އުއްޗުގެ ދަބަރުޓީވީ އިން އެންޑީއޯއާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރަން ފަށައިފި!

12 މޭއި 2012 17:42 | 0 ކޮމެންޓް

އައިޖީއެމްއެޗްގެ ނަރުހުން ނިވާކަން ކުޑަހެދުން ލުމަށް ބާރުއަޅައި އެކަމުން ޕްލޭންތަކެއް ގެންގުޅޭތީވި އެމައުލޫމާތު އެންޑީއޯގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުން، ބަޣާވަތް ގެނައުމަށް ފުޅާދާއިރާއެއްގައި އެހީތެރިވި އުއްޗުގެ ދަބަރުޓީވީ ނުވަތަ ދިޓީވީ އިން، އެއީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށާއި އަދި އެވާހަކަ ގެނެސްދިނީ ކުރީގެ ސަރުކާރަށް ތާއީދު ކުރާ ބަޔަކު ހިންގާ ވެބްސައިޓަކުން ކަމަށް ބުނެ ބުހުތާނު ދޮގު ޚަބަރު ފަތުރަމުން އެބަދެއެވެ.

 

އެންޑީއޯގެ ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެންޑީއޯއިން ގެނެސްދޭ ކޮންމެ ޚަބަރަކީވެސް ތެދު ޚަބަރުތަކެވެ.  ނިވާކަން ކުޑަ ހެދުން ނަރުހުން ލުމަށް ބާޣީ ސަރުކާރުން ބާރުއަޅާ ޚަބަރަކީވެސް ތެދު ޚަބަރެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ގިނަ ޓީވީ ސްޓޭޝަންތަކާއި މިޑީއާގެ އެހެނިހެން ވަސީލަތްތައް މިހާރު ކޮންޓްރޯލު ކުރަނީ ރައްޔިތުންގެ ވެރިކަން ބަޣާވަތްކޮށް ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މަހުޖަނުންތަކެކެވެ. ބަޣާވަތުގައި ބައިވެރިވި މަހުޖަނުން ހިންގާ މި ޗެނަލްތަކުން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެމީހުން ކޮށްފައިވާ ކުށްތައް ފޮރުވުމަށާއި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.  މިހާރު ރާއްޖޭގެ ރައްޔިތުންގެ މެދުގައިވާ ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ނާޖާއިޒު ފައިދާނަގައި އެ  ތަފާތުތައް ނަފުރަތާއި ރުޅިވެރިކަމަށް ބަދަލުކޮށް، މުޅި މުޖުތަމަޢު ފަސާދަ ކުރުމަށް މި 2 ޓީވީ ޗެނަލުންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

 

މިއަދު ދަބަރުޓީވީ ނުވަތަ ދިޓީވީ އިން ވަނީ މާލޭގެ ރައްޔިތުންގެ ވޯޓުން ހޮއްވަވާފައިވާ ސިޓީ ކައުންސިލާ ބެހޭގޮތުން ވަރަށް ދަށްފެންވަރުގެ ރިޕޯޓެއް ފޮނުވާފައެވެ. ދަބަރުޓީވީގެ އެހެން ރިޕޯޓުތަކުގައި ހުންނަ ނަފްރަތު އުފެއްދުމާއި މަލާމަތުގެ ރަހަ އެކުލެވިގެން ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި މަސައްކަތްކޮށްފައިވަނީ ސިޓީކައުންސިލްގެ އަގު ވައްޓާލައި އެކައުންސިލާމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށެވެ. އެގޮތުން، ސިޓީ ކައުންސިލް މެންބަރުންނަށް މުސާރަ އާއި އިށީންނާނެ ގޮނޑި ދެނީ ބާޣީ ސަރުކާރުން ކަމަށާއި އެ ސަރުކާރުން ދޭ މުސާރަ ނަންގަވައި އެ ގޮނޑީގެ ވެޑުވިގެން ތިބެ ކައުންސިލުން މަސައްކަތްކުރަނީ ސަރުކާރު މާލެއިން ބޭރުކުރުމަށް ކަމަށް ބުނުމުގެ އިތުރުން އެތަކެއް ދޮގުތަކެއް މިރިޕޯޓްގައި ހިމެނިފައިވެއެވެ. ސިޓީ ކައުންސިލަށް މުސާރައާއި އިށީންނާނެ ގޮނޑި ދެނީ ބާޣީ ސަރުކާރަކުން ނޫނެވެ. އެ ސިޓީ ކައުންސިލްގެ ޚަރަދުތައް ކުރެވެނީ އެ ކައުންސިލް ހޮއްވަވައި މަސައްކަތް ހަވާލުކުރި ރައްޔިތުންގެ ފައިސާއިންނެވެ.

