New Dhivehi Observer

ސްރީލަންކާ އެއަރލައިންސް ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް!
ސްރީލަންކާ އެއަރލައިންސް އަށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ސްރީލަންކާ އެއަރލައިންސް އަށް ރާއްޖޭގައި މިވަގުތު ހުރި އެއަޕޯޓުތަކުން ޕެސެންޖަރުން އުފުލުމުގެ ފުރުސަތު ހުޅުވާލުމުގެ އަޑީގައި ހުރީ މިހާރު ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުރި ނާޒިމް އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ އޭނާ އަށް ބައި އެޅޭ ގޮތަށް ހެދޭ ޑީލެކެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން ކުރިއަށް އަރަން ފަށާފައިވާ މިދުވަސް ކޮޅުގައި، ފުރާ ފުރިހަމަވެފައިވާ ބޮޑު އެއަލައިނަކުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބައިވެރިވާން ފަށައިފިނަމަ، މޯލްޑިވިއަން ބަގުރޫޓު ވުމުގެ ބިރުވެރިކަން އެބައޮތެވެ. އަދި، އެކަށީގެންވާ ފެންވަރެއްގެ ގައުމީ އެއަލައިނެއް ރާއްޖޭގައި އޮތުމަށް ރައްޔިތުން ކުރަމުން އަންނަ އުއްމީދުތަކަށް ނިމުމެއް އަންނާނެއެވެ.

މީގެ އިތުރުން މިކަމުގެ އެންމެ ނުރައްކާތެރި އެއް ކަމަކީ، މި ފުރުސަތު ސްރީލަންކާ އަށް ނުވަތަ އެއްވެސް ގައުމަކަށް ހުޅުވާލައިފިނަމަ، އެކަމަށް ކުރިމަތިލާ ކޮންމެ ގައުމަކަށްވެސް ފުރުސަތު ދޭން ރާއްޖެއަށް މަޖުބޫރު ވުމެވެ. ރާއްޖެ ސޮއިކޮށްފައިވާ ޗިކާގޯ މުޢާހަދާ ބުނާގޮތުން، އެއްވެސް ގައުމަކަށް ހަމައެކަނި ވަކި އެއް ގައުމެއްގެ އެއަރލައިނަކަށް ގައުމެއްގެ އެ ސަރަހައްދުން އަނެއް ސަރަހައްދަށް މީހުންނާއި ތަކެތި އުފުލުމުގެ ހުއްދަ ނުދެވޭނެއެވެ. މާނައަކީ، ސްރިލަންކާ އެއަލައިނަށް މި ހުއްދަ ރާއްޖެއިން ދިނުމަސްފަހު އެކަމަށް އެހެން ގައުމަކުން ހުށަހެޅި ކަމުގައި ވިޔަސް ރާއްޖެއިން ހުއްދަ ދޭން ޖެހުމެވެ.

ވީއިރު، ސްރީލަންކާ އެއަލައިނަށް މިފުރުސަތު ދީފިނަމަ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބައިވެރިވުމަށް އެކިއެކި ބޭނުންތަކުގައި އެކިއެކި ގައުމުތަކުން އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށާއި، ސިޔާސީ ހަމަޖެހުމަށާއި، ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ.

މައިބަދަ ބިންދާ އުމަރު ނަސީރު އަށް އޭނާ ފެނިއްޖެ!
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުމަރު ނަސީރު އަކީ މިހާތަނަށް ފާހަގަ ކުރެވޭ އެއްވެސް ކާމިޔާބެއް ލިބިފައިވާ މީހެއް ނޫނެވެ. ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލައިގެން ވީ ނާކާމިޔާބެވެ. ރައީސް ކަމަށް ކުރިމަތި ލުމުންވެސް ވީ ނާކާމިޔާބެވެ. އައިޑީޕީ އާއި ޑީއާރުޕީ އަދި ޕީޕީއެމްގެ ތެރެއިން ވެސް ލިބުނު ހަމަ އެއްމެ މޮޅެއްވެސް ނެތެވެ.

ނަމަވެސް، ހަވީރު ނޫހުގައި މިއަދު ޖަހާފައިވާ އިންޓަވިއުއްގައި އޭނާ ބުނީ، ޕީޕީ އުފެއްދީ އޭނާ ކަމަށާއި، އައިޑީޕީ އުފެއްދީ އޭނާ ކަމަށާއި، ޒެޑް ޑީއާރުޕީ އުފެއްދީ އޭނާ އެކަނި ކަމަށެވެ. އަދި އަންނިގެ ވެރިކަން ވައްޓާލީވެސް އޭނާ ކަމަށް ބުންޏެވެ. އުމަރަށް އޭނާ ފެނިފައިވާ ކަން މިފަދަ ފޮނި ވާހަކަ ތަކުން އެނގެއެވެ.

