ބަޣާވަތުގައި ބައިވެރިވި ކަމަށް ބުނެ ސިފައިންގެ އޮފިސަރުން ތަކެއްގެ ނަން ސަރުކާރުން ސީމެގް އަށް ފޮނުވައިފި!

10 ޖޫން 2012 17:47 | 0 ކޮމެންޓް

ނޭޝަނަލް އެންކުއަރީ ކޮމިޝަން މިނިވަން ކުރުމަށްޓަކައި އެ ކޮމިޝަނަށް ބަދަލުތަކެއް ގެންނަން ސީމެގް އިން ގޮވާލި ގޮވާލުމާއި ބާޣީ ސަރުކާރުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެބަދަލުތައް ގެނެސް ނުނިމެނީސް ވަހީދު ބުނެގެން އިސްމާޢީލް ޝަފީއު އަވަސް އަރުވާލާފައި ނެރުނު ރިޕޯޓްގެ ސަބަބުން ސަރުކާރަށް އިތުރު ޕްރެޝަރުތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް ބައިނަލްއަޤްވާމީ ދުނިޔެއިން ކޮމިޝަނަށް ކުރާ އިތުބާރުވަނީ ގެއްލިފައެވެ.  ކޮމަންވެލްތުގެ ސީމެގް ގްރޫޕުންވެސް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.  މިކަންބޮޑުވުން ތަކުގެ ފަހަތުގައިވާ އެއްސަބަބަކީ ވަހީދު އުފައްދާފައިވާ ކޮމިޝަނުން ވަކި ގޮތަކަށް ފިކުރު ބަދަލު ކުރަން އަވަސް އަރުވާލާފައި މަސައްކަތް ކުރުމުގެ ސަބަބުން އެކޮމިޝަނަށް ވަހީދު އައްޔަންކޮށްފައިވާ ފަރާތްތަކުގެ އިންޓެގްރިޓީ އާއިމެދު ވަރަށް ގިނަ ސުވާލުތަކެއް އުފެދުމެވެ.

ބާޢީ ސަރުކާރުގެ ދެމިއޮތުން ބިނާވެފައި އޮތީ އެއްކަމަކަށެވެ. އެއީ ބާޣާވަތުގެ ތުހުމަތުން ސަލާމަތް ވެގެންނެވެ. ކިތަންމެ ޓައިމްލައިން ތަކެއް ނެރުނު ކަމުގައި ވިޔަސް، ރާއްޖޭގެ ވެރިކަން ވައްޓާލީ ބަޣާވަތުންކަން ދުނިޔޭގެ ގިނަ ބަޔަކު މިހާރު ޤަބޫލު ކުރެއެވެ. ބަޢީ ވަހީދު އިނގެރޭސިވިލާތަށް ކުރި ދަތުރުގައި ބީބީސީ އަށް ދެއްވި އިންޓަވިއުގައި ރާއްޖޭގައި ބާޣާވަތެއް ނުހިނގާ ކަމަށް ބުނެލާކަށް ނުކެރުނެވެ. މިއީ ބަޣާވަތެއް ނޫނޭ ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި އަދި ރާއްޖޭގެ މީޑިއާގެ ކުރިމަތީގައި ބުނަމުންދާ ވަހީދު ބީބީސީއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި ބަޣާވަތުގައި އޭނާގެ ދައުރެއް އޮތްކަން ސާބިތު ވެއްޖެނަމަ އިސްތިޢުފާ ދޭނެ ކަމަށެވެ. މާނައަކީ ބަޣާވަތެއް ރާއްޖޭގައި ނުހިނގާ ކަމަށް ބޭރުގެ މީޑިއާގެ ކުރިމަތީގައި ވަހީދުއަށް ބުނަން ނުކެރުމެވެ.