 

މިބީދައިން ރާއްޖޭގެ މީޑިއާ ވަކި މަހުޖަނުންތަކެއްގެ ނުފޫޒުގައި ކަސްތޮޅު އެޅިފައިވާއިރު އަދި މިނިވަންކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަން މިތަންތާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގެއްލިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންނާއި ހަމައަށް ތެދު މަޢުލޫމާތު ގެނެސްދިނުމުގައި، ވަކިން ހާއްސަކޮށް ބަޣީ ސަރުކާރުން ފޮރުވަން މަސައްކަތް ކުރާ މުހިންމު މަޢުލޫމާތުތައް ތާޒާކަމާއެކު ގެނެސްދިނުމުގައި އެންޑީއޯގެ ޓީމު ފަހަތަކަށް ނުޖެހޭނެ ވާހަކަ ތިޔަ ލޮބުވެތި ރައްޔިތުންގެ މަޢުލޫމަތަށްޓަކައި ދަންނަވަމެވެ.  

0 ކިޔުންތެރިންގެ ޚިޔާލު

  1. ފަތްމިނި Reply

    May 12, 2012 at 1:49 pm

    އުއްޗުގެ ދޮގުޓީވީ ބާޣީބުރުމާގެ ވަގުޓީވީއަކީ ރައްޔިތުން ބަލާ ޗެނަލްތަކެއްނޫން. އެ ދެޓީވީން ކޮންމެޚަބަރެއް ގޮވިޔަސް އެއަކީ ތެދެއްކަމަކަށް އިންޞާފައް ލޯބިހުރި ހަމައެކަކުވެސް ގަބޫލެއްނުކުރާނެ ނުވެސްކުރަން ނުވެސްކުރާނަން. އެ ދެޓީވީއަކީ ބާޣީންބަލާ ދެޗެނަލް.. އަޅުގަނޑުމެން ދޮގުޓީވީތަކަށް ހަތަރެސްފައިން ޓާޓާ…..!

  2. އުމަރު Reply

    May 12, 2012 at 2:15 pm

    އެންޑީއޯ ހާދަ ކުރީގައޭ. މީވަރަށް ރަނގަޅު ކަމެއް

  3. މައުމޫނު Reply

    May 12, 2012 at 2:27 pm

    އުއްޗު ތަގޭދަބަރަ ޓީވީން ކޭނީ ކޮންރޫނޑަކާއު؟ ކޮސްގޮވަނީ ތިބެގެން

  4. ދެރިޔަ Reply

    May 12, 2012 at 3:16 pm

    ވާނުވާއެއްނޭނގެ ތިޗެނެލްތަކުން. އަހަރުމެންގެ ޢާއިލާގެ އެއްވެސް މީހަކު ދަބަރުޓީވީއެއް ވަހުޝީޓީވީއެއް ނުބަލަން. ނުވެސް ބަލާނަން. ތިޔައިން އެއްވެސް މީހެއްގެވިޔަފާރިއަކުން އެއްވެސް އެއްޗެއްވެސް ނުގަންނަން. ތާޒާ ފެން ވެސް ނުބޮނީ ޗަމްޕާ އުއްޗުގެ ހިއްސާ އެކުންފުނީގަ އޮންނާތީ.

