަތް ތެރިކަން ގަދަކަމުން ނަގާލަން އުޅެފިއެވެ. މިކަމެއް ހިނގާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ އޮފީސް ތެރޭގައި މެއި 29 ވަނަ ދުވަހުގައެވެ.

އެ އަންހެން ކުއްޖާ މަސައްކަތު ބޭނުމެއްގައި ކޮމިޝަނުގައި މެމްބަރުން އުޅޭ ބަޔަށް ގޮސް ހުއްޓާ ފަހުމީ އެކުއްޖާއަށް ގޮވިއެވެ. އެކުއްޖާ ފަހުމީގެ ކައިރިއަށް ދިއުމުން ވަރަށް ބޭ އަދަބީ ގޮތަކަށް އެކުއްޖާގެ އަތުގައި ހިފައި ދަމައިގަނެ ފަހުމީގެ ހަށިގަނޑާއި ކައިރި ކޮށްލިއެވެ. އަދި އެހެން މީހުންނަށް ނުފެންނަ ގޮތަށް ހުރުމަށް ބުންޏެވެ. ފަހުމީ އެ އަންހެން ކުއްޖާ ކައިރި ކޮށްލުމަށް ފަހު އެކުއްޖާގެ ބަނޑުގައި އަތް ކާތްތަމުން ” ތި ކަހަލަ ރީތި ހުސް ހަށިބައި އަންހެން ކުދިން ފަލަ ވީމާ ކަމަކު ނުދާނެއޭ” ފަހުމީ ބުނެފައި ވާކަމަށް ދުވަހު ނޫހުން ހަވީރުގައި ލިޔެފައިވެއެވެ. އެ އަންހެން ކުއްޖާ މާބޮޑަށް ކައިރި ކޮށްގެން ފަހުމީ އުޅޭ ކަމަށް  ފަހަނގަ ވަމުން އައިސްފައިވާ ކަމަށް ސީއެސްސީގެ މުވައްޒަފުން ބުނެއެވެ.

ވަކި ބައެއްގެ މަސްލަހަތު ހިމާޔަށް ކުރާ ހަވީރު ނޫހުން ވަނީ މި ހާދިސާ ރިޕޯޓް ކުރުމުގައި ހަވީރު ނޫހުން ވަނީ ފަހުމީގެ ނަން ސިއްރު ކޮށްފައެވެ. ފަހުމީއާއި ފަހުމީގެ ބޭބެ ފާރޫޤު ހަސަން އަކީ ހަވީރުގެ ޗެއަރމަން ޒާހިރު ހުސެން އާއި އެއް އަވަށަކަށް (ފުވައްމުލަކު ދަނޑިމަގު) ނިސްބަތްވާ އަބަދުވެސް ގާތް ގުޅުންތަކެއް އޮންނަ ބައެކެވެ. އަދި މި މީހުންނަކީ ޒަމާނުންސުރެ ފުވައްމުލަކުގައި މައުމޫނަށް ތާއީދު ކުރާ ބައެކެވެ. މިހާރު ޕީޕީއެމް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ މީހުން ތެރޭގައި ވެސް މިމީހުން ހިމެނެއެވެ.

ހަވީރުގައި ވާ ލިޔުމުގައި ވާ ގޮތުން މިކަން ކޮށްފައިވަނީ އެ ކޮމިޝަނުގެ ފިރިހެން މެމްބަރެކެވެ. އެ ކޮމިޝަނުގައި 3 ފިރިހެން މެމްބަރުން ތިއްބަވައެވެ. އެއީ އެކޮމިޝަންގެ ރައީސް ފަހުމީ ގެ އިތުރުން ނައިބް ރައީސް އަހްމަދު ހަސަން ދީދީ އާއި މެމްބަރު ޑރ. މުހައްމަދު ލަތީފެވެ.

 

މި 3 މެމްބަރުންގެ ތެރެއިން އެ ކުއްޖާއާއި ބެހިފައިވާ ފަރާތަކީ ފަހުމީ ކަމަށް އެ މައްސަލަ މިހާރު ބަލަމުން ގެންދާ ރައްޔިތުންގެ މަޖްލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީގެ މެމްބަރަކު ވަނީ އެންޑީއޯ އަށް ކަށަވަރު ކޮށްދީފައެވެ. އެ ކޮމެޓީއަށް އެމައްސަލަ ވައްދާފައިވަނީ އަންހެން ކުއްޖާއާއި އޭނާގެ އާއިލާއެވެ. އެ އަންހެން ކުއްޖާ އުޅެނީ ކޮމިޝަނުގެ ސީނިއަރ ރިސާޗް އޮސިސަރެއްގެ މަޤާމުގައެވެ.

