ކޮމަންވެލްތަށް ސިޓީ ފޮނުވަނީ އެމީހުންގެ މަންދޫބު ރާއްޖެވަޑައިގެން ދެއްކެވި ވާހަކަތަކާ ބަޔާނާ ދިމާނުވާތީ: ސަރުކާރުގެ ތަރުޖަމާން

23 އެޕްރިލް 2012 13:29 | 0 ކޮމެންޓް

މިމަހުގެ ސޯޅަވަނަ ދުވަހު ކޮމަންވެލްތްގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) އިން ނެރުނު ބަޔާނުގައި ބުނެފައިވާ ވާހަކަތައް އޮޅުންފިލުވުމަށް ސީމެގަށް ސިޓީއެއް ފޮނުވަން ސަރުކާރުން ނިންމީ ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅުއްވި މަންދޫބު ޑޮނަލްޑް މެކެނަން ރާއްޖެވަޑައިގެން ދެއްކެވި ވާހަކަފުޅާ ސީމެގްގެ ބަޔާނާ ފުށުއެރުންތަކެއް ހުރުމުން ކަމަށް ރައީސް ވަހީދުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ. 
އައްބާސް ވިދާޅުވީ ސީމެގަކީ ގައުމުތަކުގެ ޤާނޫނު އަސާސީ ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ ބަޔެއްކަމަށާ، މިހާރު އޮތް ބާޣީ ސަރުކާރު ދިވެހި ޤާނޫނު އަސާސީއާއި ހިލާފްވެފައި ނުވާނެކަމަށެވެ. 
” ސީމެގް ބަޔާނަކުން ނުފެނޭ ސަރުކާރު ހިލާފްވެފައިވާ ގާނޫނުއަސާސީގެ އެއްވެސް މާއްދާއެއް. އަދި އެބަޔާނަކުން އެމީހުން ބޭނުންވާ ގޮތް ސާފެއް ނުވޭ. ޑޮނަލްޑް މެކެނަން ރާއްޖެއައިސް ސަރުކާރާއެކު ދެކެވުނު ވާހަކަތަކާ ހިލާފް އުޅޭތީ ސިޓީ ފޮނުވަންޖެހޭ. އަޅުގަނޑުމެން ފޮރިންގ މިނިސްޓްރީ މެދުވެރިކޮށް މިދެންނެވި ސިޓީ ފޮނުވާނީ ” ރިޒާ ވިދާޅުވިއެވެ. 
މިކަމާ ގުޅޭގޮތުން ކުރީގެ ފޮރިންގމިނިސްޓަރ އަދި އދ. އިން އީރާނަށް ކަނޑައަޅުއްވާފައިވާ ރެޕަޓުއާ ޑރ. އަހުމަދު ސަހީދު ވިދާޅުވީ ކޮމަންވެލްތައް ސިޓީވެސް ފޮނުވާނަމަ ފޮނުވަންވީ ކަމަށާ، ފޮނުވުމުން ސިޓީގެ ޖަވާބުވެސް ކޮމަންވެލްތުން ދެއްވާނެ ކަމަށެވެ. 
” މިސާލަކަށް އެމީހުން ކުރަންއުޅޭ ސުވާލަކީ މަރުވީ ރަންގެރިއެއްތޯ؟ ފައިހުރި ގެރިއެއްތޯ؟ ފަލަ ގެރިއެއްތޯ؟ މިކަހަލަ ސުވާލުތަކެއް. މިސަރުކާރުން އަބަދުވެސް މިފެންނަނީ ރާއްޖޭން ބޭރުގެ ފަރާތްތަކުން ވިދާޅުވާ އެއްޗެއް ނޭންގޭ ކަމަށް ހަދާތަން. ބަޔަކު ކައިރީ އަހާލައިގެން ނޫނީ އެއްޗެއް ސާފުނުވާތަން. ބައްލަވާ ވަހީދުގެ ހާޑްޓޯކުގައި ސުވާލުކުރުމުން ވިދާޅުވަނީ ތިޔަ ސުވާލަށް ޖަވާބުދެވޭނީ ބަޔަކު ކައިރިން އަހާލައިފަޔޭ. އެންމެފަހުން ސުވާލުކުރި މީހާ ބުނަންޖެހުނީ ރައީސަކަށް ވާތީ ކޮންމެސް ވަރެއްގެ ލީޑަރސިޕެއް ދައްކާށޭ” ޝަހީދު ވިދާޅުވިއެވެ. 