ވަހީދު އަށް ވެރިކަން ހޯދައި ދިނުމަށްޓަކައި ވަހީދު ހަސަން މަނިކު އާއި އެކު ބައިއަތު ހިފާފައިވާ އުމަރު ނަސީރު މިހާރު މަސައްކަތް ކުރަމުންދަނީ ޕީޕީއެމް ފަނި ކޮށްލުމަށެވެ. ހަވީރު އަށް ދިން އިންޓަވިއުގައި އުމަރު ބުނެފައިވާ ވާހަކަތަކުން އެކަން ކަށަވަރުވެއެވެ.

މިހާރު އެންމެ ގިނައިން އުމަރު ދައްކާ އެއް ވާހަކައަކީ އޭނާ އަކީ ރިޝްވަތާއި ހިޔާނާތުން ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރާ މީހެއް ކަމުގެ ވާހަކައެވެ. ތިމާ އަކީ މާބޮޑު ތެދުވެރި އަދުލުވެރި މީހެއްގެ ގޮތުގައި އަމިއްލަ އަށް ސިފަކޮށްގެން މީޑިއާތަކުގައި ސަޅި ވާހަކަ ދައްކަމުން ދުވާއިރު، އޭނާ އަކީ ކިހާ ފެންވަރެއްގެ މީހެއް ކަން ހަނދާނެއް ނެތެވެ. ވާހަކައާއި އަމަލުގައި ހަރުކަށި ކަމާއި ބޮޑާކަން ހުންނަ އުމަރު އަކީ ސިފައިންގެ މީހެއްގެ ގޮތުގައި ހުރެ، އެތައް ބަޔަކަށް އަނިޔާކޮށް ބޮޑެތި ޖަރީމާތައް ހިންގާފައިވާ މީހެކެވެ. އެންކަލް ބޫޓުން ތަޅައި މައިބަދަ ބިންދައި އެތައް ބައެއްގެ ދިރިއުޅުން އުމަރު ވަނީ ފަނާ ކޮށްފައެވެ. މިވަރުގެ އަނިޔާވެރި މީހަކު އަދުވެރި ކަމާއި އިންސާފު ގާއިމު ކުރުމުގެ ވާހަކަ ދެއްކުމުން އެކަން ވަނީ ބޮޑު ޖޯކަކަށެވެ.

އެހެން މީހުންގެ ‘ފެއިލިޔާރ’ ގެ ވާހަކަ ދައްކަމުން ދުވާއިރު، ހިޔާލީ ދުނިޔެއިން ނުކުމެ ތިމާއަކީ ރާއްޖޭގައި އުފެދުނު ސިޔާސީ އެންމެ ބޮޑު ‘ފެއިލިޔާރ’ ކަން ގަބޫލު ކުރިއްޔާ ތަންކޮޅެއް ތާހިރު ވާނެއެވެ.

އެއަޕޯޓުގެ ފުރާޅުން ފެން ލީކުވުމުގެ ސަބަބުން ޓޫރިސްޓަކަށް އަނިޔާ ވެއްޖެ!
މެދުކެނޑުމެއްނެތި މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ‘ދިވެހިން އެއަޕޯޓު’ އަދި ‘ދިވެހިންގެ ފަހުރު’ ކަމުގައި ބެލެވޭ  އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަޕޯޓުގެ ޓާމިނަލުގެ ފުރާޅުން ފެން ފޭބުމުގެ ސަބަބުން ތެތް ކޮށް އޮތް ތަޅުންގަނޑު އެރި އަންހެން ޓޫރިސްޓަކު ކައްސާލައިގެން ވެއްޓި އަނިޔާ ވެއްޖެއެވެ.

މަންޒަރު ދުށް ފަރާތަކުން އެންޑީއޯ އަށް ހާމަ ކުރި ގޮތުގައި، އޭނާ ވެއްޓެން ދިމާވީ ނޭނގި ތެމިފައިވާ ތަޅުމުގެ މަތިން ހިނގައި ގަތުމުން، ކައްސާލައިގެންނެވެ. އޭނާ ވެއްޓިގެން ގޮސް ޖެހުނު ގޮތުން އޭނާގެ އަތަށާއި އުނަގަނޑަށް ވަރަށް ބޮޑަށް ތަދުވެގެން އުޅުނެވެ. އަދި ވެއްޓުނު ގޮތަށް އޭނާ އިރުކޮޅެއް ވަންދެން ކޮޅަށް ނުތެދުވިފައި ހުއްޓެވެ.  އާއިލާއެކު ޗުއްޓީ އަށް ރާއްޖެ އައި އެ މީހާ އެކަމަށް ރާއްޖެއިން ފަރުވާ ހޯދުމަށް އުޅެފައި ނުވާ ކަމަށްވެއެވެ.