މުހައްމަދު ފަހުމީ ހަސަން އަކީ ޒަމާނުންސުރެ އޭނާ އިސްކޮށް އުޅެފައިވާ ތަންތަނުގެ އަންހެން މުވައްޒަފުންނާއި ގުޅުން ހިންގަމުން އަންނަ މީހެކެވެ. މީގެ އަހަރު ތަކެއް ކުރިން އިސްކަން ދަރު ސްކޫލްގެ ޕްރިންސިޕަލަށް ހުރެ އެ ސްކޫލްގެ ވަރަށް ޒުވާން ދަރިވަރަކާއި ބެހެން އުޅުނު މައްސަލައެއް ވެސް ވަނީ ފެންމަތި ވެފައެވެ. ނަމަވެސް، ނުފޫޒުގެ ބޭނުން ކޮށްގެން އެމައްސަލަ އެފަހަރުވެސް  އޮއްބާލީއެވެ. އަދި ހަމަ އެސްކޫލްގެ އަންހެން ޒުވާން ޓީޗަރަކާއި ވެސް ފަހުމީ ބެހިފައިވެއެވެ.

ދިވެހި ޒުވާން އަންހެން ކުދިންގެ އިއްފަތް ތެރިކަން ގަދަކަމުން ނަގާލާ ރޭޕިސްޓަކު ތިޔަ ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ދީފައި އެކަން ކުރުވުމަށް ބެހެއްޓުމަށް ބޭނުން ނުވާނަމަ ސީއެސްސީ އިން ބިލް ދައްކަމުންދާ ފަހުމީ ގެ ނަންބަރު 7771782 އަށް ގުޅައި އޭނާ ސިވިލް ސަރވިސްގެ މެމްބަރު އަދި ރައީސް ކަމުގެ މަޤާމުގައި އިތުރަން ހުރުން ރަނގަޅު ނޫން ކަމަށް ދަންނަވާށެވެ. 

0 ކިޔުންތެރިންގެ ޚިޔާލު

  1. އަލީ Reply

    June 19, 2012 at 11:05 am

    މަކުރިންދުވަހުބުނިގޮތައް މާތިރިނުވަންޏާ ތާކުބާއްވާފަ އަތައްހެޔޮވަރުގެއެއްޗަކުންޖަހާބަލަ ނޫނީހެޔޮވަރުގިތެޔޮމިރުހެއް ކަށިވެލިކޮޅަކާލާފަ ދެއަތައްލާފައަނބުރާލީމަ ތިކަހަލަ ވަހުސީކަންތަކައްލުއިކަމެއްލިބޭނެ ތިޔައީޒައީމުވެސްކޮއްއުޅުނުކަމެއް ނަމަވެސް ކޯޓުތަކަކީއޭނާގެބާރުގެދަށުގަވާ އޭނާގެ ހިމާޔަޓުގަތިބިބަޔަކުމަސައްކަތްކުރާ ތަނަކައްވާތީ މިކަންކިހިނެއް ސާބިތުކުރާނީ ނަސްރީނާޔާއެއްފަހަރު ޖޯޑުވިއްޔާ އަނެއްފަސްފަހަރު ޖޯޑުވާނީ އާޒިމާޔާ އަނެއްފަހަރު ރާށިދާޔާ ވަރުގަދަބޭސްކައިގެންގަނޑުވަރުގަ ތިރީސްއަހަރުއުޅެފަނިކުތީމަ މިކަންމިދަނީ އާންމުންނައްވާރުތަވަމުން

  2. ފޯވަޅި Reply

    June 19, 2012 at 6:36 am

    އެއީ މުސާރައިން އުނިކުރި ބައި ދެޭން ޖެހޭ ގޮތޯލަ

  3. ލިލީ Reply

    June 19, 2012 at 5:49 am

    މިއޮތީވާ ކަމެއް! ސަލާމަތެއްނެތް މިޤައުމަކު! ވަރުވަރުގެ މަޤާމުތަކަށް އަރައިތިބެގެން ގަންނަ ގަނޑު ނިކަން ދެކިބަލަ! އެކަމަކު ކޮންމެ މީހަކުވެސް ނިކަން ބާރުލާފައި ގޮވާނެ! މަގޭ ޤައުމޭ! މަގޭ ޤައުމޭ! ޤައުމުދެކެ ލޯބިވާ މީހަކު ޤައުމުގެ އަގުވައްޓައެއް ނުލާނެ. ޤައުމުގެ އިޖުތިމާޢީ ފޭރާމަށް އިޙުތިރާމްކުރާނެ. ތިޔަކުޅިއެއްކުޅެން އޮފީސްތެރެނޫން ތަނެއް، އޮފީސް ދަތުރެއްގައިނޫން އެހެން ދަތުރެއް، ތިޔަ ފަހުމީއަކަށް ތިޔަ ޠަލާލަކަށް ނުފެނުނީތަ؟ ތީ ހައްތާވެސް މުނާފިޤުން. ސަހަލު އެކަކުވެސް ނެތް. އިސްތިޢުފާ ދެއްވަން ފެނޭ ތި ދެބޭފުޅުންވެސް