ސީމެގުން މިމަހުގެ 16 ވަނަ ދުވަހު ނެރުނު ބަޔާނުގައި ނެޝަނަލް އިންކުއަރީ ކޮމިޝަން 4 ހަފްތާތެރޭގައި އަލުން އެކުލަވައި ނުލައިފިނަމަ ކަންކުރާނެ އުސޫލާއި ބެހޭ ގޮތުން ބުނެފައިވަނީ” ކުރިއަށް އޮތް 4 ހަފްތާގެ މުހުލަތުގައި އެކޮމިޝަން އެކުލަވާލެވިފައިވާގޮތް ބަދަލުކޮށް، އެކޮމިޝަނުގެ މަސްޢޫލިއްޔަތާއި އިޙްތިސާސް އާންމުކޮށް ބަލައިގަނެ ޤަބޫލުކުރެވޭނޭ މިންގަނޑަކަށް އިސްލާހު ނުކުރެވިއްޖެނަމަ، މިހާރު ދިވެހިރާއްޖެ އާމެދު އެޅިފައިވާ ފިޔަވަޅު ތަކުގެ މައްޗަށް އިތުރު، ހަރުކަށި، ފިޔަވަޅުތައް އެޅުމަށް ސީމެގަށް މަޖުބޫރުވާނޭ ކަމަށް، ސީމެގުން ބުނަމެވެ” މިހެންނެވެ.

0 ކިޔުންތެރިންގެ ޚިޔާލު

  1. މޫސުން Reply

    April 23, 2012 at 10:12 am

    އައްބަސް ކަލޭމަހައްދޭ ކަލޭތީކާކު ކޮމަންވެލްތައްފާޑުކިޔަން އައަރުމެން މިވެރިކަންބަދަލުކުރާނައް އަދިކަލޭކަރުގަވެސްވާޖަހާފަމިމާލޭމަގުމަތީގަދަމާނަން އިންތިޒާރުކުރޭއެދުވަސްއޮތީވަރައްކާރީގަ

  2. ސަތާރަ Reply

    April 23, 2012 at 4:49 pm

    އެބަޔާނުގައި ބުނާއެއްޗެއް އެންމެ ރަގަޅަށް ފަހުމްވާނީ ބާޣީ ދެ ރިޔާޒަށާއި ބުރުމާއަށް! އެތިންބާރުން ތިޔަ ބަޔާންގެ ދުވަސްވެސް ދުއްވާލެވިދާނެ! ބުރުމާ ލާނި ދިނީމާ ތެޔޮވަގު އަތުން ޕެޓްރޯލް ގަނެގެން ބާޣީ ރިޔާޒުގެ އަމުރަށް ގުންޑާ ފުލުހުން ތަންތަނުގަ ހުޅުޖެހީމާ އޮންނީ އެބަޔާން ފަހުމްވެފަ!

  3. މުހައްމަދު Reply

    April 24, 2012 at 10:57 pm

    އައްބާސް ރިޒާއަށް އެކަތި ރަގަޅަށް އެގިއްޖެ- ކޮމަންވެލްތަކީ ގައުމުތަކުގެ ގާނޫނު އަސާސީ ދަމަހައްޓަން މަސައްކަތް ކުރާބައެއްކަން- އެމީހުން މިހާރުވެސް އެކުރަނީ އެމަސއްކަތް- ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު ބަޣާވަތަކުން ވައްޓައިިލީމާ ވިސްނިކގެން ނުވަތަ ވާހަކަ ދައްކައިގެންވެސް ވެރިކަން ރައްޔިތުންނާއި ހަވާލުކުރާތޯ، މިކަންނުކުރަނީސް އެމީހުން ހުއްޓައެއްނުލާނެ، ދެން މިއީ އިގިރޭސި ބަސް އެގޭ ބައެއްވެސްނޫން – އަޅެފަހެ އަރަބިބަހަށް ތަރުޖަމާކޮށްގައި ދެން ދިވެހިބަހަށް ތަރުޖަމާކޮށްބަލަ- ފަހަރެއްގައި ރަގަޅުވެދާނެ/
    ރިގޮތަށް މަގުފުރެއްދޭނީ އާންމު ދިވެހިރައްޔިތުން، ކޮމަންބެލްތަށް އެގޭ އެމީހުންކިޔާއެއްޗެއް – ދެން ތިލިޔާ ސޓީ އެއް ތިލިޔަނީ ދިވެހިބަހުން ކަމުގައިވިޔަސް އޭގައި ލިޔާއެއްޗެއް މާނަ ފަހުމުނުވެގެން އެމީހުންނެއް ނޯޅޭނެ،

  4. ސަތާރަ Reply

    April 25, 2012 at 5:01 pm

    ތިޔަ އައްބާސްގެ ވާހަކަ އަޑުއިވުނީމާ ހަނދާންވަނީ ސައްދާމް ޙުސައިންގެ ވެރިކަން ވެއްޓެމުން ދިޔައިރު އިރާގުގެ ބައެއްވެރިންގެ ވާހަކަތައް! އިރާގު މަތިން ބޮންއަޅަމުން ވަށައިގެން ބަޑިތަޅަމުން ދިޔައިރު ސައްދާމާއި ތާރިޤު އަޒީޒުމެން ދައްކަމުން ދިޔަކަހަލަ ވާހަކަ!

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>