މިއަދުވެސް މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދާއިރު، ‘ދިވެހިންގެ އެއަޕޯޓު’ ގެ ޓާމިނަލްތަކުގެ އެކިއެކި ދިމާލުން ފައިބަމުންދާ ފެންތައް ނެގުމަށްޓަކައި އެކި ކުލަކުލައިގެ ބާލިދީ ތައް ވަނީ ބެހެއްޓިފައެވެ.

ފޮޓޯ ގައި އެވަނީ އިއްޔެ އާޢި މިއަދު އެއަޕޯޓުގައި ފެން ނެގުމަށް ބަހައްޓާފައިވާ  ބައެއް ބާލިދީ އާއި ފެން ހިންކުމަށް ކުރެވޭ މަސައްކަތެވެ.  މި މަންޒަރަކީ ހަމަ ޔަގީނުންވެސް އެތަން ބަލަން ތިބި ފަތުރުވެރިން ތަޖުރިބާ ކުރަން ބޭނުންވާނެ އަދި ބަލާ ހިތްވާނެ މަންޒަރެއް ނޫނެވެ.  މި އީ ދިޓީވީ އާޢި ވީޓީވީ އިން ސިއްރު ކުރަން ބޭނުންވާ  ވާހަކަ ތަކެވެ.

ސިހުރު ހާހޫރައާއި ޖިންނި ޝައިތާނުން- އަދާލަތު ޕާޓީގެ އިމްރާނަކީ ބޮޑު ޝައިތާނެއްބާ؟
-ހަސަން ފަޒާލް

ރާއްޖޭގައި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދާ ދިނުމުގެ ނަމުގައި ޝަރީއަތް އަވަސް ކުރުމަށް ގޮވާލައި ޣައިރު ޤާނޫނީ  ”ގައުމީ ހަރަކާތުން” އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަމުން އެ ހަރަކާތުގައި ހަޅޭއް ފަޅޭއްލަވާ އިމްރާން އަޑަށް ބާރުލާފައި ބުނެފައިވަނީ  ރައީސް ނަޝީދު ހަދާ ސިހުރަ ހާހޫރަ ދިވެހި ގިނަ ރައްޔިތުންނަށް ނުޖެހޭ ކަމަށެވެ.

އިމްރާން އަޑަށް ބާރުލާފައި  “މީނަ ވަރަށް މަސައްކަތްކުރޭ އޭނަގެ ލާދީނިއްޔަތު މިތާ ފެތުރުމަށްޓަކައި ވެރިކަމަށް އަންނަން، ވެރިކަމަށް އައުމަށްޓަކައި އޭނާއަށް އެބަފެނޭ މިއަދު ދިވެހި ރައްޔިތުންގެ ތާއީދު އޭނާއަށް ނެތް ކަން، އެހެންވެ ވެރިކަމަށް އައުމަށްޓަކައި އޭނަ ކުރާ އެންމެ ބޮޑު މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ސިހުރަ ހާހޫރަ ހެދުން، މީނަ ދިވެހި ރައްޔިތުންނަށް ހަދާ ސިހުރަ ހާހޫރަ، ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ނުޖެހޭނެ.” ކަމުގައި މި އެއްވުމުގައި ބުންޏެވެ.

ބުއްދިހަމަޖެހޭ އެއްވެސް މީހަކު “ސިހުރު ހާހޫރަ” ގަބޫލެއް ނުކުރާނެއެވެ. އަދި ހަމަ އެހެންމެ، “ސިހުރު ހާހޫރަ” ގަބޫލުކޮށް އަދި އެވިއްކާ އިސްތިހާރުކޮށް އޭގެ ވާހަކަދައްކާ ހަދާނީ ޖިންނި ޝައިތާނުންގެ ތެރެއިން ހިމެނިގެންވާ ބައެކެވެ.

