ފެބްރްއަރީ 7 ގައި ގެނެވުނީ ބަޣާވަތެއް ކަމަށް ގާސިމް އިބްރާހިމް މިއަދު އެއްބަސްވެއްޖެ!

03 ޖޫން 2012 16:41 | 31 ކޮމެންޓް

ލިޔުނީ: ފިރުޝާން ޔޫސުފް

———————

ފެބްރުއަރީ 7 ވަނަ ދުވަހު ސިފައިންނާއި ފުލުހުން ވަކި ހިސާބަކުން ރައީސް ނަޝީދުގެ އަމުރަށް ކިޔަމަން ނުވީ ކަމަށާއި އެއީ ބަޣާވަތަށް ވަންޏާ އެއީ ބަޣާވަތެއް ކަމަށް ގާސީމް އިބްރާހިމް ބުނެފިއެވެ.

“ސިފައިންނާއި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރުކުރީ އޭނާ. ސިފައިންނާއި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ކުރީ އޭނަ. އޭނާ ގާނޫނު އަސާސީއާ ހިލާފަށް މީހުން ގެންގޮސް ހައްޔަރުކުރީ. ބަންދުކުރީ. އޭނާ ދޫކޮށްނުލީ،” ގާސިމް ބުނެފައިވާ ކަމަށް ބުނެ ބަޣާވަތް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ ހަވީރު ނޫހުން ބުނެފައިވެއެވެ.

ނަމަވެސް، ފުލުހުންނަށް ސީދާ ކުރި ޣައިރު ގާނޫނީ އަމުރެއްގެ ވާހަކަ އަދި މިހާތަނަށްވެސް ފުލުހުންނަކަށް ކިޔައިދީފައެއް ނުވެއެވެ. އަދި ޣައިރު ޤާނޫނީ އަމުރެއް ރައިސޫލްޖުމްހޫރިއްޔާ ކުރުމުން ދެން ކަންތައް ކުރަންޖެހެނީ ކިހިނެތްތޯ ގާސިމް ބުނެފައެއް ނުވެއެވެ. ރައީސް ކުށެއް ކުރިޔަސް އަދި އެހެން މީހަކު ކުށެއް ކުރިޔަސް އެކަން ނިންމާފަރާތަކީ ރާއްޖޭގެ ކޯޓްތައް ކަމަށްވާއިރު އަދި ރާއްޖޭގެ އެއްވެސް ކޯޓަކުން ރައީސުލްޖުމްހޫރިއްޔާގެ އިސްތިޢުފާ ދިނުމަށް ޝަރުތު ކުރުމަށް ފުލުހުންނަށް ނާންގާއިރު އަދި އެފަދަ އެންގުމެއް އެންގުމަކީ ހަމަޖެހޭ ކަމަކަށް ނުވާއިރު، އަދި އެއްވެސް ކޯޓަކުން ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ މަސްއޫލިއްޔަތު އުފުލުމުގެ ގާބިލުކަން ނެތްކަމަށް ނިންމާފައި ނުވާއިރު ފުލުހުންނާއި ސިފައިން އެދުވަހު އެ މަސައްކަތް ކުރި ގޮތް ވަރަށް ސާފެވެ. އެއީ ކަނޑައެޅިގެން ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ހިލާފަށް ކުރެވުނު ބަޣާވަތެކެވެ.

އަލަށް ގާސިމު އާއި ބައިއަތު ހިފި ޑރ. ޑީޑީ އާއި އަލްހާންވެސް ވަނީ އެމީހުންގެ ބަސްމަގު ބަދަލުކޮށް މިހާރުގެ ވެރިމީހާއަށް ކިޔަމަންތެރިކަމާއި ވަފާތެރިކަން ދެއްކުމަށްޓަކައި 7 ފެބްރުއަރީއަކީ ބަޣާވަތެއް ނޫން ކަމުގައި ބުނެފައެވެ. ނަމަވެސް، މިހާތަނަށް އެމީހުން ބުނަމުން އައީ އެއީ ބަޣާވަތެއް ކަމުގައެވެ. މާނައަކީ ދެ އަނގައިން ވާހަކަ ދައްކާ ވިކޭ މީހުންގެ ލިސްޓަށް މިދެމީހުންގެ ނަންވެސް އިތުރު ވީއެވެ.

