ސަރުކާރުން އެތައް މިލިއަން ރުފިޔާ ކާލުމަށްޓަކައި އަބްދުﷲ ރިޔާޒް އަދި އެފް އޭ ތައްޔާރު ވަނީ.

13 ޖޫން 2012 16:39 | 8 ކޮމެންޓް

މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފަޔާޒް (އެފްއޭ) އަދި އަބްދުﷲ ފައިރޫޝް މިވަގުތު ވީ ތައިލޭންޑްގައެވެ. ތައިލެންޑަށް މި ތިން މީހުން ގޮސްގެން މިއުޅެނީ ކޮންކަހަލަ ދަތުރެއްގައި ކޮން ބޭނުމެއްގައިތޯ ބެލުމަށް އެންޑީއޯ ޓީމުން ވަނީ މަސައްކަތްތަކެއް ކޮށް ހޯދުންތަކެއް މިހާރު ވަނީ ހޯދާފައެވެ. އަދި ޔަޤީންކޮށް ކަށަވަރު ކުރެވުނު ގޮތުގައި މިދަތުރަކީ މަތި އޮމާން ކޮށް ދެއްކުމަށްފަހު އޭގެ އަޑީގައި ވަރަށް ނޭއްގާނީ އަމަލުތަކެއް ކުރުމަށް ރޭވިގެން ހިނގާ ދަތުރެކެވެ.

އާދަމް ޒާހިރު ގެ ކޮމިޝަނަރު ކަމުގައި ފުލުހުންގެ ތެރޭގައި ލޯ އެންފޯސްމަންޓް ޓްރެއިނިންގ ސެންޓަރެއް ޤާއިމު ކުރެވުނެވެ. ނަމަވެސް، ފުލުހުންގެ ސީނީއަރ އެތައް ބައެއްގެ ވިސްނުމާއި ހިޔާލާއި ދެކޮޅަށް ރިޔާޒު އަދި އެފްއޭ މި ސެންޓަރު ހަމައެކަނި ޕޮލިސް ޓްރެއިނިންގ ސެންޓަރަކަށް ބަދަލު ކޮށްފައެވެ. ނަމަވެސް، އަލުން މިތަނަކީ ހަމައެކަނި ފުލުހުން ތަމްރީނު ކުރެވޭ ތަނައްގެ ބަދަލުގައި ތަނުގެ މަސައްކަތްތައް ފުޅާކޮށް ގިނަ ޚަރަދު ވާނެ ގޮތަކަށް ހެދުމަށްފަހު ތަނުގެ ނަންވަނީ ލޯ އެންފޯސްމަންޓް ޓްރެއިނިންގ އެކެޑެމީ އެއްގެ ނަމަށް ބަދަލުކޮށް އެތަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ.

މި މީހުން މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި މި ދެންނެވި ލޯ އެންފޯރސްމަންޓް އެކެޑަމީއެއް ޤާއިމު ކުރުމަށެވެ. މި އެކެޑެމީގެ މަސައްކަތަކަށް ވާނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންނަށް ޓްރެއިނިން ދިނުމެވެ. ފުލުހުންގެ އިތުރުން ޤާނޫނު ތަންފީޒު ކުރާ ކަސްޓަމްސް ފަދަ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންވެސް މިއެކެޑެމީ އިން ހިންގާ ތަމްރީނު ތަކުގައި ބައިވެރި ކުރާން މިމީހުންވަނީ ސައްލާކޮށް ނިންމާފައެވެ. މަތިމަތިން މިއީ ރަނގަޅު ކަމެއްގެ ގޮތުގައި ހީކުރެވުނަސް މިއީ ހީކުރެވޭ ހީކުރުންތަކާއި ހިލާފަށް މިތިން މީހުން ވަކިން ހާއްސަކޮށް ރިޔާޒު އަދި ފަޔާޒް (އެފްއޭ) ގިނަ އަދަދެއްގެ ފައިސާ ބަނޑުއެޅުމަށް ޕްލޭން ކުރެވިފައިވާ އެކެޑިމީ އެކެވެ.

މިއެކެޑެމީގެ މަސައްކަތް ފަށައިގަތުމަށްޓަކައި އެތަކެއް މިލިއަން ރުފިޔާގެ ބަޖެޓެއްވަނީ އެކުލަވާލާފައެވެ. މި އަދަދަކީ ހަމައެކަނި ތަނުގެ މަސައްކަތް ފެށޭވަރު ކުރުމަށްޓަކައި އެކުލަވާލެފައިވާ ބަޖެޓެކެވެ. ތަން ހިނގައި ގަތުމުން އިތުރު ފައިސާ މިކަމަށް ޚަރަދު ކުރެވޭނެއެވެ.