ވަހީދުގެ ސަރުކާރަށް މިހާރު މަޖުބޫރުވެފައި ވަނީ ރާއްޖޭގެ ހިނގި ބަޣާވަތުގައި ވަހީދު އާއި ސަރުކާރުގެ އިސް މީހުންގެ ދައުރެއް ނެތް ކަމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ވިސްނައިދޭން މަސައްކަތް ކުރުމާއި އަދި އެކަން ކުރީ ސިފައިންނާއި ފުލުހުން ކަމަށް ސާބިތު ކޮށްދިނުމެވެ. ނަމަވެސް، މި ބަޣާވަތް ކުރުމުގެ މުގުލުގައި ތިބީ މިހާރުގެ ސަރުކާރުގެ އިސްވެރިންކަން ސާބިތު ކުރެވޭ ވަރަށް ހެކި މިހާރު އެބަހުއްޓެވެ. މިއީ ބަޔަކު ލައްވާ ފައިސާ ދީގެން ވައްކަން ކުރުވުމަށްފަހު އަދި އެވަގަށް ނެގި ހުރިހާ ތަކެއްޗެއް ބޭނުންކޮށްކޮށް ހުރެ ތިމަންނަ ހަލާލުގޮތުގައި ހޯދި ތަކެއްޗޭ ބުނުންފަދަ ބޯހަމަ ނުޖެހޭ ކަމެކެވެ. ބަޣާވަތަށް ހިތްވަރުދީ  ޚަރަދު ކުރީ ސަރުކާރުގެ އިސްވެރިންނެވެ. އަދި ބަޣާވަތުގެ ސަބަބުން ސަރުކާރު ފޭރިގެން ރައްޔިތުން ހަޒާނާއިން ފެންވަރަމުން ދަނީވެސް ހަމަ މި ސަރުކާރުގެ އިސްވެރިންނެވެ. އެކަމަކު އެމީހުންގެ ދައުރެއް ބަޣާވަތުގައި ނެތެވެ!

Maldives leader ‘will quit’ if found to have coup role. BBC News

ބަޢީ ސަރުކާރުން އުފެއްދި ކޮމިޝަނުން ނެރުނު ޓައިމްލައިން ރިޕޯޓަށް ބަލާޢިރު އަދި ބާޣީންގެ ކިއްލާތަކުގެ ތެރެއިން ލިބޭ މަޢުލޫމާތު ތަކަށް ބަލާއިރު މިހާރު ބާޣީ ސަރުކާރުން ދަނީ ސިފައިންނާއި ފުލުހުންގެ ބައެއް މީހުންގެ ބޮލުގައި ބަޣާވަތް ހުރިހާ ތުހުމަތެއް އަޅުވައި އެމީހުން ކަތިލުމަށްފަހު ސަރުކާރުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށެވެ.

އެގޮތުން މިހާރު ސީމެގް އަށް ވަނީ ވަކި ސިފައިން ތަކަކާއި ފުލުހުންތަކެއްގެ ނަމާއި އެމީހުންގެ ރޭންކް ލިބިފައެވެ. އެ މަޢުލޫމާތު ފޮނުވާފައިވަނީ ސީދާ ބާޣީ ސަރުކާރުންނެވެ. މިނަންތައް އެލުލަވާލުމުގައި ބާޢީ ސަރުކާރުން މިހާރު އުފައްދާފައިވާ ކޮމިޝަނުގެ ހިޔާލު އަދި މައުމޫނާއި ޔާމީނުގެ ނުފޫޒު ވަރަށް ބޮޑު ކަމަށް މަޢުލޫމާތު ލިބެއެވެ. ތަސްމީނުގެ ޑީއާރުޕީއާއި ޤައުމީ ޕާޓީ ބާޢީންނާއި ބައިއަތު ހިފިކަމުގައި ވިޔަސް ވެސް މިފަދަ ބޮޑެތި ނިންމުންތައް ބާޣީ ސަރުކާރު ތެރެއިން ނިމިގެންދާއިރު ގިނަ ފަހަރު އެމީހުންނަކަށް ހިލަމެއް ނުވެއެވެ.