 

ބަޣާވަތުގެ މާނައަކީ ސިފައިން ނުވަތަ ފުލުހުން ނުވަތަ އެފަދަ ބަޔަކު ބައިވެރިވެގެން ރައްޔިތުން ހޮވާފައި އޮންނަ މަދަނީ ސަރުކާރެއް ޤާނޫނީ އިމުގެ ބޭރުން ވައްޓާލައި އެހެން މިލިޓަރީ ނުވަތަ މަދަނީ ސަރުކާރެއް އަނެއްކާ ޤާއިމު ކުރުމެވެ.  ރާއްޖޭގައި 7 ވަނަ ދުވަހު ހިނގާދިޔައީ ފުލުހުން ރައީސް ނަޝީދާއި ދެކޮޅަށް ތެދުވެ އަދި ފަހުން ބައެއް ސިފައިންވެސް އެމީހުންނާއި ގުޅިގެން ތިބެ ކޮމިޝަނަރ އޮފް ޕޮލިސް އާއި އޭނާގެ ދެ ޑެޕިއުޓީ ކޮމިޝަނަރުންނައި އަދި ރައީސުލްޖުމްހޫރިއްޔާ އެއްވެސް ޝަރުތަކާއި ނުލައި އިސްތިޢުފާ ދިނުމަށް މަޖުބޫރު ކޮށް އެކަން ކާމިޔާބު ކުރި މަންޒަރެވެ. އެމީހުންގެ އިސްވެރިން އަދި ރައީސުލްޖުމްހޫރިއްޔާގެ އިސްތިޢުފާ އަކަށް ޤާނޫނު ބުނާގޮތުން ފުލުހުންނަކަށް ނުގޮވޭނެއެވެ. އެހެންކަމުން އެދުވަހު އެކަން ކުރި ފުލުހުން އެވަނީ ރާއްޖޭގައި ލިޔެވިފައި ހުރި ޤާނޫނުތަކާއި އަދި އެމީހުންގެ ހުވައާއި ކަނޑައެޅިގެން ޚިލާފުވެފައެވެ. ޤާނޫނު މުގުރާލާފައި  ނަމަވެސް އެދުވަހު ފުލުހުން  އަދި އެކަން ކާމިޔާބު ކުރުމަށްފަހު ފުލުހުންގެ ރުހުން އޮތް މަދަނީ ސަރުކާރެއް ރާއްޖޭގައި ޤާއިމު ކުރި މަންޒަރެވެ. އަދި ސަރުކާރު ހިމާޔަތް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އެއީ ރައްޔިތުންނަށް އަނިޔާވެރިވުން ކަމުގައިވިޔަސް ކުރަމުންދާ މަންޒަރެވެ.  އެހެން ކަމުން ފެބްރުއަރީ 7 ގައި ކޮށްފައިވަނީ ސައްތައިން ސައްތަ ކަށަވަރު ބަޣާވަތެކެވެ. 

31 ކިޔުންތެރިންގެ ޚިޔާލު

  1. ޣަފޫރީ Reply

    June 5, 2012 at 5:24 pm

    ގާސިމް އިބުރާހީމް އަށް ރާއްޖޭގެ ވެރިކަންކުރެވިދާނެކަމަކައް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ގާސިމް އަށް ކުރެވިދާނެކަމައް އަޅުގަނޑްގަބޫލުކުރާކަންކަން އެއީ ސެއިހުންނާ ފައިސާ ހުރުމުން ކުރެވިދާނެކަންކަން 1 ފަސް ވަނަ އަތްބަކު ޙޯދުން އެއީ ދީންވިއްކާ އިލްމުވެރިން ހުންނާނެ ގާސިމައްޓަކާ ފޮރުވާފަހުންނަ ރަނގަޅުހަދީސްކޮޅުކޮޅު އެފަދަވަގުތަކުގައި ބޭނުންކޮއްލަން ހަތަރެސްފައި އަދި ހެދުމުގެބޭރުންފެންނަހުރިހާތަނެށްފެނނަންހުރެމެ ނުކުޅެދޭ އިލްމުވެރި ގޮތްކުނޑަ ސޭކުންނޭ ކަލޭމެންތިޔަތިބެނީ އަނެއްކާހަމައިގަބާވަޔޭ ބައެށްފަހަރުހިތަންއަރާ ކިހާބޮނޑުބަލާއެއްތަ މިޅާމެނާހެދި_ކަލޭމެން ލަދުގަނޭތަ ކިޔޭއެއްޗަކާ ނުކިޔޭއެއްޗެށް އެގޭތަ