މި އެކެޑެމީ އަށް ބޭނުންވާ އިކްއިޕްމަންޓްސް ހޯދުމަށް ހަމަޖެހިފައިވަނީ ފަޔާޒް (އެފްއޭ) އަށް ބޮޑު ކަޓެއް ލިބޭގޮތަށެވެ. ތައިލެންޑަށް މިހާރު މިމީހުން ގޮސް ތިބިމުގެ ބޭނުމަކީވެސް މިއެކެޑެމީގެ ކަންތައްތައް ހަމަޖެއްސުމެވެ. ތައިލޭންޑްގައި އެމީހުން ދަނީ އެތާގެ ފުލުހުންގެ ތެރެއިން އެފްއޭ އާ ރައްޓެހި ވަކި ބަޔަކާއި މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އެއީ މި އެކެޑެމީން ރާއްޖޭގެ އެކި ތަންތަނުގައި ޤާއިމު ކުރާ އެކިއެކި ގޮފިތަކަށް ބޭނުންވާ ގިނަ އަދަދެއްގެ އިކްއިޕްމަންޓްސް ގަތުމާ ބެހޭގޮތުންނެވެ. މިއީ އެތަކެއް މިލިއަން ރުފިޔާގެ ތަކެއްޗެވެ. މިތަކެތި އެފަރާތުން ގަތުމަށް އެއްބަސް ވާން އޮތީ އެފްއޭއަށް ބޮޑު ޕަސެންޓެއް އެއިން ލިބޭނެ ގޮތަކަށެވެ.

މާލެ އަދި ރާއްޖޭގެ ރަށްރަށުގައި ހަރު ކުރެވިފައިވާ ސީސީޓީވީ ތައް ގަތުމާއި ހަރުކުރުމުންވެސް އެފްއޭ ވަނީ ގިނަ އަދަދެއްގެ ފައިސާ އޭނާގެ ޖީބަށް ލާފައެވެ. އަދި، ފުލުހުން ބޭނުން ކުރާ ސޮފްޓްވެއަރ ތަކަށް ކުރާ ޚަރަދުންވެސް އޭނާ ކަޓު ނަގާފައިވެއެވެ. މިހުރިހާ ކަމެއް ހަވާލު ކުރެވިފައިވަނީ އެފްއޭ އުފައްދާފައިވާ ނުވަތަ އޭނާގެ ހިއްސާ އޮންނަ ކުންފުނި ތަކާއެވެ.

 

މިއެކެޑެމީއަށް ޓްރެއިނިންގ ދިނުމަށް ގެންނަން ހަމަ ޖައްސަން މިހާރު ނިންމާފައި އޮތީ ސްކޮޓްލޭންޑް ޕޮލިސްގައި އުޅުމަށްފަހު ރިޓަޔަރ ކޮށްފައިވާ ބުރޫސް ކިޔާ އޮފިސަރެއް ހިންގާ ކުންފުންޏަކާއެވެ. ބުރޫސް އަކީ ރިޔާޒު ސްކޮޓްލޭންޑްގައި އުޅުނުއިރު އޭނާގެ ބަޑީ އެކެވެ. މުޅި ރާއްޖޭގެ އެކި ތަންތަނުގައި މިދެންނެވި އެކެޑެމީގެ ތަމްރީނުތައް ފުލުހުންނަށާއި އެހެނިހެން ފަރާތްތަކަށް ބާއްވާއިރު އެކަމަށް ހޭދަވާ އެތަކެއް މިލިއަން ޑޮލަރު ބުރޫސްގެ ކުންފުންޏަށް ދޭން ނިންމާފައިވަނީ އެއިން ބޮޑު ޕަސެންޓެއް ކޮންމެ މަހަކުވެސް ރިޔާޒު އަށް ލިބޭ ގޮތަށެވެ. މިކަން މިހާރުވަނީ މިގޮތަށް ނިންމާފައެވެ.