  5. ޖަވާހިރު Reply

    May 12, 2012 at 3:39 pm

    ދޮގުހަދާ އުއްޗު ހިންގާ ދޮގުޓީވީއާއި ވަގުބުރުމާ ހިންގާ ވަގުޓީވީ ބަލާކަށްނުވާނެ! އެއީ މިޤައުމު ފަސާދަކުރާ ދެޓީވީ! ރަގަޅު ޚަބަރާ މަޢުލޫމާތު ގެނެދެސްދޭ ހަމައެކަނި ދިވެހި ޓީވީ ޗެނަލަކީ ރާއްޖެޓީވީ!

  6. މުހައްމަދު Reply

    May 12, 2012 at 4:44 pm

    ތިޔަބުނާ ޓީވީ ޗެނަލް އަކުން ގެނެސްދެނީ ދޮގު ހަބަރު، ތިޔަ ޗެނެލް އެއް ފެށުނީއްސުރެ މިހާތަނަށް ވެސް މަސައްކަތް ކޮށްފައިވަނީ ފިތުނަ ފަސާދަ ގާއިމްކުރަން. ދެން މިއީ އަޖާއިބުވާކަމެއްނޫޏް، މިއުއްޗު ވަރުގެ ލަދު ހަޔާތް ކުޑަ މީހެއް މިރާއްޖޭގައި ވެސް ނުހުންނާނެ، މީނަ ގަބޫލްކުރަނީ ލާރިން ނުގަނެވޭނެ އެއްވެސް އެއްޗެއް ނުހުންނާނެކަމަށް، މައުމޫނު ސަރުކާރުގެ ހުރިހާ މިނިސްޓަރުން ތިބީ މީނަގެ އަޅުންގޮތުގައި، ޔާމީނު މީނަގެ ގެއެއްގައި ހުރި ދުވަސްވަރު އެހިސާބު ގައި ތިބި ޒުވާން ކުދިންގެ ފަރާތުން ޔާމީނަށް އުދަގުލެއްވެދާނެތީ ލާރި ދީގެން އެމީހުން ގަނެ ގްރޫޕެއް ގޮތަށް މީނަ ގެންގުޅުނު، މިއީ މާލޭގައި ގެންގް ގެ ހަރަކާތް ފެށުނު ހިސާބު، މިއީ ގެންގްހިންގި ފުރަތަމަ މީހާ،
    ދެން މީނައަކީ ވަރަށް ފިޑިމީހެއް، ރާއްޖެތެރޭ ރަށްރަށަށް ދާއިރު ގިނައަދަދެއްގެ މީހުން ކާރީގެންދާނެ، ރަށްރަށުގެ ނިކަމެތިން ގެ ބޭނުން ނާޖާއިރުކޮށް އެމީހުންގެ އަންހެންދަރިންނަށް ކިޔަވައިދޭނަމޭ ކިޔައި ގެނަސް ގެންގުޅޭމީހެް، މައުމޫނުގެ މިނިސްޓަރުންތައް މީނަގެ ރިސޯރޓަށް ހަފްތާބަންދުގައި ދާއިރު އަނެއް ޖެޓީއިން މިއަންހެންކުދިން އެރިސޯރޓަށް ގެންދާނެ، ރާއްޖޭގައި ޑޮލަރުގެ ތާށިކަން އެންމެ ބޮޑުވި އެއްސަބަބަކީ ވެސް މީނަ، މީނަ ދިވެހި ފައިސާއިން ބާޒާރުގައި ހުރި ޑޮލަރު ގަންނަމުން ދިޔައީ، އެކަމަކު ސުވާލަކީ މީހެއްގެ އަތުގައި ގިނަވެގެން ވެސް ހުންނާނީ 1 ނުވަތަ 2 މިލިޔަނެއްހާ ޑޮލަރު ގަންނާނެ ދިވެހި ރުފިޔާ، މީނައަކީ މިހާރު ވިޔަފާރި ކުރާމީހަކަށް ނުވާތީ ދިވެހި ފައިސާއެއް ނުލިބޭނެ، މީނަގެ ރިސޯޓަށް ވަންނާނީ ޑޮލަރު، ދިވެހިފައިސާއެއް ނޫޏް.
    މީނަ އެންމެ ބިރުގަންނަނީ މަރުދެކެ، އެއްބަނޑު އެއްބަފާ މީހަކު މަރުވިޔަސް މަރު ދެކެ ގަންނަބިރަކުން މޫނު ބަލާލަން ވެސް ނުދާމީހެއް،
    ދެން ތިޔަ ޗެނަލަކުން ދޮގު ޚަބަރު ފަރުރާކަމީ ހުރިހާ މީޙުން ދަންނަކަމެއް، މިއީ ހައިރާން ވާން ވީވަރުކަމެއްނޫން، އެއީ މިހާރު ޓީވީއެމް އާއި ރާއްޖޭގެ އަދުންވެސް ފަތުރަނީ ދޮގު ޚަބަރު އަޑު އަހާމީހުން އުޅޭގޮތަށް ތައްޔާރު ކޮށްފައިވާ ޚަބަރު، އަހރެންނަކީ ވަރަށް މަދުން ރޭޑިޔޯ ޚަބަރު އަޑުއަހާމީހެއް، އެކަމަކު މިދިޔަ ހުކުރުދުވަހުގެ ރޭގައި ރާއްޖޭގެ އަޑު ޚަބަރުން ބާޣީވަހީދު ކުޅުދުއްފުށްޓަށް ިދޔަ ޚަބަރު އަޑުއަހާފައި ހިތަށް އެރީ ސުބުހާނައްﷲ އެވެ. ރައްޔިތުންނަށް ހާދަބޮޑަކަށޭ މިއޮޅުވާލަނީ.