  2. އަލްހާނު Reply

    June 4, 2012 at 6:44 pm

    މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުމެކޭ މިކަލޭގެއަށް ސިޔާސީ ލީޑަރކަން ދިނުމެކޭ ތަފާތެއް ނެތް! ބަޣާވާތް ދިފާޢުކުރޭހާ ޤާބިލުކަން ނެތް މީހަކު ކިހިނެއް ޤައުމެއްގެ ވެރިކަންކުރާނީ! ބޭފުޅާ ދެންވެސް ވިސްނައިގެން ވާހަކަ ދައްކައްކާތި! އަހަރެމެންނަށްވެސް ހިފަހައްޓާލެވޭނީ ވަކިވަރަކަށް!

  3. ޑީޑީ Reply

    June 4, 2012 at 5:48 pm

    ބަލަ ގާސިމޫ ކީކޭ ތިޔާބުނީ! ބާޣީވަހީދު ގާތު ވިސްނައިގެން ވާހަކަ ދައްކަން ބުނިމީހާ ކީކޭ ތިޔާބުނީ! ބޯގޯސް ބާޣީ ބުރުމާ ކީކޭ ތިޔާބުނީ! ދެންބުނޭ އެދުވަހު އެކަމަށް އެމީހުންނަށް ހުރިހާ ޚަރަދެއް ކުރީ ތިމަންނައޭ! އެއީ ބަޣާވަތުގަ ބައިވެރިވުންކަމަށް ވާނަމަ ތިމަންނަވެސް އެކަމުގަ ބައިވެރިވަމޭ! ތިމަންނައަކީ ފަޚުރުވެރި ބާޣީއެކޭ!

  4. ދޮންކަމަނަ Reply

    June 4, 2012 at 1:19 pm

    ދިވެހިންގެ އުއްމީދަކީ ތިބަގާވާއި ކުރިމޭހުން ދިވެހިރައްޔަތުން ގެ ކުރިކުޑަކަކޫ ޖާޢްވާން އިރާދަކުރެއްވިއްޔާ ވަނެ އާމީން

  5. ޝާން Reply

    June 4, 2012 at 2:57 pm

    ބަޣާވަތް ކިޔަން އިނގޭތަ..؟؟ ތީބޮޑުވަރު ދޯ؟ ކޮންހާ ދޮގުތަކެއް ހަދާކައްތަ…..ކުރިވަރު ކުޑައީތަ؟

  6. ޝާން Reply

    June 4, 2012 at 2:59 pm

    ބަޣާވަތް ކިޔަން އިނގޭތަ..؟؟ ތީބޮޑުވަރު ދޯ؟ ކޮންހާ ދޮގުތަކެއް ހަދާކައްތަ…..ކުރިވަރު ކުޑައީތަ؟

  7. ޝިފާ Reply

    June 4, 2012 at 6:58 am

    މީހުން ބުނެއެއްނުން ނުމޮށޭގުރާ ބާރަށް ދައިގަންނާނެއޭ، މިފަހަރު ހަމައެކަނި ރައީސް ނަޝީދު ގައިގައެއް ނޫން މުޅި ޤައުމުގެ ގިނަ ރައްޔިތުންގެ ގައިގަ ދައިގަތީތާ، އެކަމަކު އެއީ ގުރައެއްނޫން ކާޅު ބައިގަނޑެއް، ގުރައެއް ނޫން