ލޯ އެންފޯސްމަންޓް އެކެޑެމީ އޭ ކިޔާފައި ހިންގާން އުޅޭ ބޮޑު ހިޔާނަތުގައި މިހާރު ހޯމް މިނިސްޓަރަކަށް ހުރި ޖަމީލުގެ އަތެއްވެސް ވެއެވެ. އޭނާއަށްވެސް މިއެކަޑެމީ ތެރެއިން ފައިސާގެ ފައިދާ ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެންޑިއޯ އަށް މަޢުލޫމާތު ލިބިފައިވެއެވެ. އެވެސް އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ލާރިގަނޑެއް ހަވާލު ކުރާ ގޮތަށެވެ.  ނަމަވެސް، އެއީ ސީދާ ކޮން ކުންފުންޏެއް ކަމެއް އެންޑީއޯ އަށް އަދި ހޯދިފައެއް ނުވެއެވެ.

ދިވެހި ރައްޔިތުންގެ ލޭބޯ މަދިރި މައުމޫނުގެ ވެރިކަމުގައި މިނިސްޓަރަކަށް ހުރެގެން ޖަމީލު ވަނީ ޑްރަގް ރީހެބް ސެންޓަރު ތައް ޕްރައިވެޓައިޒް ކުރުމަށް ބާރުއަޅައި އެކަން އެގޮތަށް ކުރުމަށް ނިންމާފައެވެ. އަދި ރެޑްބުލް ފަހުމީ ހިއްސާވާ ގޮތަށް އޭނާގެ ނަމުގައި ޑިއަމެރީ ސިނެޕްސް (DIAMERI-CENAPS) ކިޔާ ކުންފުންޏެއް ޖަމީލު ހަދައި މިދެންނެވި ރީހެބް ސެންޓަރު ހިންގުމާއި އެ ކުންފުންޏާ ހަވާލު ކުރުމަށް ޖަމީލު މަސައްކަތް ކޮށްފައިވެއެވެ.  މި ކުންފުނި މެދުވެރިކޮށް ދައުލަތުގެ ފައިސާއިން 35 މިލިއަން ރުފިޔާ ޖަމީލު ކާލަން އުޅެނިކޮށް އެބޮނޑިން  ﷲ އިރާދަފުޅާއެކު އެފަހަރު ދިވެހި ރައްޔިތުންވަނީ ސަލާމަތްވެފައެވެ. އެކަން އެފަހަރު ހުއްޓުނީ ޔާމީނު އާއި ޖަންގިޔާ ނާޒިމްއަށް އެކަން އެނގިގެން އެކަން ހުއްޓުވުމުންނެވެ. ޔާމީނާއި ޖަންގިޔާ އެކަން ހުއްޓުވާފައިވަނީ އޭގެ ސަބަބުން އެމީހުން ނަގަން އޮތް ލާރިގަނޑަކަށް އަސަރު ކުރާތީއެވެ.

ހަސަން ސައީދުގެ ބޭބެގެ އަންހެނުންގެ ކޮއްކޮ އާއި އިނދެގެން އުޅޭ އަބްދުﷲ ފައިރޫޝް އަށްވެސް މި އެކެޑެމީގެ ތެރެއިން މިލިއަނުން ފައިސާ ލިބޭނެ ކަމަށްވެއެވެ. ރިޔާޒުއާއި އެފްއޭއާއިއެކު އޭނާ މިވަގުތު ދަނީ ތައިލޭންޑުގައި މިކަމުގެ މަޝްވަރާތަކުގައި ވަރަށް ބޮޑަށް ބައިވެރިވަމުންނެވެ.

ނޯޓު -  ފުލުހުންނާއި ސިފައިންނަށް: މިހާ ހިސާބަށް ދިވެހި ފުލުހުންގެ މުއައްސަސާގެ އެންމެ އިސް މަޤާމުތަކުގައި ތިބި ވެރިންގެ އުޅުމާއި އަހްލާޤާއި ސުލޫކު  ގޯހުން ގޯހަށް ގޮސް ނިމިފައި ވާއިރު، ދެންވެސް ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ޤައުމަށް ވަފާތެރި ފުލުހުންނާއި ސިފައިން ހަމަހިމޭނުން ބަލައިގެން ތިބުމަކީ ޤައުމަށް އެންމެ ރަނގަޅު ގޮތް ބާވައެވެ. ބަޔަކު އެއްޗެއް ލިޔާތީ އަދި ކިޔާތީ އެކަމާއި ޖަޒުބާތީވެ ޒީރޯ ޓޮލަރަންސަށް ތިޔަ ކުދިން ދާކަށް އެންޑިއޯ އަކުން ނޭދެމެވެ. ތިޔަ ކުދިންވެސް އަމިއްލައަށް ހޯދާށެވެ. އަދި އެންޑިއޯއިން ގެނެސްދޭ ޚަބަރުތައް ކަށަވަރު ކުރާށެވެ. އެއިރުން ތިޔަ ކުދިން ތި ނަށަނީ ކާކު ޖަހާ ބެރަކަށް ކަން ވަރަށް ސާފުކޮށް އެނގިގެން ދާނެއެވެ. ހަމަ ގައިމުވެސް މިހާރު ސެލިއުޓް ކުރަނީ ދިވެހިރާއްޖޭގެ  ޤައުމީ ލައަކަށް ނޫނެވެ. ތިޔަ ސެލިއުޓު ކުރަނީ ސިފައިންގެ ލަވައަކަށެއް ނޫނެވެ. ތިޔަ ސެލިއުޓް ކުރަނީ ފުލުހުންގެ އަޒުމަކަށެއްވެސް ނޫނެނެވެ. ތިޔަ ސެލިއުޓު ކުރެވެނީ ރައްޔިތުން ބިކަކޮށްލާފައި އެރައްޔިތުންގެ ފައިސާއިން އަރާމާއި އުފަލާއި ލައްޒަތުގައި ދިރިއުޅުމަށް ބޭނުންވާ ބަޔަކު ކިޔާ ހައި އަދި ކިޔާނެ ހައި ލަވަ އަކަށެވެ.

