ބާޣީ ސަރުކާރުން އެއް އަޑަކަށް އަޑުއުފުލަމުން ގެންދަނީ ސަރުކަރުގެ ބަޖެޓްގައި ފައިސާ ނެތް ވާހަކައެވެ. އާއްމު ރައްޔިތުންނަށް ސިއްޚީ ޚިދުމަތްދިނުމަށްޓަކައި ހަމަޖެއްސުނު އާސަންދަ އަދި އުމުރުން ދުވަސްވީ މީހުންނަށް ދޭން ހަމަ ޖެހުނު އެލަވަންސް ކުރިއަށް ގެންދިއުމަށް ދަތިވާ ވާހަކަ މީ މިހާރު ބާޣީ ސަރުކާރުން ދައްކާ އާއްމު ވާހަކަ އަކަށް ވެއްޖެއެވެ.
ނަމަވެސް މިކަންތައް މިހެންވާން މިޖެހުނު ސަބަބު މިހާރު މިވަނީ ވަރަށް ރަގަޅަށް ސާބިތުވެފައެވެ. އެއީ ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު ޚަރަދުތަކެއް މައުމޫނު ކުރަމުންދާތީއެވެ. ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ބޭސްފަރުވާކޮށްދިނުމަށް އޮންނާތީވެ، ރައްޔިތުން ހާލުގައި ޖައްސާފައި އެކަމުގެ ނާޖާއިޒު ފައިދާ މައުމޫނު ނަގަމުންދާތީއެވެ.
މައުމޫނުގެ ޚަރަދުތައް 2010 އިން ފެށިގެން ހިނގާފައިވާ ގޮތް ފިނޭންސް މިނިސްޓްރީއިން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ތަފްސީލްތަކުން ވަނީ ހާމަވެފައެވެ. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ މިތަފްސީލްތަކާއި ހަވާލާދީ ހާމަކުރެއްވި ގޮތުގައި މައުމޫނުގެ ބޭސް ފަރުވާއަށް 2010 ވަނަ އަހަރު 302,560 ރުފިޔާ، 2011 ވަނަ އަހަރު 713,803 ރުފިޔާ އަދި މިއަހަރުގެ އެޕްރިލް މަހުގެ ނިޔަލަށް 298,572 ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްފައިވެއެވެ.
އަދި މީގެ އިތުރުން މައުމޫނުގެ އޮފީސް ހިންގުމުގެ ނަމުގައި 2010 ވަނަ އަހަރު 3.86 މިލިއަން، 2011 ވަނަ އަހަރު 2.1 މިލިއަން، އަދި މިއަހަރުގެ އެޕްރިލް މަހުގެ ނިޔަލަށް ހަތްލައްކަ ރުފިޔާ ހޭދަކޮށްފައިވެއެވެ.
މައުމޫނު މިހާބޮޑެތި ޚަރަދުތައް ދައުލަތުގެ ބަޖެޓުން ކުރަމުންދާތީވެ މިކަންތައް މިހާރު މިވަނީ ރައްޔިތުންގެ މަޖްލީހުގައި މިމައްސަލަ ނެގިފައެވެ. މިކަމަށް އަވަސް ހައްލެއް ރައްޔިތުންގެ މަޖިލީހުން ގެންނާނެ ކަމަށް އެން ޑީ އޯ އިން އުއްމީދުކުރަމެވެ.
ހަނާ
July 1, 2012 at 8:41 pm
އެމްޑީޕީ މީހުންނަށް ދޯ އެނގެނީ މީހުން މަރުވާނެ ދުވަހަކާއި ވަގުތެއް……… އެއީ މަތިން ފައިބާފަ ތިބޭ ބައެއްތަ.. ދައުލަތުގެ ބަޖެޓްކައި ހުސްކޮށްލީ އެމްޑީޕީ މީހުން ………
ޒުއްބަ
June 26, 2012 at 4:36 pm
ނަސްރީނާދަރިޔަކުވިހާއިރައްވެސް ވޮށިބަދަލުކޮއްއަލުންއާވޮއްޓެއްއެޅުވުމައްސަރުކާރުގެހަރަދުގަމައުމޫނުދަވާލަނީދައުލަތުގެހަޒާނާ މިނުލަފާސައިތާނާމިދުނިޔެއިންއަވަސްގޮތަކައްމަރުގަންނަވާނދޭވެﷲއީނިކަމެތިންނައް އަޅާލާއޯގާވަންތަކަލާނގެ މިދުނިޔޭން އެތައްދަރިންނެއްމިނުލަފާ ގާތިލުވަނީމަރާފަ ޖައްވައްފަޒާޔައްޖަހާފަ
ސަމާ
June 13, 2012 at 2:22 pm
މަތީގައި އެވާ ފޮޓޯއިން ހީވަނީ ގޮތްހުސްވެފައި ތިބިހެން.