  8. ޝިފާ Reply

    June 4, 2012 at 6:54 am

    ޔާ ﷲ މިމުސީބާތުން އަޅަމެންގެ ޤައުުމު ސަލާމަތްކޮށްދެއްވާށި. އާމީން……

  9. މޫސާ Reply

    June 4, 2012 at 5:52 am

    ބަލަގަ ކުނިވަސް ދުވަާ ގޮނޑެއްގެމަތި ފޮރުވަން ކިތަންމެ ވަރަކަށް ސަތަރިއަޅައި ގެން އުޅުނަސް އެވަސްގަޑު ނުފިލާނެއެވެ. ގިނަދުވަސްވާ ވަރަކަށް ވަސް ވާނީ ގަދައެވެ. ގިތެޔޮ ގުޅިން ވަސް ފިލާތަ؟ އެހެންވީމާ ދަތްއުފުރާ ދީދީ އާއި ފުޅައް މަތިން ފުންމާ އަލްހާނު އަދިވެސް ތިބަޢާވާތް ގެނައި އެންމެހާ ސިޔާސީ މީހުންނާ ސިޔާސީ ޝޭޚުން ކިތަންމެ ވަރަކަށް ބަޢާވާތެއް ނޫން ކަމަށް ހަދަން އުޅުނަސް އެކަމެއް ނުވާނެއެވެ.

  10. މީނާ /03 ޖޫން 2012 23:36 Reply

    June 3, 2012 at 7:36 pm

    ބާގީ ގާސިމް އަކީ މިގައުމުގެ ހާލާކު މީނާމި ގައުމުން ބޭރުކުރޭ އޭރުން މިގައުމު ހަމައަކަށް އެޅޭނީ ( ވަކިވެލީ )

  11. މީނާ /03 ޖޫން 2012 23:36 Reply

    June 3, 2012 at 7:37 pm

    ބާގީ ގާސިމް އަކީ މިގައުމުގެ ހާލާކު މީނާމި ގައުމުން ބޭރުކުރޭ އޭރުން މިގައުމު ހަމައަކަށް އެޅޭނީ ( ވަކިވެލީ )

  12. މުހައްމަދު Reply

    June 4, 2012 at 12:05 am

    ގާސިމް މިގައުމުން އެއްގޮތަކަށްވެސް ބޭރުކޮށްގެންނުވާނެ. އޭނަ ޖެހޭނީ އުސްފަސްގަނޑާއި ދިމާލުން ކަނޑުފައްތަން. މީނަދެން ވެރިކަން ކުރެވޭނީ ހިތާމިއުޅެނީ އަތަށް 2 ފޮތި ލާރި އަރާއިރަށް މިހީވަނީ މަވަރެއް ނެތޭ. ބަލަގަ ތިޔައީ ކަލޭގެ މޮޅުކަމަކުން ހޯދިފައި ހުރިލާރި އެއްނޫނޭ. ތިޔައީ ކަލޭކައިރީގައި ތިބި ޚިދުމަތްތެރި ތެދުވެރިބައެއްގެ މަސައްކަތުން ލިބުނު މުއްސަނދިކަން. ކަލެއާއި ހުރެ ނޫންނަމަ ތިޔަށްވުރެ ގިނަލާރި އެމީހހުން ކަލެއަށް ހޯދައިދިނީސް.
    ދެން މިއަލްހާނު އާއި ޑީޑީވަރުގެ ހަޔާތްކުޑަ ޚިޔާނާތްތެރި 2 މީހަކު މިގައުމުގައި ނުއުފެދޭ. މިމީހުން ރިޝްވަތު ކައިގެން ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް ގުޅާފަ ބުނީ އަންނި އިސްތިޢުފާދިނީ ރަގަޅަށޭ. ބާގީންގެ ބޭނުމަކަށް ވެފައި އޮތީ މި2 މީޙުންލައްވާ ޕާޓީބައިބައިކޮށްލުން. މާތް ﷲ މިގައުމު މިކަހަލަ މީހުންގެ ފިތުނައިން ސަލާމަތްކޮށް ދެއްވާށި އާމީން.