  4. ammadey, kendhikolhudhoo Reply

    June 18, 2012 at 4:00 pm

    hiumman rights commison ge vice president mi dhiya monday in feshigen friday ah hrcm ge dhathurehgga kendhikolhuga ulhun, etha ge anhen muvazzafaka eku ekaherikoh ethah vaguthu heydhakuri, dhemeehun abadhu thibenee thahveifa, haassakoh reygandu, ehen emmen beyruga ulheyiruwes tholaal adhi najva thibenee geyga kotari bandukohggen,

  5. އަހޫ Reply

    June 18, 2012 at 1:46 pm

    ޝެއިހުއްޝަޚްވާނީ އިމްރާނުބިން ފަހަރިއަށް ބުނެލަން..
    ނަގޫބަޅަކަށް ތިބަޅު ނުވަނީ ދަޅާނަގުލާ ނެތީމާހޭ
    ނަގޫނެތަކަސް ބަޅުން އުޅެއޭ އެކަން ތިބަޅަށް އެނގޭތޯއޭ!!

  6. ސެން Reply

    June 18, 2012 at 8:31 am

    ރަގަޅު ވާހަކައެއް ތި ބުނަނީ އެބަޅުން ބުނާނެ މުވައްޒަފުން ކައިރީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާށޭ ،ބުނާ އިރު މި ބަޅުން މިކުރަނީ ކީއްބާ؟

  7. ޑަމް Reply

    June 18, 2012 at 9:37 am

    މަގުޅާލީމޭ 7771782 އަށް ގުޅާލީމަ ބުނީ ނޫހުގަ ވަރަށް ފާޑުފާޑގެ ވާހަކަ ލިޔާނެޔޯ ޖަވާބުދާރީވާކަށް ބޭނުމެއް ނޫނޯ ދެން މަބުނީ އެހެންވިއްޔާ އެއީ ތެދެއްދޯއޭ ބުނީމަ ޕަސްލާފަ ބާއްވާފި ( ވަރަށް ރުޅިގަދަވެފަ ހުރީ އެކަމު ލަދެއް ނުގަނެ

  8. ރޯސް Reply

    June 18, 2012 at 7:24 am

    މީ މިބާޢީން ގެ ފެންވަރަކީ، ދެން ކޮން ޤައުމެއްތަ މިމީހުންނަށް ހިންގޭނީ، ހަމަ މިހާރުން މިހާރަށް އިސްތިއުފާ ދީފަ ގެއަށް ދޭ

  9. ވަޠަންގެލޭ Reply

    June 18, 2012 at 5:29 am

    ދެބައި އުމުރު ފަހަނަޅާ މުސްކުޅި އުމުރަށް ދިޔާމަ ބައެއް މީހުނަށް “މަޑުހަރު” ކިޔާ އިހްސާސެއް ވާ ވާހަކަ އަޑު އަހަމެވެ. މިފަދަ މީހުން މި ހިނދުކޮޅު އައުމުން ވަކި ތަނެއް ވަކި އުމުރެއް އަދި ވަކި ޖިންސަކަށް ބެލުމެއް ނެތި ކުޑަ “ގައިގޯޅި” ވުމަކަށް ބޭނުންވާނެއެވެ. ބައެއް މީހުން މި ހިނދުކޮޅު އައުމުން އެއްވެސް ކެއްތެރިކަމެއް ވެސް ނުހުރެއެވެ. ފަހުމީ އަށް ވެސް މި ވަނީ މިފަދަ ގޮތެއް ކަންނޭންގެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއްކަން ހުރިހާ ބެލެނިވެރިންނާއި ޖިންސުއްލަތީފުން އަދި ޒުވާން ފުރައިގެ ފިރެހެންކުދިން ނަށް ހަނދާންކޮށްދެމެވެ. މިއީ މީހާގެ ލަދުހަޔާތް ވެސް ނުހުންނަ ވަގުތުކޮޅެކެވެ.