  7. މަގޭ Reply

    May 12, 2012 at 8:36 pm

    މާތްރަސްކަލާކޮ! އުއްޗުއާއި ބުރުމާބޭ ރާވިއްކައިގެންނާއި ރިސޯޓްތަކުގައި ގެސްޓުން އޮރިޔާމުންގެންގުޅޭތީ އަޅަމެންއެންމެންއާންމުވެ ޝާމިލުވާގޮތަށް ކޯފައެއްނުފޮނުއްވާނދޭވެ! އެއީ އެދެމީހުންނާއި 5ޝައިޚަކުވެގެން ހިމާޔަތްކުރާ ދީނެކޯ. ދީންހިމާޔަތްވާނީ އޮރިޔާމުން މުޅެގެންނާއި ބަނގުރާ ވިއްކައިގެންނޯ،

  8. ބުރޭ Reply

    May 12, 2012 at 8:49 pm

    ބުރުމާއާއި އުއްޗުމެންގެ ދަރިންގެގައިގާ ޖަހާފަހުންނަމަހާ، އެދަރިންގެލެއާ، ކަށްޓާ އެއީ ރަލާއިޢޫރުމަސް ވިއްކައިގެން ލިބޭފައިސާ ކާންދީގެން ޖަހާފަހުންނަ އެއްޗިއްސެވެ. ދެން އެސޮރުމެންނަށް ކޮންދީނެއްތޯ ހިމާޔަތްކުރެވޭނީ. ދިވެހިންނަށް ދީނޭކިޔައިގެން ދަޅަދައްކައިގެން އޮޅުވާލަންއުޅޭނެކަމެއްނެތް. ގުރުއާނުގެ އާޔަތްތައް ހިތުހުރިގޮތަކަށް މާނަކުރާމީހަކަށް ކޮންދީނެއްތޯ ހިމާޔަތަކުރެވޭނީ. އާދަމްނައީމުގެނައި ޑޮކްޓަރ ފްރެޑިރިކް ދީޕޯޓްކުރީ ކީއްވެ؟ ފޮޓޯނަގާނަޖްމީ މިހާރުކޮބާ؟ ނަޖްމީއަކީ މައުމޫނުބޭގާތުން ދަރިވަރުވެގެން ވަކިދީނަކަށް ވަރަށްލޯބިކުރައްވާ މާތްބޭފުޅެއް. އާދަމްނައީމުވެސް ވަކީދީނެއްދެކެ ވަރަށް ލޯބިވާނެ.

