ދިވެހި ފުލުހުންނާއި ސިފައިން ރައްޔިތުންނަށް ކުރަމުންގެންދާ އަނިޔާތައް ހުއްޓާލުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލައްވައިފި!

12 ޖޫން 2012 21:29 | 0 ކޮމެންޓް

ދިވެހި ފުލުހުންނާއި ސިފައިން ރައްޔިތުންނަށް ކުރަމުންގެންދާ އަނިޔާތައް ކުއްވެރިކޮށް އެއަނިޔާ ކުރުންތައް ހުއްޓާލުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލައްވައިފިއެވެ. އެއޯގަނައިޒޭޝަން ނެރެފައިވާ ބަޔާނުގައި ފުލުހުން ކުރަމުން ގެންދާ އަނިޔާތައް އިންސާފުވެރިކަމާއި އެކީ ބަލައި ތަހުޤީޤު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފައިވެއެވެ. އަދި މިކަންތައްތައް ހިނގަމުންދާގޮތް ކައިރިން ބަލައި ރައްޔިތުންގެ ހައްގުތައް ނިގުޅައި ނުގަތުމަށް ސަރުކާރަށް ބާރު އެޅުމަށްޓަކައި ޔޫއެން އާއި ސިމެގްއިން މަސައްކަތް ކުރުމަށްވެސް ގޮވާލާފައިވެއެވެ.

މިރިޕޯޓް ނެރެފައިވަނީ އެމްނެސްޓީގެ ފަރާތުން ފުލުހުންނާއި އާއްމު ރައްޔިތުންނާއި ވާހަކަ ދައްކައި މައުލޫމާތު އެއްކުރުމަށް ފަހުގައެވެ. މިރިޕޯޓްގައި ވާގޮތުގައި މޯލްޑިވްސް ޕޮލިސް ސާރވިސް އިން އެމްނެސްޓީއަށް މައުލޫމާތު ދެއްވާފައިވަނީ ފުލުހުން އެއެވުންތައް ރޫޅަލުމަށްޓަކައި ރައްޔިތުންނަށް އަނިޔާކޮށް ބާރުގެ ބޭނުންކޮށްފައި ނުވާނެކަމަށެވެ.

އެއްވުމުގައި ބައިވެރިވި ރައްޔިތުންގެ ތެރެއިން ބަޔަކު ޕުލުހުންނާއި ދިމާލަށް އެއްޗެހި އުކާހެދި ކަމަށް ބައެއް މީޑިއާ ތަކުގައި ހާމަކޮށްފައިވި ނަމަވެސް އެއްވުމުގައި ތިބި ގިނަ ރައްޔިތުން މިކަމުގައި ބައިވެރި ނުވާތީވެ، ފުލުހުން އެވަގުތު އެއްވުން ރޫޅަލުމަށް ގެންގުޅުނު އަނިޔާވެރި ސިޔާސަތު އެއީ ރަގަޅު ގޮތެއް ކަމުގައި ނުބުނެވޭނެ ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.

އެމްނެސްޓީގެ ރިޕޯޓްގައި ފުލުހުން މުޒާހަރާގައި ތިބި ރައްޔިތުންގެ އިތުރުން މަންޒަރު ބަލަން ތިބި ރައްޔިތުންގެ ގައިގައި މުގުރުބުރިން ޖެހުމާއި ޕެޕަރ ސްޕްރޭ އަނގައަށާއި ލޮލަށް ޖަހާ އަދި އުޒުރަކާ ނުލައި ރައްޔިތުން ހައްޔަރުކުރަމުން ދާ ކަމީ އިންސާނިއްޔަތާއި ޚިލާފު ކަމެއް ކަމަށް ފާހަގަ ކޮށް މިކަންތައް މިއީ ފުލުހުން ކުރާ ވަރަށް ބޮޑު ކުށެއްކަމުގައި ލިޔެފައިވެއެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ ފުލުހުންނަށް ޕެޕަރ ސްޕްރޭ ފޯރުކޮށްދިން އަދި ފޯރު ކުރަމުން އަންނަ ޤައުމުތަކުންވެސް އެސްޕްރޭ ތައް ބޭނުން ކުރުމުގައި ފުލުހުން އިންސާނީ ހައްޤުތަކަށް އަރައި ނުގަނެތޯ ބެލުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ލިޔެފައިވެއެވެ.

އެމްނެސްޓީގެ ރިޕޯޓް ނިންމާލާފައިވަނީ 4 ކަމެއް ފާހަގަކޮށްލަމުންނެވެ.

1. ސުލްހަވެރި މުޒާހަރާތަކުގައި އެއްވެ ތިބޭ ރައްޔިތުންނަށް އަނިޔާ ކޮށް ޕެޕަރ ސްޕްރޭ ޖެހުން ސަރުކާރުން ހުއްޓާލުމެވެ.

2. ރައްޔިތުންނަށް އަނިޔާ ކުރާ ސިފައިންނާއި ދޭތެރޭ އެކަށީގެންވާ ފިޔަވަޅު އެޅުމުގެ މުހިއްމު ކަމެވެ.

3. ސިފައިންނާއި ޕުލުހުންނަށް އިންސާނީ ހައްޤުތައް ނަގާލެވޭ ކަންތަކުގެ ޓްރެއިނިން ދިނުމާއި އެފަދަ ކަންތައް ނުކުރުމަށެވެ.

4. މިލިޓްރީ އިކުއިޕްމެންޓްސްތައް ސަރުކާރަށް ފޯރުކޮށްދޭ ޤައުމު ތަކުން އެއެއްޗެހި ބޭނުން ކޮށްގެން އިންސާނީ ހައްގުތައް ނަގާނުލާތޯ ބަލައި ޗެކްކުރުމަށެވެ.

MALDIVES GOVERNMENT MUST END USE OF EXCESSIVE FORCE AGAINST DEMONSTRATORS

0 ކިޔުންތެރިންގެ ޚިޔާލު

  1. ހީހީ Reply

    July 8, 2012 at 6:16 pm

    ފުލުހުން އަނިޔާކުރޭތަ

  2. ޖޯން ޖުހާ Reply

    June 15, 2012 at 4:13 pm

    ބާޣީންގެ އޯޑަރަށް ކޯޓްތައް ރޯކޮށްލުމުގެ އިތުރުން އެތަންތަން ލޫޓުވައި ބައެއް ބައެއް ސާމާނު ގެންގޮސްފައި ވާތީ މިކަން އެންޑީއޯ އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

  3. ޖޯން ޖުހާ Reply

    June 15, 2012 at 4:11 pm

    ބޮޑު ބަލާވެރިކަމެއްމީ، އޭﷲ މި ބަލާވެރިކަމުން އަޅަމެން ސަލާމަތްކުރައްވާ ބާޣީންގެ މައްޗަށް އަޅަމެންނަށް ނަސްރު ދެއްވާންދޭވެ، އާމީން

  4. މަދިރި Reply

    June 13, 2012 at 2:56 am

    ރަގަޅު! އެކައްޗެއްވެސް ދޭނެކަމެއް ނެތް.

  5. ޢައިސް Reply

    June 13, 2012 at 2:36 am

    ބާގީ ސަރުކާރެއް ދެމެހެއްޓުމަށް ކުރާަނިޔާ މިފެންނަނީ. މިއީ ޕްރޮފެސަނަލް ފުލުހުނެއްނޫން. ގޭނގސްޓަރުން

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>