ބާޣީ ވަހީދު އެބުނާ ނުވަދިހަ ޕަސެންޓް މީހުން ތިބީ ކޮންތާކު؟ އެމް ޑީ ޕީގެ ރިޔާސީ ކެންޑިޑޭޓްއަކަށް ހަމައެކަނި މުޙައްމަދު ނަޝީދު އަށް 31000 އަށް ވުރެ ގިނަ ވޯޓު ލިބިއްޖެ!

17 ޖޫން 2012 22:12 | 0 ކޮމެންޓް

ރާއްޖޭގައި މިވަގުތު ބާޣީ ސަރުކާރު ހިންގުމާއި ހަވާލުވެގެން އުޅޭ ޕާޓީ ތަކުގެ ތެރެއިން އެއްމެ މީހުން ގިނަ ކަމަށް ބުނާ ހަތަރު ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީ، ގައުމީ އިއްތިހާދު ޕާޓީ، ގައުމީ ޕާޓީ އަދި ޕީޕިއެމްގެ ޖުމްލަ މެމްބަރުންގެ އަދަދަށް ވުރެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ތަނަވަސް އަޤްލަބިއްޔަތަކުން ހޮވިވަޑައިގެންފައިވާ މުޙަންމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ ވޯޓުގެ އަދަދު ގިނަ ކަމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

އެހެންކަމުން މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިބްރާހީމް ވަހީދު އިންތިހާބުގެ ނަތީޖާއާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ. “މިއަދުގެ ހަގީގަތަށް ބަލާ އިރު، ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީއާއި ގައުމީ އިއްތިހާދު ޕާޓީ އަދި ޕީޕީއެމްގެ ޖުމްލަ މެމްބަރުންގެ އަދަދަށް ވުރެ ގިނަ ހަމައެކަނި އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓު ލިބިފައިވާ އަދަދު، މިދާ ވަރަށް ދަންޏާ އަޅުގަނޑުމެންނަށް ވަރަށް ޔަގީން ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރާނެކަން” އިބްރާހީމް ވަހީދު ދެންނެވިއެވެ.  

އެމްޑީޕީގެ އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން މިހާރުވަނީ 258 ވޯޓު ފޮށި ގުނާ ނިމިފައެވެ. އަދި މިފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި ރައީސް ނަޝީދުއަށް ވަނީ 31798 ވޯޓް ލިބިފައި ކަމަށް އެން ޑީ އޯއަށް މައުލޫމާތު ލިބިފައި ވެއެވެ.

0 ކިޔުންތެރިންގެ ޚިޔާލު

  1. އައިޝް| Reply

    June 18, 2012 at 1:29 pm

    މަރުހަބާ ރައީސް ނަޝީދު.

  2. އައިޝް| Reply

    June 18, 2012 at 1:21 pm

    މަރުހަބާ ރައީސް ނަޝީދު،، ކުރިއަށް ވަޑަަައިގަންނަވާ، މަނިކުފާނު ދިވެހިން ނަށްޓަކާ ތިކުރާމަސައްކަތަށް މާތްރަސްކަލާނގެ ބަރަކާތް ލަށްވާާނެ.

  3. ޝިމް Reply

    June 18, 2012 at 8:51 am

    ސާބަހޭ ރައީސް ނަޝީދު. މަ ނަޝީދަށް ވޯޓުދެނީ ނަޝީދު ރީތިކަމުން.

  4. ޔާގާ Reply

    June 18, 2012 at 7:39 am

    މަރްހަބާ ހިތްތަކުގެ ރަސްގެފާން……..

  5. mary Reply

    June 18, 2012 at 2:28 am

    saabahey raees nasheed. iraadha kurevviyya kaamiyaabu vaane

  6. ޝިމާލް Reply

    June 17, 2012 at 9:20 pm

    މިގައުމު ގެ ރައްޔިތުންގެ ހިތްތަކުގެ ބަތަލަކީ ރައީސް ނަޝީދު ….މަރުހަބާ ،މަރުހަބާ ރައީސް ނަޝީދު……………

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>