ޖޯން ޖުހާ
June 13, 2012 at 3:40 am
ޤައުމުގެ ރައްޔިތުން ބިކަހާލުގައި، މައުމޫނުގެ ޚަރަދަށް
ދައުލަތުގެ ބަޖެޓުން މިލިއަނުން ރުފިޔާ ހޭދަކުރަން ޖެހިފައި!
ހާޖަރާ
June 12, 2012 at 10:01 pm
ކޮބާ ކަލޯ މައުމޫނާ!
މިހާރު އެބަ ވިސްނޭތަ ރައްޔިތު މީހާ ބަލިވީމާ ވެސް ބޭސް ކުރަންޖެހޭކަން، 300 ޑޮލަރާ ދެކޮޅު ޓިކެޓާއެކު އިންޑިޔާ ނުވަތަ ސިލޯނަށް ފޮނުވާލުމަކުން ފަރަކު ޖެއްސޭކަށް ނެތްކަން!
ކަލޯޔާ ނައްޓުއާ ބަލިވީމާ ދައުލަތުގެ މާލިއްޔަތު ތިހުސްކޮށްލަނީ ސިންގަޕޫރާ މެލޭޝިޔާގަ އަޗާތަޅަން! އަދިވެސް އާސަންދަ އިނދަ ގަޅުވާލާފަ ސާމާނުބެއާ އާމާލުމެނަށް ފައިސާ ފޮނުވޭތޯ ބަލާތި! ހަމީދުބުނީ ޕީޕީޕީ އަށް މަވާ ސަލާމޯ! ދޮންބީބުނަނީ ހަމީދު ބުނާގޮތެއް ހަދަން މަށަށްވެސް މަޖުބޫރުވާނެޔޯ!
ދިލްކަޝް އަހަންމަދުބެ ބުނަނީ އެޅ އެހެރީ އެއްވެސް ކުށެއްނެތި މަދުގަސްދޮށުގޭ ނިޒާރު ލައްވާ ދޮގު ހެކިދީގެން ކޮއްކޮތެޅިވާހިދު ގެ ލަފަޔަށް ތިމަންނަ ޖަލަށްލާ އަނިޔާކޮށްފައޭ މަށެއްވެސް ޕީޕީޕީ އަށް ހަމަ ވައްސަލާމޭ!
މަރިޔަނބު
June 12, 2012 at 8:06 pm
މަތީގައި މިވަ ފޮޓޯ އިން އެފެންނަނީ މޭކަނޕާއި ނުލައި ބެލީމާ މި ދެމީހުން ފެންނަ ގޮތް. މިތަނުން އެކަކު އަނެކަކުގެ ބޮހަކީ ކާކުކަމެއްކަން ނޭގޭ. އެކަމަކު އެކަކު އަނެކަކަށް ބަލާލާފައި ރަގަޅަށް ވިސްނާލައިފައި ކުރީގެ އެގްރިމެންޓް އާއި ދޭދެރޭވެސް އަލުން ވިސްނާލަން އެބަޖެހޭ. ދެން އަހަރެމެން މި ދެމީހުންގެ ސިހުރުން ސަލާމަތް ނުވެގެން އުޅޭބައިގަނޑު ވެސް ވިސްނާލަން އެބަޖެހޭ. ވިސްނަލަންވީ އހަރެމެން ވެސް މިތިބީ އެމީހުނާއި އެކީ މުސްކުޅިވެފއިކަމާއި، އަހރެމެންނަށް ވިސްނިފައި އޮންނަ ހެން އެއީ މުސްކުޅިވުމެއްނެތި ޒުވާން ކަންމަތީ ތިބި ބައެއް ނޫންކަން. މާތް ﷲ އަހަރެމެން އެންމެނަށް ގިނަގިނައިން މަރުހަނދާން ކުރައްވުމަށް އަންގަވާފައިވަނީ ވަރަށް ބޮޑު ހިކުމަތަކަށްޓަކައި.