  9. ސައީދު Reply

    May 13, 2012 at 5:37 pm

    މިހާރު މުޅި ބ.އަތޮޅު ހުރިހާ ރށެއްގައި އަހަރެމެން ކެންޕެއިން
    ކުރަން ފަށައިފިން ވީޓީވީ ދަބަރުޓީވީ ކަނޑާލަން

  10. ވީ ލަވް އަންނި Reply

    May 13, 2012 at 7:17 pm

    ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވާދޭނވެ… ދިވެހި ސިފައިންނާޢި ޕޮލިހުންނަށް ހެޔޮވިސްނުން ދެއްވާދޭނވެ.. ދިވެހި ސިފައިންނާއި ފުލުހުންނަށް ބުނެލަން ބޭނުންވަނީ މައުމޫނަކާއި ހެދި ތިވަރަށް ކަރުދަން ޖެހޭ އިރު މައުމޫން ކައިރީގައި އެއުޅެނީ ކޮންކަހަލަ ނުބައިނުލަފާ މަކަރުވެރި، ދީންވެރި ކަމެއް ނެތް އާލާތުން ކަން ރަނގަޅަށް ލޯހުޅުވައިގެނ ތި ބޭކަލުން ބައްލަވަމުން ގެންދަވާށޭ… ތިބޭކަލުން ކޮންމެ އެއްޗެކޭ ބުންޏަސް މިގައުމަކުން އަންނި ކަހަލަ ރައީސަކަށް ތިބޭކަލުންނަށް ފެންނާނީ ހަމަ އަންނި އޭ….. ކޮންކަމެއް އަންނި ގޯސްކޮށް ކޮށްގެން ބާ އެދުވަހު ތިބޭކަލުން ޔުނިފޯރމްގެ އަގު މުޅި ދުނިޔެ ކުރިމަތީގައި ވެސް ވައްޓާލީ؟؟ މަށަކީވެސް ކަލޭމެންގެ ތެރެއިން މީހަކަށްވާތީ މަށަށްވެސް ބުނެދީ އަންނިގެ ހުރި ގޯސްކަމެއް އޭރުން ތިބޭކަލުންނާއި އެކުގައި އަޅުނގަނޑު ވެސް ހުންނާނީ… ވަރަށް ދެރަކަމެއް އިނގޭތޯ ތިކުރެވުނީ…. އަދިވެސް އެއްފަހަރު ގަބޫލުނުކުރިއަސް ހަނދާން ކޮށްދެން މައުމޫން އަކީ އެހާ ރަނގަޅު މީހެއްނޫން.. ކައިރީގައި އުޅޭމިހުންނަށް ބަލާލީމަ އެނގޭނެ އެކަން.

