ބޮޑު ޚަރަދު ތަކެއް ކޮށްގެން ބާޣީ ވަހީދު ހިފާފައިވާ ޕީ އާރ ކުންފުނިން ނެރުނު ނޫސްބަޔާން ތަކަކީ ދޮގު ވާހަކަ ތަކެއް ކަން ފަޅާއަރައިފި!

27 މޭއި 2012 16:01 | 0 ކޮމެންޓް

ބޮޑު ޚަރަދު ތަކެއް ކޮށްގެން ބާޣީ ވަހީދު ހިފާފައިވާ ޕީ އާރ ކުންފުނިން ނެރުނު ނޫސްބަޔާން ތަކަކީ ދޮގު ވާހަކަ ތަކެއް ކަން ފަޅާއަރައިފި!

ކޮމަންވެލްތް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެންވޮއި ސަރ ޑޮނަލްޑް މެކްކިނަންގެ ދަތުރުގައި ރާއްޖޭގައި އެކުލަވާލެވިފައިވާ ޤައުމީ އިންކުއަރީ ކޮމިޝަން އަކީ “ވަކި ކޮޅަކަށް ނުޖެހޭ، އިތުބާރު ހިފޭ، އަދި ޤަބޫލުކުރެވޭ” ކޮމިޝަނެއް ކަމުގައި ދަންނަވާފައިވާ ވަހާކަ ބާޢީ ވަހީދުގެ ޕީ އާރު ކުންފުނިން ބޭރުގެ އަދި ރާއްޖޭގެ މީޑިއާތަކަށް ދޮގު ޚަބަރު ފަތުރަމުން ދަނިކޮށް ސީމެގް އިން މިކަން ދޮގުކޮށް ފަޅާއަރުވާލައިފިއެވެ.

 ސީމެގް އިން ނެރުނު ބަޔާނުގައިވާ ގޮތުގައި ސަރ ޑޮނަލްޑް މެކްކިނަން ރާއްޖެއިން 15 މެއި ގައި ފުރާވަޑައިގެންނެވި އިރު ރާއްޖޭގެ ސަރުކާރާއި ދެމެދު އެއްބަސްވުމަކަށް އައިސްފައިވަނީ ޤައުމީ އިންކުއަރީ ކޮމިޝަންގެ ބާރު ވަރުގަދަ ކުރުމަށާ، އެކޮމިޝަން އަށް އަދި އިތުރު ދެމެމްބަރުން (އިންޓަރނޭޝަނަލް ކޯ-ޗެއަރ އަދި ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅުއްވާ ފަރާތެއް) އައްޔަން ކުރުމަށެވެ.  އެބަޔާނުގައި ތަކުރާރުކޮށް ސަރ ޑޮން ރާއްޖޭގައި އެކުލަވާލެވިފައިވާ ޤައުމީ އިންކުއަރީ ކޮމިޝަން އަކީ “ވަކި ކޮޅަކަށް ނުޖެހޭ، އިތުބާރު ހިފޭ، އަދި ޤަބޫލުކުރެވޭ” ކޮމިޝަން އެއްކަމަށް ވިދާޅުވެފައެއް ނޯންނާނެ ކަމަށް ލިއެފައިވެއެވެ.

click here for more

0 ކިޔުންތެރިންގެ ޚިޔާލު

  1. ޢަފޫރީ Reply

    June 8, 2012 at 6:42 am

    ކާޅަންހީވަނީކަންނޭގެ ރައްޖޭގެވެރިކަންޖަހައިގަތްގޮތައް ސީމެގް ވެސްޖ ޖަހައިގަނެވިދާނެހެން ކާޅުވީމަހީވާނީވެސް ހަމައެގޮތައް މިހާރު ނަންފުޅާއި ލަގަބުފުޅުގެ ކުރިޔަށް ކާލު ޑރ މުހަންމަދު ވަހީދު ހަސަން މަނިކު ކީމަ ވަރައްހިއްޕުޅުހަމަޖެހިވަޑައި ގަންނަވާނެ ސީމެގުން ރާއްޖެދުރުވި ސަރ ޑޮނަލްޑް މެކްކިނާ މިހާރުގެ ފަސްޓް ލޭޑީ ގުލުވާލައިގެން ރަގަޅުމަގެއް ފެނޭތޯއުޅުމުނުނަމަރަގަޅުވީސްކަންޔަގީން މަގުދެއްކޭނީވެސް މަގުވެރި ފަސްޓް ލޭޑީއަކަށެވެ ދޮގެއްތޯ

  2. މުހައްމަދު Reply

    May 27, 2012 at 9:27 pm

    ތިޔަ ޕީއާރ ކުންފުންނަށް އެއްގޮތަކަށްވެސް ތިމަސައްކަތް ހވާލެއް ނުކުރެވޭނެ. ބަޣާވާތްކޮށްފައި ނުވަތަ ކުލީސިފައިން ގެނަސްފައި ނުވަތަ އެތައްބަޔަކު މަރާފައި ދިވެހިންލާރިން މިޚަބަރު ފަތުރަނީ މިއީ ބަޣާވަތެއްނޫނޭ. ނުވަތަ މީހުންތަކެއް މަރާލުމަށްފަހު އެމީހުންއަމިއްލަ ޒަހަރު ބޮއިގެން މަރުވީއޭ. ސަރުކާރު ލާރި ހިތުހުރިގޮތަކަށް ޚަރަދެއް ނުކުރެވޭނެ. މިއީ ހަމަ ބޯރޑަރލައިން ކޮންޓްރޯލް ޕްރޮޖެކްޓަށް ޚަރަދުކުރން ކަހަލަ ކަމެއް. މި ޕިއާރ ކުންފުނިން ދަނީ ބަރާބަރަށް މަސައްކަތް ކުރަމުން. ވަޙީދު ގެ ޕްރޮޕައިލް އެއްވެސް މިމީހުން ވަނީ ދޮގުމައުލޫމާތު ލައިގެން ވިކިޕީޑިޔާގައި ސާއިލް ކޮށްފައި.

  3. ބަޑި އެދުރު Reply

    May 27, 2012 at 2:07 pm

    މިއޮއް ލާމެހިފަވާ ދުނިޔެއަށް ކިހިނެއް ދޮގު ހަދާ އޮޅުވާލާނީ…………… ބާޣީ ވަހީދު އަށް ތިއުޅެވެނީ 70 ގެ ވެސް ފަހަތުގަ!

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>