ތިރީގައި މިވަނީ ބާޣީ ސަރުކާރުން ސީމެގް އަށް ފޮނުވި ނަންތަކުގެ ތެރެއިން ބައެއް ނަން ތަކެވެ.

  1. ކާނަލް މުހައްމަދު ޒިޔާދު
  2. ކާނަލް ހާމިދު ޝަފީޤް
  3. ކާނަލް އަބްދުލް ރަހީމް އަބްދުލް ލަތީފް
  4. ލެފްޓިނަންޓް ކާނަލް އަލީ ޝާހިދު (މެޑިކަލް)
  5. ކެޕްޓަން އަމަނުއްލާ އަހްމަދު ރަޝީދު
  6. ފަސްޓް ލެފްޓިނަންޓް ސާލިހް މޫސާ
  7. ފަސްޓް ލެފްޓިނަންޓް އަލީ އިހްސާން

މައުމޫނު ހަތަރު އުދަރެސް ފެނުޖެހިފައި! މެދު ފަންތީގެ އޮފިސަރުންގެ ބޮލަށް ބަޣާވަތް ކަނޑާލަން ނިންމައިފި!

0 ކިޔުންތެރިންގެ ޚިޔާލު

  1. ދެރިޔަ Reply

    June 26, 2012 at 8:26 pm

    ކުރިންވެސް އަހަރެމެން ބުނީމެންނުން، ވެރިން ބަޗާނޭ ބޮނޑިބޯނީ އާދައިގެ ކުދިންނޭ…. މިފެންނަނީ އެކަންކަން.. ދެންވެސް ކަލޭމެންގެ ސަލާމަތް ކަލޭމެން ހޯދާ…..މައްސަލައެއް ދިމާވިއަސް، އާދައިގެކުދިންނަކަށް މާ ބޮޑުކަމެއް ނުވާނެ… ވެރިންގެ ބޮލަށް ކަނޑާލާ!

  2. މޮހޮނު Reply

    June 12, 2012 at 9:35 pm

    ފުލުހުން މިތަކެތި ދެނީ ޓްރޭނިންގ ހަދާ ކުދިންނަށާ ސްޕެޝަލް އޮޕަރޭޝަންސް ގެ ތެރޭ ފްރޮންޓްލައިންގަ ހަރަކާތްތެރިވާ ފުލުހުންނަށާ ސިފައިންނަށް.

  3. ޔާމީނު Reply

    June 11, 2012 at 4:41 pm

    ރ. ބޯ ފުލުހުން ރައްޔިތުންނަށް ހަމަލާ ދޭއިރު ތިބެނީ ހަމަޔަކުނޫން! އެއޮށް އަތުލާހާ ފުޅިއާއި ދަޅާއި ހަކުރާއި ފުށާއި ސާމާނުގެ ތެރެއިން ނައްތާލަނީ %1 ޕަސެންޓް. %99 ބޭނުން ކުރަނީ ތަޅާފުލުހުން.

  4. އަލީ ސާލިހު Reply

    June 11, 2012 at 6:50 am

    ބާގީންނޭ ދަންނާށޭ! ތިޔަބައިމީހުންނަށް ފަހުވަގުތު ޖަލުގެ ގޮޅިތައް ނޫނީ ނެތެވެ. އެތަނުގައި ތިޔަބައިމީހުންގެ އުމުރު ދުއްވާލާށެވެ. ސިފައިންގޭގައި ތިޔަ ހޭދަކުރާ ކުރުމުއްދަތަކީ އަނިޔާވެރި ނުބައި ދުވަސްތަކެއްގެ ގޮތުގައި ތިޔަބައިމީހުން ހަދައިފޫއެވެ. ދެން ތިޔަބައިމީހުންނަށް އޮތީ ދުނިޔެމަތީގެ އުގޫބާތެވެ. އެތަނުގައި މަރުވަންދެން ތިބޭނެއެވެ.