  13. ދުރުވިސްނޭ Reply

    June 4, 2012 at 4:24 am

    ބަޣާވަތް ކުރި މީހުން ޖަލަށް ލަނީ ކާކު ؟ މިރާއްޖޭގެ ކޯޓަކުން ތިހުކުމެއް ދުވަހަކުވެސް < މައިމޫން > ދުނިޔޭގަހުއްޓާ ނުލިބޭނެ އޭނަ މަރާލާ އޭރުން ތިކަން ވެދާނެ

  14. ދަގަނޑުދަހަނާ Reply

    June 4, 2012 at 4:47 am

    އަދި މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ހެކިވާނެ ކެނެރީގެ ބުއްޅަހޮއްކޮ އާއިލާއަކީ ބާޣީ އާއިލާއެއްކަން، ހަމައެކަނި އެކަން އޮޅިފައި އޮންނަނީ ހަކުރު ތަކުރުންނަށް. ގާސިމްއަށްވެސް ބުނެވުނީ ރަގަޅަށް އެބަޣާވާތުގެ މުގުލުގައިހުރީ ރައީސް ނަޝީދު އޭނާ ބޭނުންވިގޮތަށް އެކަން ނުހިނގީ އޭނާއަށްވުރެން ﷲ ގެ ކުޅަދުންވަންތަކަން މާފުރިހަމަ. ދެން ފަޓާސް ޖަހާބަލަ ބުއްޅަބެ

  15. މޫސާ Reply

    June 4, 2012 at 5:51 am

    ބަލަގަ ކުނިވަސް ދުވަާ ގޮނޑެއްގެމަތި ފޮރުވަން ކިތަންމެ ވަރަކަށް ސަތަރިއަޅައި ގެން އުޅުނަސް އެވަސްގަޑު ނުފިލާނެއެވެ. ގިނަދުވަސްވާ ވަރަކަށް ވަސް ވާނީ ގަދައެވެ. ގިތެޔޮ ގުޅިން ވަސް ފިލާތަ؟ އެހެންވީމާ ދަތްއުފުރާ ދީދީ އާއި ފުޅައް މަތިން ފުންމާ އަލްހާނު އަދިވެސް ތިބަޢާވާތް ގެނައި އެންމެހާ ސިޔާސީ މީހުންނާ ސިޔާސީ ޝޭޚުން ކިތަންމެ ވަރަކަށް ބަޢާވާތެއް ނޫން ކަމަށް ހަދަން އުޅުނަސް އެކަމެއް ނުވާނެއެވެ.

  16. ރަޝީދު ބުރުމާ ރިސޯޓެއްގެ Reply

    June 3, 2012 at 7:13 pm

    ބަޤާވާތްކުރި ފުލުހުންނަށް ކާންދީ ބޯންދީ ހެދީ ތި ގަމާރު ގާސިމް ތިކަލޭގެ ތީ މައުމޫނު ސަރުކާރުގައި މާސިޔާސީ ވެގެން އުޅެނިކޮށް އޯގަސްޓް12 ،13 ދުވަސްކޮޅު ދޫނިދުގައި ހައްޔަރުކުރުމުން ހާޓްޕޭޝަންޓެކޭ ކިޔާފަ ދެވަނަ އަށް ވީ ދުވަހު ކަލޭގެ މާލެގެނެސް އައި.ޖީއެމް ހޮސްޕިޓަލް ކޮޓަރިއެއްގައި ވެންޓިލޭޝަން ގުޅާފައި ބޭއްވި ހަދާން ވޭތަ . އަންނި މެން ގޮޅީގައި ހޭދަކޮށްލިޔަސް ބުރުމާ ޤާސިމް 03 ދުވަސް ތެރޭ ފިޓަށް ދާނެ ކަލޯގެ ގައިގާ ހިތްވަރެއް ނެތޭ އެކަމަކުވެސް ބުރުމާ މިބަޤާވާތް މައްސަލަ ތަޙްޤީޤުކުރުމަށް ފަހު އުމުރަށް ޖަލުގަ ކުޑަގޮޅީގައި އޮންނަށް ޖެހޭ ދުވަސް ދެން މިދަނީ ކައިރިވަމުން.