މުޅި ދުނިޔެއަށް ބަލާލި ކަމުގައިވިޔަސް ނުވަތަ ދިވެހި ރާއްޖެއަށް ނަޒަރު ހިންގިކަމުގައިވިޔަސް ސިހުރު ހާހޫރައިގެ ވާހަކައަކީ އޭގައި އެއްވެސް އޮއްޓަރެއްނެތް ވާހަކައެއްކަން ތިމާމެންނަށް ﷲ ދެއްވާފައިވާ ސިކުނޑިން ވިސްނުމުން އެގޭނެއެވެ. ސިހުރު ހާހުރައަކީ އެހަދާ ބަޔަކު ބޭނުންގޮތަކަށް ބެނުންވާކަމެއް ކުރެވޭ އެއްޗެއްނަމަ ދުނިޔޭގެ އެންމެ ނަގާކިޔާ،  ކުރީސަފުގައި ތިބީހީ ސިހުރު ހަދާ މީހުންނެވެ. އީޖާދު ކުރާ މީހުންނާއި ސައިންޓިސްޓުންނާއި ޑޮކްޓަރުންނާއި ވިޔަފާރި ވެރިންނެއްގެ ތެރޭގައެވެ. ދުނިޔޭގެ އުންމެ ބާރު ދުވުންތެރިޔާއާއި، ޓެނިސްކުޅުންތެރިޔާއާއި ފުޓުބޯޅަ ކުލަބުތައް އެންމެބޮޑު ޚަރަދެއް ކުރާނީ ސިހުރު ހާހޫރަ ހަދާ މީހުންނަށެވެ.

“ފަހަރި” އިމްރާން ބުނާގޮތަށް ރައީސް ނަޝީދު ސިހުރު ހާހޫރަ ހަދާކަމަށް އިމްރާނަށް އެގޭނަމަ އޭނާއަކީ ޖިންނި ޝައިތާނުންގެ ތެރެއިން ވާ މީހެކެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި ޖިންނި ގިނަފަހަރަކަށް ލޮލަކަށް ނުފެއްނާނެއެވެ. ނަމަވެސް އިންސާނުންގެ ތެރޭގައި “ޝައިތާނުން” އުޅެއެވެ. އެހެންކަމުން ބުއްދީގެ ނަޒަރަކުން ވިސްނާއިރު އިމްރާނަކީ ބޮޑު މުނާފިގު ޝައިތާނެކެވެ. ޝައިތާނުންގެވެސް އެންމެ ނުލަފާ ދަރަޖައިގެ (ދަށު ފަންތީގެ)  މައްލޫނު ޝައިތާނެކެވެ.

ސަބަބަކީ މީނާގެ ބަހާއި ޢަލާއި ދިމާނުވުމާއި ވާހަކަ ދައްކާ ކޮންމެ ފަހަރަކު ދޮގު ހެދުމާއި ދީނަށް ފުރަސާރަކުރުމެވެ. ޝައިތާނު އިމްރާނަކީ އަޑުއިވޭގޮތުން އޭނާގެ ފަހަރިއަކާއި ޖިންސީގޮތުން ގޯނާކޮށްފައިވާ މީހެކެވެ. ސާބިތު ނުހިފޭގޮތަށް މީނާގެ ހިތަށް އެރިހާފަހަރަކު އެހެންމީހުންގެ ބޮލުގައި ތަފާތު ތުހުމަތުތަށް އަޅުވަމުދާމީހެކެވެ. އެގޮތުން މީހުންގެ ބޮލުގައި ސިހުރު ހަދާކަމުގެ އިލްޒާމް އަޅުވަމުދެއެވެ. އަދި އެހެން މުސްލިމުންނަކީ “ލާދީނީ މީހުންނޭ” ކިޔައިގެން މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ރެއާދުވާލު މަސައްކަތް ކުރެއެވެ. އަދި މުޅި ދުނިޔޭގައިވެސް ތިބި އިސްލާމުން ނުވަތަ މުސްލިމުންނަކީ އިމްރާނާއި އޭނާގެގޮތްތަކަށް ތަބާވާ މީހުންކަމުގައި ދެއްކުމަށް ވާހަކަ ދައްކައެވެ.

ޝައިތާނެއްގެ އެންމެ ނުލަފާ އަމަލަކީ  މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމާއި އެއްބައިވަންތަކަން ނައްތާލުމެވެ. ޝައިތާނު އިމްރާނަކީ މި ޢަލަމަލު ހިންގާ އަމިއްލައަށް “އިލްމުވެރިންނޭ” ކިޔައިގެން އުޅޭ ދީނީ ބައިގަނޑުގެ ކުރީގައި ހުރި ނުލަފާ ޝައިތާނެކެވެ.