  11. ވީ ލަވް އަންނި Reply

    May 14, 2012 at 4:08 am

    މުހައްމަދު ތިދެއްކީ ހަމަ ހުސް ތެދުވާހަކަ އިނގޭ…. އަދި މި އެއްޗަކު ހުންނާނީ އަބަދުވެސް ކުރު ސޯރޓް ބުރިއެއް ލައިގެން ދެން ކޮން ދީންވެރި ބައެއްބާ މި އުޅެނީ ވެރިކަމުގަ؟ މީނަ އަދި ކުރާ ކަމެކޯ ނިކަމެތި އާއިލާ އެއްގައި ރީތި އަންހެން ކުއްޖަކު ހުރީޔާ ހަމަ ލާރިދީގެން އެ ކުއްޖާގެ މައިންބަފައިން ނަށް ދާންދެން ގަނެލަނީ ޔޯ…. މަށައް ވަރަށް ބޮޑަށް ޝައްކުވޭ އެބަ މައުމޫން ވެރިކަމުގަ ހުރެގެން ވަގަށްނެގިހާ ލާރި އެއް މިކަލޭގެ އަތަށް ފޮރުވަން ދިނީކަމަށް… ދެން ކޮންތާކުން އެހެން ނޫނީ އެވަރަށް ފައިސާ ހޯދައިގެން އެ އުޅެނީ… ނަމަަނަމަ އަހަރެންގެ އާއިލާ އާއި ވައިވެސް ނޭޅޭތި…. ދޮޅި އަޅުވާލާނަން ނަގޫސޭސަރު….. މަ ހާދަރުޅި އެކޭ މި އުއްޗު ދެކެ މިއަންނަނީ އެހެން ނޫނަސް މަ އެހާ ރަނގަޅަށް ދަންނަވެސް ރުނޑިއެއް ނޫން މީ..

  12. koaraadi Reply

    May 15, 2012 at 7:13 am

    mee thedhu vaahaka kamah gabool kurantha?

  13. ބަންޗާ Reply

    May 15, 2012 at 4:52 pm

    އާދެ ، އާދެ ރާޢްޖެ ޓީވީ އަކީ މަތިން ބާވައިލައްވާ ޚަބަރުތައް ގެނެސްދޭ ޗެނަލެއް ؟ އެކެއްގެ ކިބައިން އަނެކަުން ހިތްވަރު ލިބިގެން ލަދުހަޔާތް ފަހަނަ އަޅާފައި ތިބި މީ ހުންނަށް ވަރަށް ކަމުދާނެ!

  14. ތަށްޓޭ Reply

    May 15, 2012 at 4:33 pm

    ދިޓީވީ ތީ ބޮޑު ބަލާއެއް ރާއްޖޭގަ އުޅޭ ހުރިހާ ގަމާރުން ތި ޓީވީ ބަލަނީ

  15. ޗަސްމީން Reply

    May 15, 2012 at 4:39 pm

    ތި ފޮޓޮއިން ދެމީހުންގެ ދަޅެއް ނުފެނޭ ތި އެޑިޓް ކޮށްފަ އިން ފޮޓޮއެއް ދޯ

  16. ބާގީ ކެރަފާ އަންނި Reply

    June 12, 2012 at 4:17 pm

    ކަލޭމެންތީ ދޮގުޚަބަރު ފަތުރާ ބައެއް.ކަލޭމެންގެ ޓީވީ “ރާއްޖެ ޓީވީ” އަކީ ރައްޔިތުންގެ ތެރޭ ފިތުނަފަސާދަ އުފައްދާ ޓީވީ ޗެނަލެއް.7 ފެބްރުއަރީގައި އެ ނުބައި ނުލަފާ ޢައްދާރު އާބިދާގެ ރާ އަންނިގެ ކިބައިން މި ގައުމު ސަލާމަތްކުރެއްވި ކަމަށްޓަކައި މާތްﷲ ކިބައަށް ޝުކުރުވެރިވަން. މި ކޮމެންޓް ނުޖަހައިފިއްޔާ ހަޖަމްގެ ބައި ނެތީީ. ރާ އަންނި އަށް ދެދުނިޔޭގެ އަޒާބް ދެއްވާށި’”އާމީން”

  17. ibraa Reply

    May 28, 2012 at 4:00 pm

    dhabarakas hibarakas onnaani vahtaalaafaa dhen lalalala

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>