  5. ނިޔާ/ ޅޮހި Reply

    June 11, 2012 at 6:41 am

    މި މީހުން ހީވީ މޮޔަވެގެން އުޅުން ހެން 7 ފެބްރުއަރީގައި، އަޅުގަނޑުވެސް ރައްޓެހި ބައެއް ޕޮލިހުންގާތު ބުނިން މިއަދު ފޮޮނިވެފައި އުޅެވިދާނޭ، އެކަމަކު އެންމެ ފަހުވަގުތު ޔާމީން މެން ސަަލާމަތްވާން އާދައިގެ ފުލުހުންގެ ބޮލުގައި ބަގާވާތް އަޅުވާފަ އެމީހުން ސަލާމަތްވާން މަސައްކަތްކުރާްކޮނޭ، އަދި ބަގާވާތްކޮށްފައި ބުނި ކިރިޔާއޭ ހަމަ ނޭވާ އެއް މިލެވުނީ، ހަމަ ނޭވާ ލެވިފައި އޮންނަނީ ބާގީންގެ ގޮތުގައި އާއިލާ އާ ދުރުގައި ޖަލުގައި ތިބެން ޖެހުނީމަ ތިޔަ ބާގީންނަކަށް ދުވަހަކުވެސް މާފް ނުދޭނަން، ހަމަ ނޭވާލާން ތިބޭ ކުޑަ ދުވަސްކޮޅަކު، ހަމަ ފެންދީފަ ކާންދީފަ ކަރުގަ ހިފާނަން، ކަރަށް ފިތާލާނަން،
    މި ބާގީ ޕޮލިހުންނައް ނޭގޭ ޔާމީންމެން ވެިރކަމަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެކަން، ނިކަން ބަލާ، މިފަހަރު ސިފައިންނާ ޕޮލިހުންގެ ބޮލައް ޗިޕުޖަހައިގެން ފައިސާދީގެން ކުރުވިކަންތައް، ވެރިކަމަށްޓަކައި އެމީހުން އަނދަގޮޑިޔަށް ދާނެ މަގު ފަހިކޮށްދިނީ، ޔާބެ އަށް ހުރިހާ މޮޅެއް، އާދައިގެ ފުލުހުންނާއި ސިފައިންނަށް ކޮޅުކެހި، ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިގައުުގެ ވެރިކަން ފޭރިގަނެގެން ތިބި ބާގީން ހަމަ އަނދަގޮނޑީގައި ބައިތިއްބަންވާނެ،

  6. އަޙުމަދު މުޙައްމަދު. Reply

    June 11, 2012 at 4:14 am

    ފެބުރުވަރީ ހަތެއްގެ ފަހުން ދިވެހިރާއްޖޭގައި ތިބި ފުލުހުންނާއި ސިފައިންނަކީ ޤާނޫނީ ބައެއް ކަމައް ގަބޫލު ކުރެވޭކައްނެތް! އެއީ ބާޤީން. ބާރެއް އޮތީތީ ރައްޔިތުން ތަޅާ ހަންމަތަ ކޮއްގެން އުޅޭ ޣައެރުޤާނޫނީ ބައިގަޑެއް!

  7. ސާކިރު Reply

    June 10, 2012 at 4:29 pm

    މިގައުމުގަމިއުޅޭ ސިފައިންނާއިފުލުހުންނަކީވަރައްބޮޑެތިޖަރީމާހިންގާބަޔެއްކަންމުޅިދުނިޔެގަބޫލުކުރޭ ޒުވާންއަންހެންކުދިންރޭޕުކުރުމާ ޑުރަގުވިއްކުމާ މާރާމާރީތަކުގެއަޑީގަ ތިބީހަމަމިބައިގަނޑު މިއީމިގައުމައްހެޔޮއެދިގެންމަސައްކަތްކޮއްދޭބަޔަކައްހެދޭތޯ ޜައީސްނަސީދު އާދޭސްކޮއްކޮއްހުއްޓާ ބާގީބުރުމާގެ ލާރިކޮޅަކައް ވިކިހުސްވެ ހުވަޔާހިލާފުވި ހިޔާނާތްތެރިބައިގަނޑެއް

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>