މާތް ވި އިސްލާމް ދީނާ ޤައުމަށްޓަކައި………. (ނިމުނީ)

8 ކިޔުންތެރިންގެ ޚިޔާލު

  1. އއ Reply

    June 27, 2012 at 3:59 pm

    ފަހަތުން މަވެސް އެބަފެނޭ..އެދުވަހު ހިނގި ކަންތައް ވ ގާތުން ދެކުނިން.އެއީ ހަމަ ބަގާވާތެއް

  2. ޖޯން ޖުހާ Reply

    June 15, 2012 at 4:20 pm

    މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފަޔާޒް (އެފްއޭ) އަދި އަބްދުﷲ ފައިރޫޝް މިވަގުތު ވީ ތައިލޭންޑްގަ މަސާޖު ކުރުމަށެވެ ކޮބާ ސޭކު އިމްރާން އާއި ސޭކު ށަހީމް ސޭކު އިލްޔާސް އެއްވެސް ވާހަކައެއް ބުނަން ނުކެރުނެއް ނޫން

  3. ހާޝިމް Reply

    June 15, 2012 at 2:58 pm

    ބޮޑު ބަލާވެރިކަމެއްމީ، އޭﷲ މި ބަލާވެރިކަމުން އަޅަމެން ސަލާމަތްކުރައްވާ ބާޣީންގެ މައްޗަށް އަޅަމެންނަށް ނަސްރު ދެއްވާންދޭވެ، އާމީން.

  4. ފާެއިގު އެންސީއައިޓީ Reply

    June 14, 2012 at 10:41 am

    ެަފަޔާޒް ގެ ޕާޓްނަރ ޕުރެމިލް އާެެއި ގުޅާލުމުން ސާފު ވާނެ!

  5. ޖޯން ޖުހާ Reply

    June 14, 2012 at 10:34 am

    މާތް ވި އިސްލާމް ދީނާ ޤައުމަށްޓަކައި ބާޣީން ފަހާ ދުވާނަން އަހަރެމެންނަކައް ދެން މަޑުން ނުތިބެވޭނެ

  6. ޖ Reply

    June 14, 2012 at 10:33 am

    މާތް ވި އިސްލާމް ދީނާ ޤައުމަށްޓަކައި ބާޣީން ފަހާ ދުވާނަން އަހަރެމެންނަކައް ދެން މަޑުން ނުތިބެވޭނެ

  7. ޖޯން ޖުހާ Reply

    June 13, 2012 at 4:16 pm

    ފުލުހުންނާއި ސިފައިންގެ އަހްލާޤާއި ސުލޫކު ގޯހުން ގޯހަށް ގޮސް ނިމިފައި ވާއިރު، ދެންވެސް ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ޤައުމަށް ވަފާތެރި ފުލުހުންނާއި ސިފައިން ހަމަހިމޭނުން ބަލައިގެން ތިބުމަކީ ޤައުމަށް އެންމެ ރަނގަޅު ގޮތްބާވައޭ ހިތަން އަރައެވެ

  8. ނިޝާން Reply

    June 13, 2012 at 1:33 pm

    ޑިއަމެރީ ސިނެޕްސް (DIAMERI-CENAPS) އަކީ އަނެއްކާ މެރީޑިއަމް ތަ؟

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>