ބާޣީ ޑިފެންސް މިނިސްޓަރ ވަހުޝީ ނާޒިމް (އަންހެނުންގެ ކޮއްކޮގެ ގަޔަށް އެރި)ގެ މިހާރުގެ ރައިޓް ހޭންޑް މޭން އަކީ މުހައްމަދު އަޙުމަދު (ވަގު މަނިކު) އެވެ. މިވަގު މަނިކު ފެންނަ އިރަށް މިހާރު ސިފައިންގެ ހުރިހާ އެއްމެން މީނައަށް ސެލިއުޓް ނަގަން ޖެހުމަކީ މަޖުބޫރު ކަމެކެވެ. ދިވެހިރާއްޖެގައި އަދި އިނގިރޭސިވިލާތުގައި ކުށުގެ ރިކޯޑް އޮތް މީހަކަށް ސެލިއުޓް ނެގުމަކީ ޤައުމަށް ވަފާތެރި ސިފައިން ކުރަން ވަރަށް ހިތްހަމަ ނުޖެހޭ ކަމަކަށް ވަނީ ވެފައެވެ.
މީނާއަށް ވަގު މަނިކު އޭ ކިޔަން މިޖެހުނީ ދިވެހި ރާއްޖެގައި އަދި އިނގިރޭސިވިލާތުގައި މީނާގެ ކުށުގެ ރިކޯޑްތައް އޮވެގެންނާއި މީނާކުރާ ވައްކަންތަކުގެ ސަބަބުންނެވެ. އަހަރުތަކެއް ކުރިން ރާއްޖޭގައި މީނާ ދިރިއުޅުނު އިރު ވަނީ ވަގު ޗެކްތަކެއް ލިޔެގެން އެމައްސަލަ ކޯޓަށް ހުށަހެޅިފައެވެ. މީނާގެ ނަސީބު ރަގަޅުކަމުން މީނާގެ އެއްމެ ގާތް ރަޚުމަތްތެރިޔާ ކަމަށްވާ އެންގްރީ ބާޑް ޖަމީލަށް އެދުވަސްވަރު ޖަސްޓިސް މިނިސްޓަރ ކަން ލިބުނެވެ. އެންގްރީ ބާޑް ޖަސްޓިސް މިނިސްޓްރީ އަށް ގޮސް ފުރަތަމަ މަސްއޫލިއްޔަތެއްގެ ގޮތުން ވަގު މަނިކުގެ ވަގު ޗެކްތަކުގެ މައްސަލަ ފޮރުވާލަދިނެވެ.
ދެން އޮތީ އިނގިރޭސިވިލާތުގައި މީނަ ކުރި ކަންތަކުގެ ވާހަކައެވެ. އެތަނުގައި ވަގު ސްޓޫޑެންޓް ވިސާއެއްގައި އުޅެމުން ދަނިކޮށް ލަންޑަން ޕޮލިހުންނަށް މިކަންތައް ފަޅާއަރައިގެން މީނަ ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔައެވެ. މިކަންތަކުން މީނަ ސަލާމަތްވި ގޮތް ކުރިން އެން ޑީ އޯ އިން ވާނީ ގެނެސް ދެވިފައެވެ.
ޑިފެންސް މިނިސްޓްރީގެ ފޭކު ސުޓޭޓު މިނިސްޓަރ މުހައްމަދު އަހުމަދު (މަނިކު)ގެ ކަރުސަތުނާމާ
ކޮންމެއަކަސް އެންގްރީ ބާޑް ޖަމީލްގެ ބާރެއް ލަންޑަން ކޯޓުތަކުގައި ނެތުމުން މީނަގެ ކުށުގެ ރިޕޯޓް އިނގިރޭސިވިލާތަކުން ފޮހެއެއް ނުލެވޭނެއެވެ. އެހެންކަމުން ވަގު މަނިކުއަށް އިނގިރޭސިވިލާތުން އެއްވެސް ކަހަލަ ވަޒީފާއެއް ލިބުމަކީ ނާދިރު ކަމެކެވެ. އިނގިރޭސިވިލަތުގައި މީނާ ކިޔަވާ ކުއްޖެއް ކަމަށް ހެދިގެން ވަގު ވިސާގައި އުޅުނު އިރު މީނާ ވަނީ ދިވެހި އެތަކެއް ވިޔަފާރިވެރިން ( ޖަންގިޔާ ނާޒިމް އާއި ޤާސިމް ފަދަ) ގެ އަތުން ކިޔެވުމަށޭ ކިޔައިގެން އެތައްހާސް ޕައުންޑެއް ކާލާފައެވެ.
