ޑިފެންސް މިނިސްޓްރީ ވެބްސައިޓު އަލް ބުލޮގު ވަލް ނާޒިމް

28 މޭއި 2012 14:24 | 9 ކޮމެންޓް

 

ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓަށް ބަލާއިރު އެއީ ބާޣީ ނާޒިމްގެ އަމިއްލަ ވެބްސައިޓެއްތޯ ސުވާލު އުފެދޭ ދަރަޖައަށް ކަންތައްތައް ކޮށްފިއެވެ. ވެބްސައިޓަށް ވަންނައިރު ފުރަތަމަވެސް ފެންނާނީ ހޭންޑްސަމް އެކްޓަރ ނާޒިމް ބޯއި ކުޅެފައިވާ ފޮޓޯ ޝޫޓުތަކުގެ ސްލައިޑް ޝޯއެކެވެ. ކަނާތް ފަރާތުން ފެންނަނީ ނާޒިމުސޯ ގ ޓްވިޓަރ އެކައުންޓް އިސްތިހާރު ކޮށްފައިވާތަނާއި ނާޒިމު ސޯގެ ފޭސްބުކް އެކައުންޓް އިސްތިހާރު ކޮށްފައިވާ ތަނެވެ. އެހެންޏާފަހެ ނާޒިމްސޯއަކީ ބާގީވުޑުގައި އުފެއްދި އެންމެ ކާމިޔާބު ފިލްމު ’7 ފެބްރިއަރީ’ ގެ ކޯ ސްޓާރެއް ވިއްޔާއެވެ. ޚަބަރު ލިބޭގޮތުގައި ބާގީވުޑްގެ ސްޓާރުން ކަމަށްވާ ނާޒިމްސޯ އަދި ރިޔާޒުސޯ ދަނީ ހޮލީވުޑް ފިލްމުތަކުގެ ނުބައިބައި ކުޅޭ މީހުންނަށްވެސް ގޮން ޖަހަމުންނެވެ. ބާގީވުޑްގެ ސްޓާރު ނާޒިމްސޯ ގެ ފޭނުން އޭނާގެ ވެބްސައިޓް WWW.DEFENCE.GOV.MV އަށް ޒިޔާރަތްކޮށް، އޭނާ ކުޅެ ފިލްމުތަކުގެ ޓްރެއިލަރ ތަކާއި، އޭނާ ބައިވެރިވާ ކޮންސަރޓް ތަކުގެ ފޮޓޯތަކާއި އޭނާގެ އަމިއްލަ ސޯޝަލް ނެޓްވޯކްތަކާއި މިނޫނަސް ތަފާތު މުނިފޫހި ފިލުވުމުގެ މަޢުލޫމާތު ބައްލަވާށެވެ.

9 ކިޔުންތެރިންގެ ޚިޔާލު

  1. ޢަލްމާން Reply

    May 30, 2012 at 7:29 am

    ބަޣާވަތްކޮށް ވެރިކަމާޙަވާލުވުމުގެ ދެމަސްކުރިން އަންހެނުންގެ އަންހެން ކޮށްކޮޮޮޮޮގަޔަށް މިނާޒިމުއެރި މައްސަލަ ވަނީ ޕޮލިހަށް ރިޕޯޓްކޮށްފައި(.) މިޙަޤީޤަތް ދެންހާމަކުރާނީކާކު؟

  2. naaxim Reply

    May 29, 2012 at 8:28 pm

    GAA NOONEE( tharujamaa.)raiyithun nah othee dhegotheve.. gaa ukun nuvatha eburi dhiun yaunee baageen naai ruheynama eburihigaidhaasheve. nuruheynama baageen naa dhekolhah gaa ukumugai dhemi thibeysheve .

  3. ނާޒިމް Reply

    May 29, 2012 at 6:30 pm

    “މަސްއޮޑި” ބަހާލީމާ ކޮންމެފަޅުވެރިޔަކުވެސް އެމީހަކަށް ލިބުނުބަޔައް ހަދާނީ އެމީހަކު ހަދާނެ ގޮތެއް. އެކަމާކުރާނެކަމެއް މިހާރަކު އަދި ފެނިއެއްނެތް. މިވަގުތައް ޝުކުރުކޮއްލައިގެން ތިބުންނޫންގޮތެއް ނުފެނޭ.

  4. ކާސިމްބެ Reply

    May 28, 2012 at 7:40 pm

    ނާޒިމަކީ ވަކިދީނަކަށް ވަރަށްލޯބިކުރާމީހެއްކަން އެނގޭ. އަޅުގަނޑަށް އެކަން އެނގުނީ 7ފެބްރުއަރީގައި. އޭނައުޅުނު ހަޑިހުތުރުގޮތެއްދޯ. ގާނޫނެއްގަވައިދެއް އޭނަގެކުރިމަތީގައި އެދުވަހަކުނެތް. ދެންކޮންގޮތެއްތޯއެމީހުންގެ ހުންނާނީ. ރައްޔިތުން ހާދަ މޮޔައޭދޯ؟ ރައްޔިތުންނަށް ރަނގަޅަކަށޭކިޔާފަ ރިޔާޒުރަޝީދުމެން އެތިބީ، ރައްޔިތުންގެ 19މިލިޔަން ރުފިޔާހިފައިގެން.

  5. އަލީ Reply

    May 28, 2012 at 11:13 am

    އާން ތިޔައީ ހަމަ އޮމްރިޝްޕޫރީ އާއި ގައްބަރޭއާ ދެމީހުންގެ ދެދަރިން އެހެންވީމާ ކުޅެކީ ނުބައިބައި ރޯލެއް ނޫންތޯ

  6. މަރޭ Reply

    May 28, 2012 at 11:59 am

    ހެހެހެ. ބާގީވުޑްގެ ޚަބަރުތައް ތާޒާކަމާއެކު ގެނެސްދޭތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!

  7. ބާޣީ ވަހީދު Reply

    May 28, 2012 at 12:38 pm

    މިވެބްސައިޓް ހިންގާ ބަޔަކަށް އިންޒާރު ކުރަން. ތިކުޅެނީ ލެއާ ކަން ހަނދާން ކުރާތި. ނަތީޖާ ރީއްޗެއް ނުވާނެ ކަން ހަނދާން ކުރާތި

  8. Ali Reply

    May 28, 2012 at 4:08 pm

    Lee Bo baagi

  9. ައަބްދު Reply

    November 8, 2012 at 12:50 am

    މީނަފެނުނަސް ވަރައްފޫހިވޭ. ރާއްޖޭގެ ރައިއްޔަތުންނަ މިގަރުނުގައި އެންމެ ބޮޑު އަނިދިން އެކަކައް މީނަނުވެ ނުދާނެ ކަމީ ޔަގީންކަމެއް.ބައާވާތްކުރި މީހުންގެ މައްޗައް އިންސާފުގެ ތިލަފަތުން ކިރާލެވޭނީކޮންދުވަހަކުންބާ..

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>