  10. ކަލީމު Reply

    June 18, 2012 at 5:27 am

    މީ މީނަ ގަންނަ ގަޑެއް އަބަދުވެސް. ވީކެންޑް ތަކުގައި ލަންކާ އަށް ގޮސް ، ހިލޭ އަންހެނުން އަބަދުވެސް މީނަގެ ކޮޓަރި އަށް ވައްދާ. މިކަން އަޅުގަޑު ލޮލުން ދުށީމު. ދިވެހި ވަރަށް ގިނަ މީހުނަށް މިތަން މިހާރު ފެނިފަ ވާނެ.

  11. ކަލީމު Reply

    June 18, 2012 at 5:27 am

    މީ މީނަ ގަންނަ ގަޑެއް އަބަދުވެސް. ވީކެންޑް ތަކުގައި ލަންކާ އަށް ގޮސް ، ހިލޭ އަންހެނުން އަބަދުވެސް މީނަގެ ކޮޓަރި އަށް ވައްދާ. މިކަން އަޅުގަޑު ލޮލުން ދުށީމު. ދިވެހި ވަރަށް ގިނަ މީހުނަށް މިތަން މިހާރު ފެނިފަ ވާނެ.

  12. ތއެެތޔ Reply

    June 18, 2012 at 3:38 am

    ބަލާ އެއް . އިމްރާން ބެހޭނީ ފަހަރި އާ

  13. މުހައްމަދު Reply

    June 18, 2012 at 12:05 am

    މިފަހުމީ އެގިއްޖެ، މިއީ ޒާހިރު ހުސެންއާއި މުހައްމަދު ރަޝީދު އިބްރާހިމް ގެ ބާރު ގައި އުޅުނު މީހެއް، މީނަ ކުރީ ހުރީ ފުވައްމުލަކުގެ ސްކޫލްގެ ހެޑްމާސްޓަރަކަށް، އޭރު އޮތް ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބަކާއި ގުޅިގެން މުލަކުގައި ހިގި މާރާމޭރީގެ އެއް ކޮޅުގައި ހުރީ މީނަ، އެތައްބަޔަކަށް އެތަކެއް އަނިޔާލިބުނު، ކޮންމެ ވެސް ބެލެނިވރިއަކު ބުނީ ސްކޫލަށް ތިމަންނަމެން ކުދިން ފޮނުވަނީ ވަކިމީހެއްކާރިއަކަށް ނޫންކަމަށް، ސްކޫލްއަށޭ ފޮނުވަނީ ބުނެގެން މީނަ އެހެން ބުނިމީހާގ 2 ކުދިން ހެދުނު ސްކޫލްއަށް ދިޔަގޮތަށް ގެއަށް އަންނަންދެން ބޭރުގައި ކޮޅަށް ބެއިތިއްބީ، އަދި އެކުދިންނާއި ދިމާލަށް ބުނީ އެހެރީ ސްކޫލްއޭ ކަލޭމެން ކިޔަވަ ބަލާށޭ، މުލަކުގައި އޭރު އުފެދުނު އަވަށު ވާދައިގެ އެއް އަސްލަކީ މީނަ،، އަނެެއްކޮޅުން ޒާހިރު ހުސެން މީނައަށް ބާރު ދެމުން ދިޔައީ، ދެންމިމައްސަލައިގައި މީނަ ރަށުގައި ނުހުރެވިދާނެތީ ޒާހިރު ހުސެން މީނަ މާލެގެނަސް މާލެ ސްކޫލްއަކުން ނުވަތަ އެޑިޔުކޭސަނުން ވަޒީފާއެއް ދިނީ، މިކަމެއް ހިގިހަފްތާގައި ސަރުކާރުގެ ދަތުރެއްގައި އަހަރެން މުލަކަށް ދިޔައިން. މިކަމުގެ ވަރަށް ގިނަމައުލޫމާތު އެއްކުރިން،

  14. ހާޝިމް Reply

    June 17, 2012 at 7:45 pm

    ބޮޑު ބަލާވެރިކަމެއްމީ، މަސާޖުގެތައް ހުރިގޮތަށް ބަހައްޓާފަ ފުރަތަމަ ތިޔަ ކޮމިޝަންތަކާ، މިނިސްޓްރީތަކާ، އޮފީސްތަކާ، ބޯޑުތަުގެ ވެރިންނަށްތިބި ވަހުސީގެފާނުންތައް މައިތިރިކުރެވޭތޯ ކަންނޭގެ ބަލަންވީ، ފަހަރި ފިތާ އިމްރާނުއަށް ބޮޑުވަނީ ބަންގާޅިއަކު މަސާޖެއް ޖެއްސީމަ އެކަމެވެ، ފަހުމީމެން މައިތިރި ކުރާކަށް ފަހަރިބެ މެންނަކަށް ނޭގެއެވެ.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>