ބަޣާވަތް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނަށް އެމްޑީޕީއިން ހުށަހަޅާ ކޮންމެ ނަމެއް ކާޅު ވަހީދުގެ ސަރުކާރުން ދަނީ ބޭރުކުރަމުންނެވެ. މިމައްސަލާގެ އެއްފަރާތުގައި ބަޣާވަތުގެ ސަރުކާރު އޮތްއިރު މައްސަލަ ތަހުގީގު ކުރުމަށް އަމިއްލައަށް ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނަށް ބާޣީންނަށް ވަފާތެރި މީހުން އެކަނި ލައިގެން ތަހުގީގު ކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާއިރު ކާޅު ވަހީދުމެން މިދައްކާ ވާހަކައިގެ މާބޮޑު އުރައްޕެއް ހުރިކަމަކަށް ނުފެނެއެވެ.
އެބީދައިން އެކޮމިޝަނުގެ މެމްބަރެއްގެ ގައިހުރުމަށް ބާޣީ ސަރުކާރުންވަނީ ޝަރުތުތަކެއްވެސް އަމިއްލައަކަށް ކަނޑައަޅާފައެވެ. އެ ޝަރުތު ތަކުގެ ތެރޭގައި ޑިގްރީއެއް އޮތުމާއި މުޖުތަމަޢު ބަލައިގަންނަ މީހަކަށްވުން ހިމެނެއެވެ. މިކޮމިޝަނުގެ އިސް މީހަކަށް އިސްމާޢީލް ޝަފީޢު ހަމަ ޖެއްސިއިރު މީނާއަކީ މުޖުތަމަޢުން ކިހާވަރަކަށް ގަބޫލު ކުރާ މީހެއް ކަމާމެދުވެސް ސުވާލު އުފެދެއެވެ. ދިވެހި އެތަކެއް ރައްޔިތުންނަކަށް އަނިޔާކޮށް ލޭބޯލި މަދިރި މައުމޫނުގެ ވެރިކަމުގައި ހިންގި ބޮޑެތި އެތަކެއް ޖަރީމާތަކެއް ހިންގުމުގައި ޝަފީޢުވަނީ އަމަލީގޮތުން ބައިވެރިފައެވެ. އެއީ ހޯމް މިނިސްޓަރަކަށް އަދި ޑިފެންސް މިނިސްޓަރަކަށް ހުރެގެންނެވެ. އެކަމަކު މައްސަލައެއް ނެތެވެ. މުޖުތަޢުން ގަބޫލު ނުކުރިޔަސް ބާޣީން ގަބޫލު ކުރީމަ ނިމުނީއެވެ.
އެންމެ ފަހުން އެންޑީޕީއިން ކޮމިޝަނަށް ހުށަހެޅި ސިފައިންގެ އިސް ބޭފުޅެއް ކަމަށްވާ ލެފްޓިނަންޓް ކާނަލް ޒުބެއިރަކީ ޑިގްރީއެއް ނެތް ތަޢުލީމެއް ނެތް އަދި މުޖުތަމަޢުން ގަބޫލު ނުކުރާ ބޭފުޅެކޭ ބުނެ ބަހަނާ ދައްކައި ސަރުކާރުންވަނީ އެނަން ގަބޫލުނުކޮށްފައެވެ.
ބާޢީ ސަރުކާރުން ލެފްޓިނަންޓް ކާނަލް ޒުބެއިރަކީ ތަޢުލީމެއް ނެތް މީހެކޭ ބުނުމާ ގުޅިގެން ސިފައިންގެ ތެރޭގައި ގިނަ ބަޔަކު ބާޣީ ވަހީދާމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން އެބަދެއެވެ. ވަހީދު ސަރުކާރުގެ މިނިންމުން އައިގޮތާއި ގުޅިގެން ހިތްހަމަނުޖެހޭ އޮފިސަރުން ހާމަކުރާގޮތުގައި ސަރުކާރުގެ މިނިންމުމުގެ ދެވޭ މެސެޖަކީ ސިފައިންނާމެދު ބާޣީ ސަރުކާރުން ދެކެނީ އެއްވެސް ތާކުންކުރެ ތާކު ނުޖެހޭ ބީތާއިން ތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ތަޢުލީމީ ޤާބިލު މީހަކަށް ވާން ކޮންމެ މީހެއްގެ ނަމުގެ ކުރިއަށް ޑރ. އަންނަން ނުޖެހޭ ކަމަށްވެސް އެމީހުން ބުނެއެވެ. ޑިގްރީޢެއް ހާސިލު ކުރުމަށްވުރެ އުނދަގޫ އަދި ބުރަ ތަމްރީނުތަކެއް ހަދާފައިވާ އަދި އެތަކެއް އަހަރުތަކެއް ވަންދެން އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ޤައުމަށް ޚިދުމަތް ކުރުމުގައި ދެމިތިބި ގިނަ އަދަދެއްގެ ސިފައިންނެއްގެ އަގު ސަރުކާރުން ވައްޓާލާފައިވާ ކަމަށްވެސް އެމީހުން ބުނެއެވެ.
