ކޮންސެޝަން ފީ ދައްކާނީ 25 ޑޮލަރު ކެނޑުމަށްފަހު: ޖީއެމްއާރު

16 އެޕްރިލް 2012 21:43 | 0 ކޮމެންޓް

ވޭތުވެދިޔަ ތިންމަސްދުވަހު އެއަރޕޯޓް ހިންގައިގެން ލިބުނު އާމްދަނީ ސަރުކާރަށް ދައްކަންޖެހޭ ކޮންސެޝަން ފީތައް ދައްކާނީ އެއާޕޯޓުން ފުރާ ކޮންމެ އިންޓަނޭޝަނަލް ޕެސެންޖަރެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ގެ ގޮތުގައި 25 ކެނޑުމަށް ފަހު ކަމަށް ޖީއެމްއާރުން ބުނެފި އެވެ.

ޖީއެމްއާރު މާލޭގެ ސީއީއޯ އެންޑްރޫ ހެރިސަން ވިދާޅުވީ މިހާތަނަށް ސަރުކާރުން ރަސްމީކޮށް 25 ޑޮލަރު ނުކެނޑުމަށް އަންގާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މީޑިއާތަކުން އެކަމުގެ ހަބަރުތަކެއް ފެތުރިގެން އުޅޭ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

” އަޅުގަނޑުމެން މި ބަލަނީ ކުރިންވެސް ސަރުކާރުން އެއްބަސްވެފައިވާ ގޮތައް ފައިދާއިން ސަރުކާރަށް ދޭންޖެހޭ ބައިން އޭޑީސީ ކެނޑުމަށް.” އެންޑްރޫ ވިދާޅުވި އެވެ.

ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ސަރުކާރުން ރަސްމީކޮށް އެފަދަ އެންގުމެއް އަންގާފައި ނުވި ނަމަވެސް ކުރީގެ ސަރުކާރުން އެގޮތައް އެއްބަސްވެފައި ވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށް ކަމުން އެއެއްބަސްވުމަކީ ތަންފީޒޒު ކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ.

” ޖީއެމްއާރުން 25 ޑޮލަރު ނެގުމަށްވެސް ރަސްމީކޮށް އަންގާފައެއް ނުވޭ. މި މުއާމަލާތްތަކަކީ މާގިނަ ލިޔެކިއުންތަކެއް ހުރެގެން ކުރިއަށްދާ ކަންތައްތަކެއް ނޫން” އައްބާސް ވިދާޅުވި އެވެ.

ޖީއެމްއާރުން އެއްބަސްވެފައި ވަނީ ކޮންމެ ތިންމަހެއް ނިމުމުން އެތިންމަހުން ލިބޭ ފައިދާއިން ކޮންސެޝަން ފީ ދެއްކުމަށެވެ. އެގޮތުން އެންމެ ފަހުން އެކުންފުނިން އެއަރޕޯޓުސް ކޮމްޕެނީއަށް ކޮންސެޝަން ފީ ދައްކާފައި ވަނީ މިދިޔަ އަހަރުގެ ފަހު ތިންމަސްދުވަހުގެ ފީ އެވެ. ޖެނުއަރީ 31 ވަނަ ދުވަހު ޖީއެމްއާރުން ވަނީ 7.7 މިލިއަން ޑޮލަރު ދައްކާފައެވެ. އެއީ އެނުއަލް ކޮންސެޝަން ފީއާވެސް އެކުގައެވެ. މިދިޔަ ތިންމަސް ދުވަހު ޖީއެމްއާރުން އެއަރޕޯޓު ހިންގައިގެން ލިބުނު އާމްދަނީގެ ކޮންސެޝަން ފީ ދައްކަން ޖެހޭނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

0 ކިޔުންތެރިންގެ ޚިޔާލު

  1. ހަމްދު Reply

    April 16, 2012 at 7:29 pm

    ކޮބާ އެއްކަލަ ބާގަޑު ސައްވީސް ގަޑި އިރުން ޖީ އެމް އާރު ބާލަން ބުނެފަ ތިފައިސާ ނަގަން ބުނުމުން ބޮޑާ ހޭކި ބާޣީން ތައް މިހާރު އޯކޭދޯ…… ފޫއެބުރި

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>