  17. ޖައުހަރީ Reply

    June 3, 2012 at 4:28 pm

    ލައުރާ ލައުރާ ވަންސަގޭން މައިލައުރާ އައިޑޯންނީޑް އެނީލޭޑީ އައިނީޑް އޮންލިޔޫ އަތްޗި ބުރިމާ ކިޔާއެއްޗެހި ވެރިކަންރަނގަޅައް ކަލޭކުރިޔަދޭނަމޭ ޖަލުގައުމުރު އޮންނަންޖެހުނަސް ކަލޭ ވެރިކަމުގަ ހުއްޓަކަނުދޭނަން ސްޓާފުންނައް މުސާރަދީބަލަ ކަލޭގެއުމުރުހުސް ނުވަނީސް

  18. ސީމާ Reply

    June 3, 2012 at 4:45 pm

    ބާގީ ގާސިމް އަކީ ބޯހަމަނުޖެހޭ މީހެއް!!!!!

  19. އުމަރު Reply

    June 3, 2012 at 3:55 pm

    ކީއްތޯކުރާނީ މީ މިމީހުންގެ ޙާލަކީ… ބަޣާވާތްކުރިދުވަހު ފުލުސް އޮފީހުގެ މީޓިންގ ރޫމުގަ ރޮމުންރޮމުންގޮވީ، ނަސީބެއްނޫންހޭ މިލިޓަރީ ޓޭކްއޯވަރ ނުކުރަނިސް އިސްތިޢުފާ ދިންކަން. މިހާރު އެބުނީ، ފެބްރުއަރީ 7 ވަނަ ދުވަހު ސިފައިންނާއި ފުލުހުން ވަކި ހިސާބަކުން ރައީސް ނަޝީދުގެ އަމުރަށް ކިޔަމަން ނުވީ ކަމަށާއި އެއީ ބަޣާވަތަށް ވަންޏާ އެއީ ބަޣާވަތެއް ކަމަށް. ގާސީމް އިބްރާހިމްގެ ވާހަކައިން ހީވަނީ ޤާސިމް ބޯދަމައިގަންފަ، ސިފައިންނާ ފުލުހުން މިކަމުގައި ބައްދަންއުޅޭހެން.

  20. ހަގީގަތް Reply

    June 3, 2012 at 6:03 pm

    މިގައުމުންބާކީވީ 3މީހުން މިގުޅުނީ ބާކީޅަތުއްތު ޕާޓީއާ
    ބާކީޅަތުއްތުއަށް ބަލަދުއެރި3 މީހުން ތިޔަތިންމީހުންނައް ކާންދީ އަންނައުނުދީ ގެކުލިދީ ކަރަންޓުބިލުދީ ފޯނު ބިލުދީ ބޭސްފަރުވާކޮއްދީ އުފަންދަރިންނައްޙަރަދުކުރާ އުސޫލުން ތިއަ 3 މީހުންނައްޙަރަދުކޮށް އަދިނިވި ތާކައް އެމީހުންގެ އަބިންނާއި ދަރިންނައްވެސް ޙަރަދުކުރަ ންޖެހޭނެ ކަމީޝައްކެއް އޮތްކަމެއްނޫން މުޖުތަމައުންބާކީވެފަތިބި 3 މީހުންގެފަރާތުން އިތުރައްލިބޭނެ އެއްމެވޯޓެއްވެސްނޮއޮންނާނެ ތިމީހުންނަކީ އަބަދުވެސް ލާރިފަހާދުވާމީހުން ދެން ބާކީ ޅަތުއްތުއައްވެރިކަންލިބެންއޮތީ ބަޙާވާތްކޮއްގެންނެވެ.އާޅުގަނޑުމެން އިންތިޒާރުމިކުރަނީ ބަޙާވާތުގެ ޝަރީއަތްނިމޭނެދުވަހަކައް!