ޝައިތާނު އިމްރާނާއި އޭނާގެ މުނާފިގު އަޅުވާނުން “މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދާ ދިނުމުގެ” ނަމުގައި ބޭއްވި އެއްވުމުގައި އެމީހުންނަށް އިންސާފު ހޯދައިދޭން ކުރާނެ ކަމެއްގެ ވާހަކައެއް ނުވަތަ ޝަރުޢީ ދާއިރާގައި ހުރި ނޭދެވޭ ކަމެއްގެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް ހުރިހާާ ހަޅޭކަކާއި “މިނިމަސް ކެއުމެއް” އަމާޒުވީ ރައީސް ނަޝީދުއަށެވެ. ރައީސް ނަޝީދަކީ އެއްވެސް މީހަކު މަރައި ނުވަތަ މެރުމަށް އަމުރުކޮށްފައިވާ މީހެއް ނޫނެވެ. ޝައިތާނު އިމްރާން މަރުވެފައިވާ މީހުންގެ ނަމުގައިވެސް ކުރަނީ މާތް ﷲ ނަހީކުރައްވާފައިވާ ކަންތައްތަކެވެ. ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ!

މާތް ﷲ ދިވެހި މުޖުތަމައު  މައްލޫނު ޝައިތާނު އިމްރާނުގެ ކިބައިން ސަލާމަތްކުރައްވާ ދޭވެ! އާމީން!

ނޯޓް: މިލިޔުމުގައި ބޭނުންކޮށްފައިވާ ބައެއްބަސްތަކަކީ ލިޔުންތެރިޔާ އެއްގޮތަކަށްވެސް ބޭނުންކުރުމަށް ބާރުއަޅާ ބަސްތަކެއް ނޫނެވެ. ނަމަވެސް މިއަދުގެ ހާލަތުހުރިގޮތުން އެބަސްތައް ބޭނުންކުރުމަށް މަޖްބޫރުވީއެވެ. އެކަމަށް ނިހާޔަތަށް މައާފަށް އެދެމެވެ.

ޝޭހު އިލްޔާސް ފިރިހެނުންތަކެއް “އޮރިޔާން” ކުރަން ބޭނުންވަނީ ކީއްވެބާ؟
- އިބްރާހިމް އަލީ -

ޝޭހް އިލްޔާސް އަކީ ރާއްޖޭގެ ރައްޔިތުން އެއްއިރެއްގައި ވަރަށް ބޮޑަށް އިހްތިރާމް ކޮށް އުޅުނު ޝޭހެކެވެ. ނަމަވެސް، އޭނާގެ  ނުބައި އަމަލުތައް ތިލަ ވަމުން ދިޔަ ވަރަކަށް އޭނާއަށް ލިބިފައިވާ އިހްތިރާމް އާއި ގަދަރު ވަނީ ކުޑަވެގެން ގޮސްފައެވެ.

ރޭގައި އާޓިފިޝަލް ބީޗްގައި އިލްޔާސް ދެއްކި ވާހަކަތަކަކީ އޭގެ މިސާލެކެވެ. އޭނާ ވަރަށް ބޮޑަށް ޖަޒުބާތުގައި ހުރެ ދެއްކި ވާހަކައެއްގެ ތެރެއިން ބޭއިހްތިޔާރުގައި ބުނެވުނީ ރައްޔިތުންގެ މަޖްލީސް ގެ ގާނޫނުލް އުގޫބާތު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން އޮރިޔާން ކުރާނެ ކަމަށާއި އެކަން ނުކޮށްފިނަމަ އޭނާގެ ނަމަކީ އިލްޔާސް އެއް ނޫން ކަމަށެވެ.

އިލްޔާސް އަކީ މުޖުތަމަޢުގައި ޝެއިހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ މީހަކަށް ވާއިރު، ޝޭހެއްގެ ފުށުން ފެންނަންޖެހޭ މަޑުމައިތިރި ކަމާއި ބަސްމޮށުންތެރި ކަމުގެ ތެރެއިން ނެއްޓި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖްލީހުގެ ފިރިހެން މެމްބަރުންތަކެއް އޮރިޔާން ކުރާނެ ކަމަށް ބުނި ބުނުމަށް ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ރައްޔިތުންގެ މަޖުލީހަކީ ރާއްޖޭގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤާނޫނީ މުއައްސާއެކެވެ. ދައުލަތުން ތިން ބާރުގެ ތެރެއިން އެއްބާރެވެ. މަޖްލީހުގެ ކޮމެޓީއަކުން އިލްޔާސް ހާޒިރު ކުރުމަށް ނިންމީ އެކޮމެޓީގެ މަސައްކަތާ ގުޅޭ ގޮތުން އިލްޔާސް ދެއްކި ވާހަކަތަކަކާ ގުޅިގެން މައުލޫމާތު އޮޅުން ފިލުވުމަށެވެ. އިލްޔާސް އަކީ ރާއްޖޭގެ ރައްޔިތެއް ކަމަށް ވީހިނދު، ރާއްޖޭގެ ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރި ކޮށް ހިތަން ޖެހެއެވެ. މަޖްލީހުގެ ކޮމެޓީއަކުން ހާޒިރު ވުމަށް އަންގާއިރަށް، އެކޮމެޓީގައި ތިބި މެމްބަރުން އޮރިޔާން ކޮށްލާނެ ކަމަށް ބުނެ ފާޑުފާޑުގެ އިންޒާރު ދީ ގަދަ ބަސް ބުނާކަށެއް ނުޖެހެއެވެ. އެ ކޮމެޓީއަށް ހާޒިރުވެ މެމްބަރުން ކުރައްވާ ސުވާލުތަކަށް ތިމާ ބޭނުން ގޮތަކަށް ޖަވާބު ދެއްވުމަށްފަހު ގެއަށް މަޑުމައިތިރި ކަމާއެކު ވަޑައިގަތީމަ ނިމުނީ އެވެ. ޝެއިހެއްގެ ފަރާތުން ފެންނަންޖެހޭ ރީތި އުސޫލަކީ އެއީ ނޫންތޯއެވެ!