މިހާބޮޑު ވަގަކަށް މިހާ އިސް މަޤާމެއް ދީފައި މިވަނީ ބާޣީ ހައުސިންގ މިނިސްޓަރ ކަމަށްވާ އަދާލަތު ޕާޓީގެ މުއިއްޒުގެ ނުފޫޒުންނެވެ. މިމުއިއްޒު އަކީ ވެސް ފައިސާގެ ކަންތަކުގައި މަނިކު ކިޔެވި ފޮތުން ކިޔަވާފައި ހުރި މީހެކެވެ. މުއިއްޒު ދާދިފަހުން ހުޅުވި ދަ ޕެޕަރ ޓްރީ ރެސްޓޯރަންޓްގެ މަސައްކަތްކުރި ކޮންޓްރެކްޓަރުންނަށް އަދިވެސް ވަނީ ފައިސާ ނުދީއެވެ. ފައިސާ ހޯދުމަށް ކޮންޓްރެކްޓަރުން މިމީހުންގެ ފަހަތުން ދުވެދުވެ މިކަންތައްވަނީ އަދިވެސް ކާމިޔާބު ނުވެފައެވެ.
އަދާލަތު ޕާޓީ ކަހަލަ ޕާޓީއެއް ރެޕްރެޒެންޓް ކުރުމަށް ވަގު މަނިކު މެން ފަދަ މީހުން ހޮވާފައިވާކަމީ އެޕާޓީގައި ތިބި އެހެން މީހުންނާއި ދޭތެރޭވެސް ޝައްކު ކުރެވޭ ވަރުގެ ކަމެކެވެ. އެމީހުންގެ ސެޓްފިކެޓްތައްވެސް އެއީ ވަގު އެއްޗެހި ނޫންތޯ ޗެކް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވަގު މަނިކު އެއްމެން ކައިރީ ތިމަންނައަކީ ޕީއެޗްޑީ ހަދަމުން އަންނަ މީހެކޭ ބުނާއިރު މީނާއަކީ އިނގިރޭސި ބަހުން އެއްމެ ޖުމްލައެއް ވެސް ރަގަޅަށް ލިޔަން އިނގޭ މީހެއް ނޫނެވެ. ދިވެހި ނުވަތަ އިނގިރޭސިބަހުން ޖުމްލައެއް ލިޔުމަށް ވަގު މަނިކު އާއި ޙަވާލުކޮށްފި ނަމަ މިކަންތައް އޭނައަށް ނުކުރެވޭނެ ކަން އެން ޑީ އޯ އިން ވަރަށް ޔަގީން ކަމާއި އެކީ ބުނެލަމެވެ.
މިކަހަލަ އަޚުލާގީ އަދި ތައުލީމީ ފެންވަރެއް ނެތް މީހަކަށް ޤައުމުގެ ސިފައިން ސެލިއުޓް ނަގަން މީނާ މިދަނީ މަޖުބޫރު ކުރަމުންނެވެ. ސިފައިންގެ ޖިމްތެރޭގައި އަދި އޮފީސް ތެރޭގައި މާބޮޑު މިނިސްޓަރަކަށް ވެގެން އުޅޭކަމީ ގިނަ އަދަދެއްގެ ސިފައިން ވަރަށް ހިތްހަމަ ނުޖެހޭ ކަމަކަށް ވަނީ ވެފައެވެ. އެން ޑީ އޯއިން މިވަގު މަނިކުގެ ވާހަކަ ގެނެސްދޭން ވެސް މިޖެހުނީ ޤައުމީ ސިފައިން މީނާއާއި ދޭތެރޭ ހިތްހަމަ ނުޖެހިގެން މިވާހަކަތައް ގެނެސް ދިނުމަށް އެދިގެންނެވެ.

ކިޔަވައިގެން ހުރި ތަސްމީނަށް މިޖެހެނީ ލިޔަން ކިޔަން ނުދަންނަ ވަގުންގެ ދަށުގައި މަސައްކަތް ކުރަން!