  21. ހަގީގަތް Reply

    June 3, 2012 at 5:56 pm

    މިގައުމުންބާކީވީ 3މީހުން މިގުޅުނީ ބާކީޅަތުއްތު ޕާޓީއާ
    ބާކީޅަތުއްތުއަށް ބަލަދުއެރި3 މީހުން ތިޔަތިންމީހުންނައް ކާންދީ އަންނައުނުދީ ގެކުލިދީ ކަރަންޓުބިލުދީ ފޯނު ބިލުދީ ބޭސްފަރުވާކޮއްދީ އުފަންދަރިންނައްޙަރަދުކުރާ އުސޫލުން ތިއަ 3 މީހުންނައްޙަރަދުކޮށް އަދިނިވި ތާކައް އެމީހުންގެ އަބިންނާއި ދަރިންނައްވެސް ޙަރަދުކުރަ ންޖެހޭނެ ކަމީޝައްކެއް އޮތްކަމެއްނޫން މުޖުތަމައުންބާކީވެފަތިބި 3 މީހުންގެފަރާތުން އިތުރައްލިބޭނެ އެއްމެވޯޓެއްވެސްނޮއޮންނާނެ ތިމީހުންނަކީ އަބަދުވެސް ލާރިފަހާދުވާމީހުން ދެން ބާކީ ޅަތުއްތުއައްވެރިކަންލިބެންއޮތީ ބަޙާވާތްކޮއްގެންނެވެ.އާޅުގަނޑުމެން އިންތިޒާރުމިކުރަނީ ބަޙާވާތުގެ ޝަރީއަތްނިމޭނެދުވަހަކައް!

  22. ބުރުމާ ގާސިމު Reply

    June 3, 2012 at 6:54 pm

    މަވެސް ރާއްޖޭގެ ވެރިކަން ކުރާނަން ބަލަން ތިބޭތި އަލީ ސާކިރު ތިޔަބުނީ ދޮގު ވާހަކައެއް ދޭންޖެހޭ އެއްޗެއް އޮންނާނީ ދީފަ އަދިވެސް ގަންނާނަން ދެންލަލަލާ

  23. ރަޝީދު ބުރުމާ ރިސޯޓެއްގެ Reply

    June 3, 2012 at 7:11 pm

    ބަޤާވާތްކުރި ފުލުހުންނަށް ކާންދީ ބޯންދީ ހެދީ ތި ގަމާރު ގާސިމް ތިކަލޭގެ ތީ މައުމޫނު ސަރުކާރުގައި މާސިޔާސީ ވެގެން އުޅެނިކޮށް އޯގަސްޓް12 ،13 ދުވަސްކޮޅު ދޫނިދުގައި ހައްޔަރުކުރުމުން ހާޓްޕޭޝަންޓެކޭ ކިޔާފަ ދެވަނަ އަށް ވީ ދުވަހު ކަލޭގެ މާލެގެނެސް އައި.ޖީއެމް ހޮސްޕިޓަލް ކޮޓަރިއެއްގައި ވެންޓިލޭޝަން ގުޅާފައި ބޭއްވި ހަދާން ވޭތަ . އަންނި މެން ގޮޅީގައި ހޭދަކޮށްލިޔަސް ބުރުމާ ޤާސިމް 03 ދުވަސް ތެރޭ ފިޓަށް ދާނެ ކަލޯގެ ގައިގާ ހިތްވަރެއް ނެތޭ އެކަމަކުވެސް ބުރުމާ މިބަޤާވާތް މައްސަލަ ތަޙްޤީޤުކުރުމަށް ފަހު އުމުރަށް ޖަލުގަ ކުޑަގޮޅީގައި އޮންނަށް ޖެހޭ ދުވަސް ދެން މިދަނީ ކައިރިވަމުން.

  24. ަސޮރު Reply

    June 3, 2012 at 3:32 pm

    މަ ވަހީދު

  25. ސީމާ Reply

    June 3, 2012 at 4:49 pm

    ބާގީ ގާސިމް އަކީ ބޯހަމަނުޖެހޭ މީހެއް!!!!!