މީގެ އިތުރުން ފާހަގަ ކޮށްލަން ޖެހޭ އަނެއް މުހިއްމު ނުކުތާއަކީ، އިލްޔާސް ދަރުސްތަކުގައި ވަރަށް ގިނައިން ޖިންސީ އެދުންތަކާއި ވަހުޝީ އަމަލުތަކުގެ ވާހަކަ އާއި ބަސްތައް ގިނަވެފައިވާ ކަމެވެ. މެމްބަރުން ‘އޮރިޔާން’ ކުރާނެ ކަމަށް ބުނުމަކީ މީގެ ދަލީލެކެވެ.

މެމްބަރުން އޮރިޔާން ކުރާނެ ކަމަށް ވަރަށް ސަރީހަ އިބާރާތުން އިލްޔާސް ބުނި ބުނުން ދިފާއު ކުރެވޭތޯ ބަޔަކު މަސައްކަަތް ކުރަމުން ދެއެވެ.

ނަމަވެސް، ދީނީ ޝެހެއްގެ ތޮފި އަޅުއްވައިގެން ހުރެ އިލްޔާސް އޭނާގެ ވާހަކަތަކުގައި އާދަޔާ ހިލާފަށް ޖިންސީ އެދުންވެރި ކަމުގެ ވާހަކަތަކާއި ވަހުޝީ އަމަލުތަކުގެ ވާހަކަ ދައްކަމުގެ ދިއުމުގެ ނަތީޖާއަކަށް ވެފައިވަނީ، އޭނާގެ ނިޔަތާމެދު ރާއްޖޭގެ ގިނަ ބަޔަކު ސުވާލުކޮށް، އަދި އޭނާ އަކީ ކޮން ކަހަލަ އިންސާނެއް ކަމާމެދު ގިނަބައެއްގެ ގިނަ ރައްޔިތުންތަކެއް ޝައްކު ކުރަން ފެށުމެވެ.

އިލްޔާސް އަކީ ދޭތެރެ ދޭރެއިން ޕެރަޑައިސް އައިލެންޑް ރިސޯޓަށް ގޮސް އުޅޭ މީހެކެވެ. އެތަނުގެ ‘އަރާމު ސްޕާ ‘ ގައި ޣައިރު ދީންތަކުގެ ހިލޭ އަންހެނުންގެ ކުރިމަތީގައި އޮރިޔާންވެ ހަށިގަނޑަށް އަރާމާއި ލައްޒަތު ހޯދައި ގަތުމަށް ހިލޭ އަންހެނުންގެ އަތްތަކުން މަސާޖު ހޯދުމަކީ އިލްޔާސް މިހާރުވެސް ދޭތެރެ ދޭތެރެއިން ކުރާ ކަމެކެވެ. މިއީ ދޮގު ވާހަކައެއް ނޫނެވެ.  ޕެރަޑައިސްގައި މިކަން ހިންގާ މީހުންގެ ތެރޭގައި ހިލޭ އަންހެނަކާއެކު ގުޅުން ހިންގަނިކޮށް ވީޑިއޯއަކުން ބަސްޓުވެފައިވާ ޝަހީމް އަލީ ސައީދު ވެސް ހިމެނެއެވެ. ގަބޫލުފުޅު ނުކުރެއްވޭނަމަ މިމީހުން ކައިރިން ސުވާލު ކުރައްވާށެވެ! ޕެރަޑައިސް ގެ ބައެއް ސްޓާފުންނާއި ވެރިން މިކަމަށް ހެކިވާނެއެވެ!