ލަތީފާ
June 19, 2012 at 3:05 pm
ދިވެހި ދަރީންނޭ މިޤަވްމަށްޓަކާ މިރާއްޖެ ބާޣީންގެ އަތްދަށުން ސަލާމަތް ކުރަން މަސައްކަތް ކޮށް ދެއްވާ.ހަމަ ފައިސާ ފޮއްޗަކަށްހެއްލި ގަވްމު ފަސާދަ ކުރުމުން . އަދި ހަމަ އެކަން މިދަނީ ކުރިޔަށް.
ލަތީފާ
June 19, 2012 at 3:07 pm
ދިވެހި ދަރީންނޭ މިޤަވްމަށްޓަކާ މިރާއްޖެ ބާޣީންގެ އަތްދަށުން ސަލާމަތް ކުރަން މަސައްކަތް ކޮށް ދެއްވާ.ހަމަ ފައިސާ ފޮއްޗަކަށްހެއްލި ގަވްމު ފަސާދަ ކުރުމުން . އަދި ހަމަ އެކަން މިދަނީ ކުރިޔަށް.
ނިޔާ
June 19, 2012 at 7:07 am
ބާގީ ސަރުކާރު ވަނީ ކޯޓު ތަކާއި ގުޅި ލާމެހިފަ، މި ދުނިޔެވީ ކުޑަ ފައިސާ ކޮޅަކަށް އާހިރަތް ވިއްކާލަނީ މިއަދު ގައުމުގައި ތިބި ގިނަ ފަނޑިޔާރުން، ނަރަކަވަންތަވެރިންގެ މެޑަލް ޖެހެން ވެސް އެމީހުންނަ އޯކޭ، ފައިސާ މާ މުހިންމު، އެކަމް ﷲ އަނިޔާވެރިންނަށ އަދި ނުހައްގުން މީސްތަކުންނަށް ހުކުމް ކުރާ ފަނޑިޔަރުންނަށް ޖަޒާ ދެއްވާނެ، އެދުވަހުން ނާންނާނެ ބުރުމާ ގާސިމް އަދި ބާގީ ޖަމީލުވެސް ފައިސާ ހިފައިގެން ސަލާމަތްކުރަން، އަދި ކިއެއްތަ ދިވެިހިރާއްޖޭގެ އަދުލް އިންސާފް ގެ ނިޒާމް ފުނފުނޑުވެ ހިތައް އަިއިހާ ގޮތަކަށް ހުކުމް އިއްވަމުންދާއިރު އެކަމަށް ރުހިގެން ފަނޑިޔާރުންގެ ދިފާއުގައި ހައްގު ބަޔާން ނުކޮށް ތިިބި ސައިހުންނަށް ވެސް ﷲ ގެ އަޒާބާ ކުރިމަތިވާނެ ކަން ހަނދާންކުރުން މުހިންމު، އިސްލާމީ އުސޫލުން ބަލާނަމަވެސް ގައުމެއްގައި އަދުލް އިންސާފް ނެއް ނަމަ އެތާ އޮންނާނީ ފަސާދަ، ހަމަނުޖެހުން، އަމާންކަމެއްނޯންނާނެ. އިސްލާމީ ސައރިއަތޭ ކިޔާފަ ވަކާލާތު ކުރާ ސައިހުންވެސް ފުރަތަމަ މިތަނަށް އަދުލް އިންސާފް ގެނެސް ސައރުއީ ނިޒާމް އިސްލާމީ އުސޫލުތަކަށް ފައްތަބަލަ.
ޙަޤީޤަތް
June 19, 2012 at 5:11 am
ބާޣީން މިއަދު ވެރިކަމަށް އަރާ އެތިބީ 3 ޗެނަލުން ލައިވްކުރި ބަޣާވާތަކުން. ޤާނޫނު އަސާސީ ގައި ރައީސްކަމުގެ މަޤާމް ހުސްވާނެކަމަށް އޮންނަނީ 3 ގޮތެއް. އެއީ:
1- ރައްޔިތުންގެ މަޖުލިހުގެ 2/3 ވޯޓުން ރައީސްގެ އިތުބާރުނެތް ކަމަށް ފާސްވުން.
2- ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަޤާމް ހުސްވެފައިވާކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ޙުކުމް އިއްވުން.