މިސަރުކާރަކީ ތަޢުލީމީ މީހުން ގިނަ ސަރުކާރެކޭ ބުނެ ދަޢުވާ ކޮށް ހަދާއިރު އެއީ ހަމައެކަނި ރައްޔިތުން އޮޅުވާލުމަށްޓަކައި ދައްކާ ވާހަކަތަކެއް ކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ. އެގޮތުން ރާއްޖޭގެ އެންމެ މުހިއްމު މިނިސްޓްރީތަކުގެ ތެރޭގައި ހިމެނޭ ޓޫރިޒަމް މިނިސްޓްރީ ހަވާލުކޮށްފައިވަނީ ތަޖުރިބާއެއް ނެތް އަދި އިޤްތިސާދީ މީހަކަށް އަމިއްލައަށް ވެގަނެގެން އުޅޭ ރޯނުއެދުރު އަދީބާއެވެ. ހޯމް މިނިސްޓަރުކަން ހަވާލު ކޮށްފައިވާ ޑރ. ޖަމީލަކީ އެނާ އުފަންވި ފުވައްމުލަކުން ގަބޫލު ނުކުރާ އަދި އެތަކެއް އަންހެނުނާއި ނަހަމަ ގޮތުގައި ގުޅުން ބާއްވާ މީހެކެވެ. އިސްލާމިކް މިނިސްޓްރީ ހަވާލުކޮށްފައިވާ ޝަހީމަކީ އެތަކެއް އަންހެނުން ކުދިންނަކާއި ގުޅުން ބޭއްވުމަށް މަސައްކަތް ކުރާ އަދި މިނިސްޓަރު ކަމުގައި ހުރެގެން ޒަކާތު ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކޮރޮޕް މީހެކެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފައިވާ ދުންޔާ މައުމޫނަކީ ސިއްރުން ވައިން ހިއްޕަވާ ކަނބުލޮއެކެވެ. އިމިގްރޭޝަން މިހާތަނަށް ހަވާލުކޮށްފައި ހުރި އިލްޔާސްގެ ވާހަކަ އިތުރަށް ދެއްކުމުގެ ބޭނުމެއް ނެތެވެ. ފިޝަރީން މިނިސްޓްރީގެ ނައިބުކަން ދީފައިވާ ސޯލިހަކީ ތަޢުލީމީ ފެންވަރެއްނެތް އަދި އާއްމު ތަންތަނާއި ތަކެއްޗަށް ހަމަލާ ދީފައިވާ ސޯލިހެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ސްޓޭޓް މިނިސްޓަރު ލެވެލްގައި ހަމަޖައްސާފައިވާ ބޮނޑިބަތް ޖަމީލުގެ ބެސްޓް ފްރެންޑް މަނިކަކީ އިނގިރޭސިވިލާތުގައި ވަގު ވިސާއެއްގައި އުޅެ ވަގު މާސްޓަރސް ސެޓިފިކެޓެއް ހަދައިގެން ހުރި ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގޭ މީހެކެވެ. މިކަހަލަ އެތަކެއް މިސާލުތަކެކެވެ.
ވީއިރު މާތޯހިރު ތަޢުލީމީ ހެޔޮލަފާ ބަޔަކަށް ވެގަނެގެން ނޭޝަނަލް އެންކުއަރީ ކޮމިޝަނަށް އެމްޑީޕީއިން ފޮނުވާ ނަންތައް އެޔެކޭ މިޔެކޭ ކިޔައި ބޮލާލާ މިޖަހަނީ އެ ކޮމިޝަން މިނިވަންވެ މިބައިގަނޑު ބޭޒާރުވެދާނެތީ އެކަމާ ގަންނާ ކުރައްވާ ބިރަކުން ނޫނީ ވަކި ކީއްވެތޯއެވެ.