އެހެން މީސް މީހުން އޮރިޔާން ކުރާ ވާހަކަ ދައްކަނީ މި މީހުންގެ ވިސްނުމާއި ފިކުރު ވަހުޝީ ހިޔާލުތަކުން ތަޢައްޔަރު ވެފައިވާތީ ކަމާމެދު ޝައްކެތް ނެތެވެ.

ތިމާއަށް ލިބިފައިވާ ވާހަކަ ދެއްކުމުގެ ހުނަރު ބޭނުން ކޮށްގެން މަދު ރައްޔިތަކު ހައްދާލެވުނަސް، ހަޤީޤަތް އެނގޭ މީހުން  އޮޅުވައެއް ނުލެވޭނެއެވެ.

ރައްޔިތުންގެ މަޖްލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު ނިހާން ވެސް އެމްޑީޕީ އަށް!
ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު އެމްޑީޕީ އަށް ވަރަށް އަވަހަށް ސޮއި ކުރުމަށް ނިމެމުން ދާކަން ވަރަށް އިތުބާރު ހުރި ގޮތަކަށް އެންޑީއޯ އަށް އެނގިއްޖެއެވެ.

ނިހާން އެމްޑީޕީއަށް އައުމުގެ އިމްތިޒާމްތައް ތަކާއި މަޝްވަރާތައް މިވަގުތު ބެންކޮކްގައި އޭނާއާއި އެމްޑީޕީގެ މަޖްލިސް މެމްބަރުންތަކަކާއެކު ކުރިއަށް ދާކަމުގެ މައުލޫމާތުވެސް އެންޑީއޯ އަށް ވަނީ ލިބިފައެވެ.

މީގެ ކުރިންވެސް ނިހާން އެމްޑީޕީ އަށް ސޮއިކުރާނެ ކަމުގެ ވާހަކަ މާލެތެރޭގައި ފެތުރިފައިވެއެވެ. ނަމަވެސް، ޓީވީގައި ނިހާން ވަނީ ވަރަށް ބޮޑަށް އެކަން ދޮގުކޮށް އެމްޑީޕީ އަށް ފާޑު ކިޔާފައެވެ. އަދި އޭނާގެ މިހާރު ޓްވީޓުތަކުގައި ކޮންމެވެސް ވަރަކަށް އެމްޑީޕީ އަށް ރައްދުވާ ގޮތަށް ފާޑު ކިޔާފައިވާ ކަންވެސް ފާހަގަ ކުރެވެއެވެ.

އަދި ހަމަ މިމަހުގެ ތެރޭގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ މެރިކަލްޗަރ އާއި ބެހޭ ޕޯސްޓަރެއް ހިފައިގެން ނިހާން ހިނިތުންވެ ހުރި ނަގާފައިވާ ފޮޓޯއެއް ވަނީ އާއްމުކޮށްފައެވެ.

ނިހާން އެމްޑީޕީ އަށް އައުމުގެ ވާހަކަތައް ކުރިއަށް ދާއިރު، ރާއްޖޭގެ މަސްރަހު މިހާރު ހުރި ގޮތުގެ ހަޤީޤަތް ހާމަ ކުރެއްވުމުގެ ގޮތުން ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަތަކުގެ މާނަ އޮޅުވައިގެން ސިޔާސީ ފަރާތްތަކުން އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރާނެ ކަމަށާއި އެހެން ކަމުން އެފުރުސަތު އެފަދަ ފަރާތްތަކަށް ނުދެއްވުމަށް އެމްޑީޕީގެ ކިބައިން ނިހާން އެދިފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އަދި މިހާތަނަށް ހުރި ނިހާން އަކީ ޕީޕީއެމްގެ ޕޯޑިއަމްތަކުން އާއްމުކޮށް ފެންނަމުންދާ ފަރާތެކެވެ. އަދި ރައީސް ނަޝީދު އާއި އެމްޑީޕީ އަށް ވަރަށް ފާޅުގައި ފާޑު ވިދާޅުވަމުން އަންނަ ފަރާތެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ރިޔާސީ އިންތިހާބު ކުޑަތަން ވަމުން އަންނައިރު، އެމްޑީޕީ އަށް ގުޅެމުންދާ މަޖްލިސް މެމްބަރުން އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. ނިހާން ގެ އިތުރުން، ޑީއާރުޕީގެ މަޖްލިސް މެމްބަރު މުހައްމަދު ހުސެން އާއި ޑީއާރުޕީގެ މަޖްލިސް މެމްވަރު އަލީ އާޒިމް އެމްޑީޕީ އާއި ގުޅޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްޑީޕީ އަށް ނިހާން  ދިއުމުގެ ވާހަކަތައް ކުރިއަށް ދާއިރު، ނިހާން ޕީޕީއެމް އިން ވަކިވެ ޖުމްހޫރީ ޕާޓީ އަށް ދާން އުޅޭ ކަމުގެ ވާހަކަ ތަކެއްވެސް ދެކެވެމުން އެބަދެއެވެ.