3- އެއްވެސް މަޖުބޫތުކަމެއްނެތި ރައީސުލް ޖުމުހޫރިއްޔާ އިސްތިޢުފާދިނުން.
އެހެނަސް 3 ޗެނަލުން ގެނައި ލައިވް ފީޑުން އިވުނީ އެއްވެސް ޝަރުޠަކާ ނުލައި އިސްތިޢުފާ ދިން ވާހަކަ. ދެން އިވުނީ އިސްތިޢުފާ ނުދީފިނަމަ ފުރާނަ ދުއްވާލާނެ ވާހަކަ.
މިހާވަރަކަށް މަޖުބޫރު ކުރެވޭނީ.
ދެން އޮތީ އެދުވަހު ފުލުހުން ވަނީ ޣައިރު ޤާނޫނީ އަމުރަކަށް ތަބާ ނުވާނެކަމަށް ބުނެ، ޣައިރު ޤާނޫނީ ބޮޑެތި ޖަރީމާތަކެއް ހިންގާފަ. މިސާލަކަށް ބަންޑާރަކޮށްޓަށް ކެނިސްޓަރ އުކައި، ޝަހީދު ހުސައިން އާދަމް ބިލްޑިންގް ގެ ބިއްލޫރިތައް ތަޅައި މެސް ރޫމް ސުންނާފަތިކޮށް، ގޮނޑި މޭޒުގެ އިތުރުން އައިސް އަލަމާރިވެސް މަގުމައްޗައް އުކާފަ. ޢާންމުންނަށް ވަނީ ފުލުހުންގެ ހަތިޔާރު ބަހާފަ.
މިވަރުން ބަޣާވާތެއް ނޫނޭ ބުނާނީ އެކަމުގެ ބައިވެރިން. އެވެރިންނަށް ވެސް އެނގޭ ޤާނޫނު ވަރަށް ސާފު ކަމާއި އެވެރިން ދާނީ 25 އަހަރަށް ޖަލަށް ކަން.
ޙަޤީޤަތް
June 19, 2012 at 5:11 am
ބާޣީން މިއަދު ވެރިކަމަށް އަރާ އެތިބީ 3 ޗެނަލުން ލައިވްކުރި ބަޣާވާތަކުން. ޤާނޫނު އަސާސީ ގައި ރައީސްކަމުގެ މަޤާމް ހުސްވާނެކަމަށް އޮންނަނީ 3 ގޮތެއް. އެއީ:
1- ރައްޔިތުންގެ މަޖުލިހުގެ 2/3 ވޯޓުން ރައީސްގެ އިތުބާރުނެތް ކަމަށް ފާސްވުން.
2- ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަޤާމް ހުސްވެފައިވާކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ޙުކުމް އިއްވުން.
3- އެއްވެސް މަޖުބޫތުކަމެއްނެތި ރައީސުލް ޖުމުހޫރިއްޔާ އިސްތިޢުފާދިނުން.
އެހެނަސް 3 ޗެނަލުން ގެނައި ލައިވް ފީޑުން އިވުނީ އެއްވެސް ޝަރުޠަކާ ނުލައި އިސްތިޢުފާ ދިން ވާހަކަ. ދެން އިވުނީ އިސްތިޢުފާ ނުދީފިނަމަ ފުރާނަ ދުއްވާލާނެ ވާހަކަ.
މިހާވަރަކަށް މަޖުބޫރު ކުރެވޭނީ.
ދެން އޮތީ އެދުވަހު ފުލުހުން ވަނީ ޣައިރު ޤާނޫނީ އަމުރަކަށް ތަބާ ނުވާނެކަމަށް ބުނެ، ޣައިރު ޤާނޫނީ ބޮޑެތި ޖަރީމާތަކެއް ހިންގާފަ. މިސާލަކަށް ބަންޑާރަކޮށްޓަށް ކެނިސްޓަރ އުކައި، ޝަހީދު ހުސައިން އާދަމް ބިލްޑިންގް ގެ ބިއްލޫރިތައް ތަޅައި މެސް ރޫމް ސުންނާފަތިކޮށް، ގޮނޑި މޭޒުގެ އިތުރުން އައިސް އަލަމާރިވެސް މަގުމައްޗައް އުކާފަ. ޢާންމުންނަށް ވަނީ ފުލުހުންގެ ހަތިޔާރު ބަހާފަ.