މުހައްމަދު
June 12, 2012 at 7:59 pm
މައުމޫނުގެ ތިޔަ އޮފީހެއް ބަންދުކުރޭ. ތިޔައޮފީހަކުން ގައުމަށް ވާފައިދާއެއް ބުނެ ބަލަ. އަދި ހަމަ ބޭނުން ވަރަކަށް ފައިސާދީގެން ނުވާނެ. ސަރުކާރުގެ އެހެން އޮފީސް ތަކުން ބަޖެޓް ހުށައެޅުމުން ބަޖެޓް ކޮންޓްރޯލް ކުރަން ވެސް ޖެހޭނެ. އަނެއްކޮޅުން އޮފީސް ހިންގަން ޣާޒީ ބިލްޑިންގް އިން ނުވަތަ ހުރަވީ ބިލްޑިންގް އިން ނުވަތަ ސަރުކާރުގެ އިމާރާތަކުން ކުޑަ އޮފީހެއް ހިންގަން ބޭނުން ވާ ޖާގަ ދެވިދާނެ. ބޭނުން ހާތަންތަނެއް ކުއްޔަ ހިފައިގެން ނުއުޅެވޭނެ. މީނަ ބުނާނެ މިގަައުމަށް ފައިދާ ކުރާ މަސައްކަތޭ. ސަރުކާރުގެ ޚަރަދު ކުޑަކުރަން މިމީހަކު ވެސް ކޮންމެވެސް މަސައްކަތެއް ކުރަންވާނެ. އައިޖީއެމް އެޗް ތަރައްގީނުކުރޭ މީނައަށް ވެސް ބައްޔަށް ބޭސްކުރެވެންވާނީ އައިޖީއެމް އެޗް، އަހަރެއްގެ ބަޖެޓަށް ވާންވާނީ 1 ލައްކަރުފިޔާ.
ނާޝިދު / ހުޅުދުއްފާރު
June 12, 2012 at 2:33 pm
ތީ މިޤައުމަށް (ދިވެހިރައްޔިތުންނަށް) ޖެހިފައިވާ ބޮޑު ބަލާމުސީބާތެއް. ތީކީ އަވަހަކަށް މަރުވާނެ ސައިތާނެއްހެންވެސް ހިއެއްނުވޭ. ކުރާނެ ކަމެއްނެތް. ޖެހޭނީ ކެތްކޮއްގެން ތިބެން. އިރާދަކުރެއްވިއްޔާ ތިޅާގެ ނިމުން ވަރަށް ހިތިވާނެ…
މުހައްމަދު
June 12, 2012 at 2:49 pm
މައުމޫނުގެ ތިޔަ އޮފީހެއް ބަންދުކުރޭ. ތިޔައޮފީހަކުން ގައުމަށް ވާފައިދާއެއް ބުނެ ބަލަ. އަދި ހަމަ ބޭނުން ވަރަކަށް ފައިސާދީގެން ނުވާނެ. ސަރުކާރުގެ އެހެން އޮފީސް ތަކުން ބަޖެޓް ހުށައެޅުމުން ބަޖެޓް ކޮންޓްރޯލް ކުރަން ވެސް ޖެހޭނެ. އަނެއްކޮޅުން އޮފީސް ހިންގަން ޣާޒީ ބިލްޑިންގް އިން ނުވަތަ ހުރަވީ ބިލްޑިންގް އިން ނުވަތަ ސަރުކާރުގެ އިމާރާތަކުން ކުޑަ އޮފީހެއް ހިންގަން ބޭނުން ވާ ޖާގަ ދެވިދާނެ. ބޭނުން ހާތަންތަނެއް ކުއްޔަ ހިފައިގެން ނުއުޅެވޭނެ. މީނަ ބުނާނެ މިގަައުމަށް ފައިދާ ކުރާ މަސައްކަތޭ. ސަރުކާރުގެ ޚަރަދު ކުޑަކުރަން މިމީހަކު ވެސް ކޮންމެވެސް މަސައްކަތެއް ކުރަންވާނެ. އައިޖީއެމް އެޗް ތަރައްގީނުކުރޭ މީނައަށް ވެސް ބައްޔަށް ބޭސްކުރެވެންވާނީ އައިޖީއެމް އެޗް، އަހަރެއްގެ ބަޖެޓަށް ވާންވާނީ 1 ލައްކަރުފިޔާ.
ޒުބް
June 12, 2012 at 4:21 pm
ތިޖަނަވާރަން ކޮނަ ހަރަދެއް ކުރަންވީ މިދެއް މިގައުމައްޖެހިފަވަ ބަލާއެއް
ހަސަނު
June 12, 2012 at 4:42 pm
ތިހާ ބޮޑު ޚަރަދެއް ހިނގީ ކޮން ކަހަލަ ބޭސްފަރުވާ އެއް ކޮށްގެންތޯ މާލިއްޔަތު ކޮމިޓީން ބަލަން ފެނޭ. އަނެއްކާ ސިންގަޕޫރު ފަދަ ގައުމުތަކުގައި ޗުއްޓީ ހަދާލުމަށް ފަހު ބޭސްފަރުވާ އޭ ކިޔަނީބާ؟ ބައިތުލްމާލުން މިހާ ބޮޑު ޚަރަދެއް މީނާޔަށް ކުރެވިގެންނުވާނެ.