  26. ޝާން Reply

    June 3, 2012 at 5:51 pm

    މަހީކުރީ ތަތުގެ ޑޮކްޓަރ ޑީޑީ ދާނީ ޕީޕީއެމް އަށް ކަމަށް އެހެނީ މައިމޫނު ވިއްޔާ ދަތްޖަހަން ޖެހޭ މީހަކަށް ހުރީ

  27. އަލީސާކިރު Reply

    June 3, 2012 at 1:08 pm

    އަަަޅިހާނު އަދިޑީޑީ ނެތަސްމިއޮޑިޔެއް ނުފެތޭނެ މިއޮޑިމިގޮތައް ދުވަނިކޮން އައި ދެ ފަޅުވެރިން ތިއީ ގާސިމުބޮލައް ޗިޕުޖަހާލާފަ ލާރިގަނޑު ދަމާލާ ވަރައް ފަސޭހަ ވާނެހައްދަން ވެރިކަންލިބޭނެޔާ ކީވަރަކައް ލިބޭނެ ޓުވެރިޒަމުގެ މަސަތްކަތްކުރާ ކޮންމެ މުވައް ޒަފަކައް ދިހަހާސް ދޭންބުނާ މެނިފެސްތޓޯއެއް އިއުލާނު ނުކުރާ ޕާޓީޔަކައް މިފަހަރު ނޯވޯޓު މިދާއިރާގެ އެކަކުވެސް

  28. އަލީ Reply

    June 3, 2012 at 1:24 pm

    ބުރިކަޅުވަހީދު ފެނުނަސް ހޮޑުލަވާ މަކަރުވެރިހިޔަޅެއް އެއީ ކަރުކުރުކަޅުކާޅުވަހީދު ބުރިކަޅުކަޅުކާޅުވަހީދު ގާސިމަކައް އޭނަގެރިސޯޓުންވެސްތާއީދެއްނެތް މުސާރަވެސް މަސްހުސްވާއިރުނުދެވޭ ސާވިސްޗާޖުގެބޮޑުބައި ކާލާމީހެއް ބޮޑުވަގެއް އަސާސީ ނޭނގޭ ހިނައިގަންނައްވެސް ނޭނގޭނެ އަދިވެސް ވެރިކަންކުރަން މަގޭމުއްސަނދިވީ މަގޭ މޮޅުކަމުން ހެއް ހެއް ހޭ

  29. ނާޝިދު Reply

    June 3, 2012 at 2:00 pm

    ބަޣާވާތަކީ ކޮންއެއްޗެއްކަން ނޭނގޭވަރުގެ ގަމާރަކު ސިޔާސީ ދާއިރާގައި އުޅޭތީ ވަރަށް ދެރަވެ ލަދުގަންނަން. ގްރޭޑް12ގެ އިސްލާމް ފޮތުގަ އޮންނާނެ ބަޣާވާތަކީ ކޮބައިކަން ވަރަށް ސާފުކޮށް ބުނެދީފަ. އެހެންވީމާ، އަމިއްލައަށް ކިޔަންނޭނގޭނަމަ، އެނގޭމީހަކު ލައްވާ ކިޔުއްވައިގެން ދަސްކުރުމަށް ޤާސިމް އިބްރާހީމްއަށް ގޮވާލަން…..

  30. ގަނީ Reply

    August 1, 2012 at 12:27 am

    ބަލަބަލަ

  31. މޫނި Reply

    August 14, 2012 at 2:12 am

    ގާސިމަކީ ވަރަށް ގަމާރުމީހެއް. ވެރިކަމާހެދީ ހޭބަލިވިޔަސް ގާސިމަށް ވޯޓުދޭނެމީހަކުނުހުންނާނެ. ކަލެއަކަށް މާތްﷲ ވެރިކަމެއް ނުދެއްވާނެ. ރައްޔިތުންނަށްއެނގޭ ވަރަށްރަނގަޅަށް ކަލޭތީ ކޮންފެންވަރެއްގެ މީހެއްކަން. ދެނެއް ސަލާމަތެއްނުވެވޭނެ…..ތިއޮތީބަގާވަތްކޮށްފަ. ދެނެއްނުބެޗޭނެ.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>