މިވަރުން ބަޣާވާތެއް ނޫނޭ ބުނާނީ އެކަމުގެ ބައިވެރިން. އެވެރިންނަށް ވެސް އެނގޭ ޤާނޫނު ވަރަށް ސާފު ކަމާއި އެވެރިން ދާނީ 25 އަހަރަށް ޖަލަށް ކަން.
ދޮނާ
June 18, 2012 at 5:33 pm
މިނަލާންވީ ސްޓޭޓް މިނިސްޓަރަކައްނޫން މިނަލަވީ ބާޣީ ވަހީދުއަށް ލަފާއަރުވާ މިހަކަށް މިފެންވަރުގެ މީހުން ވަރަށްމަދުވާނެ ރާއްޖެގަ ވަގު ވަގު ވަގު
ބާޣީ
June 18, 2012 at 4:21 am
ބާޣީންނަށް ބާޣީންނަށް ސެލިއުޓް ކުރެވޭނެ ނޫންބާ
ރީނދޫ
June 17, 2012 at 10:05 pm
ަެއެކަމު ތަސްމީނަށް އެސޮރު ހާދަ ކަމުދާނެޔޭ.. ދޮން ގޮލައެއްނު.. ކެކެކެ
ސަރީ(ނ. އަތޮޅި)
June 17, 2012 at 2:26 pm
އަޅުގަނޑުގެ ފެންވަރަން އުޅެނިކޮށް ފާރުމަތިން ބޯ ދިއްކޮށްގެން އޮއްވަ މި ފޯއްކާ އިބުރެ ބޮލުގަ އަޅުގަނޑު ދާނިން ޖެހިން، އޭނާ ގެ ބޮލުގަ ލަކުނު ހުންނާނެ، އެތައް އަންހެން ކުދިންނެއްގެ އިއްފަތް ފޭރުން، އިބްރާހިމް ނާޒިމް( ފޯއްކާ އިބުރެ) ގެ ކަރުސަތު ނާމް
އެންޑީއޯ އިން ދެން ހޮޅުދޫ ފޯއްކާ އިބުރެގެ ކަރުސަތު ނާމް ގެންނަން ވީ، އެއެީ ނުބައި ނުލަފާ ކަމުން ހޮޅުދޫ މޭނާ ސުކޫލް ގުރޭޑް 7 އިން ކަނޑާލި މީހެއް، ދެން ކެމެރާ އެއް ހިފައިގެން ގެޔެއްގެ ގިފިލީގައި ފެންވަރަން ހުރި މަންޖަކު ފޮޓޯ ނަގަން އޮއްވަ ފަަޅާ އަރައިގެން ކަނޑާލީ، ދެން މާލެ އައިސް މައުމޫނުގެ ނުފޫޒުގަ ޕޮލިހައް ވަނީ، އެކަމަކު އެތަނުންވެސް ވައްކަން ކޮށްގެން ކަނޑާލީ، ދެން ކާރު ދުއްވަމުން އުޅެމުން އުމަރު ނަސީރު އަދި މައުމޫނު އާއި އެކު މުޒާހަރާ ކުރީ، އޭގެ ހަދިޔާ އެއް ގޮތުން މާލޭ ސިޓީ ކައުންސިލަށް މައުމޫނު އެނާ ނެރުން، އަދި ޑީއާރުޕީ ސަލީމާ ވާދަކުރަން ޖެހުނީ، އެއް ޕާރޓީ ދެމީހުން ކުރިމަތިލީ، ގޮނޑިވެސް ގެއްލުނީ. ދެން ފެށީ ބަގާވާތް، ބަގާވާތުގެ އެންމެ ކުރީގައި އުޅުނު، ތަންތާނގެ ބިއްލުރި ތެޅި، އޭގެ ނަަތީޖާއަކީ ބާގީ ސަރުކާރުގެ ޓްރާންސްޕޯރޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފެންވަރުގެ މަގާމެއް ފޯއްކާ( އިބްރާހިމް ނާޒިމް) އަށް ދިނީ، މީނާ އަކީ 7 ގެ ފެންވަރުވެސް ނެތް މީހެެއް، އަދި ނުބައި ނުލަފާކަމުން، ވައްކަން ކުރާވަރުން، އަންހެން ކުދިން ފެންވަރާއިރު ގިފިލި ބަލާވަރުން ހޮޅުދޫން ބޭރުކުރީ. އަދި މިކަލޭގެ އަކީ ވީޑިއޯ ޕްލޭޔަރ ގެ ހެޑް ދާ ވީމަ ސާފްކުރަން ހެޑް ނަގާފަ ހިލަ ކަރުދާސް އެޅި ގޮލާ، މި ކަހަލަ ތާކުން ތާކު ނުޖެހޭ މީހުން ސްޓޭޓް މިނިސްޓަރުން ފެންވަރުގަ ތިބޭ އިރު މި މީހުންގެ ކަރުސަތު ނާމް ލިޔެބަ، ދިވެހި ގައުމަށްޓަކައި
މާމަ
June 17, 2012 at 2:45 pm
ބަލާލާފަވެސް ވަރަށް ފޭކުމީހެއްވަތަރުޖަހާ. ބޮޑު ފޫހިގަޑެއް. އަވަހަށް ފައިބައިގެންދޭ.