އަލީ
June 2, 2012 at 5:47 pm
ތިޔަސިފައިންނާއި ކޮންޑަމްފޯސްއަކީ މިގައުމައް ހަރާންކޯރުވި ބައިގަނޑެއް މަގޭގައިގަ ޖަހާފިނަމަ ދޮޅިއަޅާލާނަން އެމީހަކު ހޯދާފަ މުޒާހަރާނުކުރާށޭ ކާޅުވަހީދު މިކިޔަނީ ގޮތްހުސްވީތަ
ޝައުކަތު
May 28, 2012 at 9:17 pm
އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުރި، ތ.ގުރައިދޫގެ ބޮޑު ފިރިހެންކުޅި ހުސެންމަނިކު އަކީ ކޮންތަނަކުން ކިޔެވި މީހެއްތޯ؟
މޯކު. ރާޖާ
May 28, 2012 at 8:21 pm
އަދީބުމެން ދައްކާވާހަކައިން އަހަރެމެންނަށް އެނގޭ ފެންވަރުދަށްކަން. ނަމަވެސް ނުލަފާ ކެރޭމީހުންނަށް ކަންތައްވާ ޒަމާނަށްވާތީ އޭނަވެސް ހިތުހުރިވާހައެއްދެއްކީ. އެގޮތަށް އަނގަތަޅުވާލީމާ އާއްމުރައްޔިތުންނަށް ހީވާނެ މިއީ ހާދަމޮޅުމީހެކޭ. އަދީބަށް އެއްޗެއްނޭނގުނަސް އޭތިމީތިކިޔައިގެން އަނގަތަޅުވައިގެން ނާޖާއިޒުފައިދާނެގީ. ނިހާނުމެންވެސް ކިޔާނެ ބައެއްފަހަރު އެވެނި ފެލޯސަފަރަކު ލިއުއްވާފަ އެބައޮތޭ މިހެން. މކިވެނިމީހަކު ލިޔެފަ އެބިއޮތޭ މިވެނިހެން. މހެންބުނާއިރު މި ނިހާނަކީ، ދުވަހަކު ފޮތެއްކިޔާމީހެއްވެސްނޫން. ހަމައެހެން ހުސްއަނގަ ތަޅަމުންދުވާމީހެއް. މި ޝަހީމަކީވެސް ހަމަ އެކަހަލައިންސާނެއް. އެކެއްގެމުޅަމަސްކައިފަ، އަނެކެއްގެ މުޅަމަސްކަމުން ދުވާއިންސާނެއް. ދެން ނީނޭކިޔައިގެން ކޮންވާކައެއްމިދައްކަނީ.
Ali
May 28, 2012 at 4:04 pm
Ok then go ahed
ވީ ލަވް އަންނި
May 28, 2012 at 9:37 am
ސަމާލް!!!!!!!!!!!!!!!!!!!!!!!!!!!!!!
އައްޑޫ ކޮނވެންޝަން ސެންޓަރުގެ ސެކިއުރިޓީ ކެމެރާ ތައް ގުޅާފައި ހުންނަ ސީޕީޔޫ ތަކުގެ އެތެރޭގައި ހުރި އެއްޗެތި ކޮޅާލައިފި!!!!! މިކަން ކުރި ބަޔަކީ އެތަނުގެ ސެކިޔުރިޓީ ބަލަހައްޓަން ތިބޭ ބާޢީ ސަރުކާރުގެ މެރިންކޯ ސިފައިން ކަމަށް ވަނީ… އެމީހުންނަށް ލަވަ ހަދައިގެން މިހާރު ބެރެކްސް ތެރޭގައި ކިޔަމުން ދާކަމަށް ޚަބަރު ލިބޭ!
މުހައްމަދު
May 27, 2012 at 9:04 pm
މިހާރު ދެން ސަފީޢު އަތުގައި ޑިގްރީ އެއް އޮތްތޯބަލަން ޖެހިއްޖެއެވެ. ރައީސް ނަޝީދުގެ ފަރާތުން ކޮމިޝަނަށް އައްޔަން ކުރާމީހަކު ޖެހޭނީ ބަލައިގަންނާށެވެ. އެމީހަކަށް ލިޔަން ނޭގުމުން ގެއްލުންވާނީ ރައީސް ނަޝީދަށާއި ދިވެހިރާއްޖެ ބަޣާވަތުން ސަލާމަތްކުރަން ބޭނުންވާމީހުންނަށެވެ. މިހާރު ސަރުކާރު ގައިތިބި ބަޔަކަށް ވާނެގެއްލުމެއް ނޯންނާނެއެވެ.
ދެން ތިބުނުއްވަނީ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރއަށް މީހަކު ލީވާހަކައެވެ. މިއީ ފާރަލާން ޖެހޭ ތަނެކެވެ. އެއީ ބާޣީވަހީދުގެ ޅިޔަނު އެތާގައި ކޮށްފައިވާ ކަންތައް މަތިއަޅާށެވެ. އެތަނުގައި އޭނަ ހުރިއިރު މޯވޭއަށް 15 ނުވަތަ 16 މިލިޔަން ރުފިޔާގެ ނުކުރާމަސައްކަތަކަށް ދީފައިވެއެވެ. އަނެއް 18 މިލިޔަނެއް ނުދެވުނީއެވެ. މިއީ ބަލަން ޖެހޭ މައްސަލައެކެވެ.
އައިޝް
May 27, 2012 at 6:01 pm
ސިފައިންގެ ކަންތައް އެންގޭ، އެމީހުންގެ ވާޖިބުތަކާއި މައްސޫލިއްޔަތުތައް އަދި ހުވައާއި، ކޯޑް އޮފް އެތިކްސް، ރޫލް އޮފް އެންގޭޖްމަންޓް އެނގޭމީހަކު ކަމަށްވާތީ ބިރުގަންނަނީ ތޯއްޗެއް. މި އެއްޗިއްސަކަށް އަދި ބަދަލެއް ނާދޭ. ޝަފީގު އާއި މުޖުތަބާގެ އޮތީ ކޮން ޑިގްރީއެއްތޯ ސުވާލު އުފެދޭ.