ހާޝިމް
June 17, 2012 at 4:30 pm
ބާޣީން
ހާޝިމް
June 17, 2012 at 4:32 pm
ބާޣީންތައް ހަމަ މިހާރު މިރާއްޖެ ދޫކޮށްދޭ، މީކީ ބާޣީ ރާއްޖެއެއްނޫން، މިއީ އަހަރެމެންގެ ލޮބުވެތި ދިވެހި ރާއްޖެއެވެ.
އަލީ
June 17, 2012 at 7:25 pm
ބާގީންގެލަގަބުލިބުނުހުރިހާ ކުލީސިފައިންނައް ދެންޖެހޭނީ އެނާޒިމުގެ ފައިބުޑައްވެއްޓި ބޫޓުގަދޫލާން ނަމަވެސް އެކަންތަކުގަބައިވެރިނުވާ ހުރިހާސިފައިން މިޔަދުންފެށިގެން ތިޔަމަގާމުތަކުންވަކިވެގެން ރިސޯޓުދާއިރާޔައްނިކުތަސްމާފައިދާވާނެ ސަބަބަކީތިޔަތަންތިއޮތީ ހިންވާތޯހިރުކުރަންވެފަކަމައްވާތީ ބޮޑަކައްހުރިމީހަކީ އަނބިމީހާގެކޮއްކޮ ގެ އެތަންއަވަދިކޮއްފަ ހުރިވަހުސީއެދުރަކައްވާތީ ވީމާސިފައިންގެރީތިނަންމުޅިދުނިޔޭގެކުރިމަތީމިއޮތީ ވަރައްދަށުފެންވަރަކައްވެއްޓި ރައްޔިތުންގެކުރިމަތީ އެއްވެސް އިތުބާރެއްނެތް ކުއްތާޔަކައްވުރެވެސްދަށުފެންވަރެއްގެބަޔަކައްވެފަ ކުއްތާޔަކައްކާންދީފަކަގައިމުވެސް އޭތިނުގޮވާނެކަމަކައްހަމަޔަގީން ނުވަދެވޭނެކަން ނަމަވެސްގާސިމުދޭ ލާރިކޮޅަކައް ވިކުމުން ކަލޭމެންގެ ވިސްނުން ކުއްތާގެވިސްނުމައްވުރެދަށައް ދިޔާކަންވިސްނާލުމުން އެނގޭނެ މިޔަދުންފެސިގެންނަށީދުއާ ބައިއަތުހިފާ ވެރިކަމައްއައުމައްފަހު އަލުންތިޔަމަގާމުތައްދޭނެކަމުގެޔަގީންކަންހޯދާ އެއީއޯގާތެރިރައީއްސެއް ކޮންމެމީހަކައްވެސް ވޯޓުލެވޭނެ ތުނބުޅިވެސްދިގުކުރެވޭނެ މުސްކުޅިންނައްދޭލާރިވެސްލިބޭނެ ބޭސްސިޓީހިފައިގެން ދުވާކައްނުޖެހޭނެ އަލިވިލޭއިރައްބިންހިކޭނެ ތިންމަހުންރަންވޭނިމޭނެ އެއީރައްޔިތުންގެރައީސް