މައުމޫނު ބެއްޔާގެ ފިކުރު!
-މުދިންބެ-

ރާއްޖޭގެ ރައްޔިތުންގެ ލޭބޮއެގެން 30 އަހަރު ވަންދެން ވެރިކަން ކުޅަ ސީދީގެ މައުމޫނު ބެއްޔާ އަކީ މިރާއްޖޭގައި އުފެދުނު އެންމެ ލާދީނީ ފިކުރުގެ ވެރިޔާ ކަމާމެދު މުދިންބެ ޝައްކެތް ނުކުރަމެވެ. މުދިންބެ އަށް އެނގޭ ގޮތުގައި ރާއްޖޭގެ ގިނަ ދީނީ އިލްމުގެ ވެރިންތަކެއްގެ އިއްތިފާޤުން މައުމޫނު ބެއްޔާ އަކީ ލާދީނީ ފިކުރުގެ މީހެއް ކަމަށް ނިންމައި ސޮއިކޮށްފައިވެސްވެއެވެ. މިހާ ގިނަ އިލްމު ވެރިންތަކެއްގެ ބޮޑު މަޝްވަރާ އަކަށް ފަހު އިއްތިފާޤުން ބެއްޔާ އަކީ ލާދީނީ ފިކުރުގެ މީހެއް ކަމުގައި ނިންމައި އެންމެން ސޮއި ކުރުމަކީ މުދިންބެ ހަޔާތުގައި މިރާއްޖޭގައި ވެފައި ހުރި ކަންތައްތަކެއް ނޫނެވެ.

މައުމޫނު ބެއްޔާ އަކީ މިޤައުމުގައި އުފެދުނު އެންމެ ލާދީނީ ފަރާތްކަމާމެދު  އެދުވަހަށް ފަހު ޝައްކެތް ނުކުރަމެވެ.

އެހެން ހުއްޓާ ، ރޭގައި ބެއްޔާ ކުއްލި އަކަށް ބުނި އެއްޗަކުން މުދިންބެ އަށް ކުޑަކޮށް އޮޅޭގޮތް ވެއްޖެއެވެ. ބެއްޔާ ރޭގައި ބުނީ ބެއްޔާ ފިކުރު ނޫން އެހެން މީހުން ނަކީ ލާދީނީ ފިކުރު ކަމަށެވެ. ބެެއްޔާގެ ފިކުރަކީ ދީނީ އަދި ޤައުމީ ފިކުރު ކަމަށެވެ.

ދީނީ އިލްމުވެރިން ނިންމި ނިންމުމާ އެއް ގޮތަށް ރާއްޖޭގައި ހުރި އެންމެ ބޮޑު ލާދީނީ ފިކުރުގެ މީހާއަކީ ބެއްޔާ ކަމަށް ގަބޫލު ކޮށްގެން ހުއްޓާ ބެއްޔާ ރޭގައި މިބުނި އެއްޗަކުން ބެއްޔާގެ ހާލާމެދު މުދިންބެ ހަމްދަރުދީ ވާން ފަށައިފިއެވެ. މުދިންބެ އަށް ހީވާ ގޮތުގައި ބެއްޔާ މުސްކުޅިވެ ގައިގެ ބާރު ދެރަވެފައިވާ އިރު، ވިސްނުން ކޮށިވެ ހަނދާން ނެތުމުގެ ސަބަބުން މިފަދަ ވާހަކަ ތައް ދެއްކެނީއެވެ.

މުދިންބެ އަށް ބޮޑަށް ލަފާ ކުރެވޭ ގޮތުގައި ރޭގައި ބެއްޔާ ބުނަން އުޅުނީ، ބެއްޔާ އާއި ބެއްޔާގެ ޕާޓީގެ ފިކުރަށް ތާއީދު ކުރާ މީހުންނަކީ ލާދީނީ ފިކުރުގެ މީހުން ކަމަށެވެ. އެހެން ބުނަން ހަދައިގެން ބެއްޔާ އަށް އިނދިކޮޅަށް ބުނެވުނީއެވެ. ބެއްޔާ އެހެން ބުނުމުން ނުވިސްނޭ ބައެއް ޒުވާން ކުދިންނަށް އޮޅޭ ގޮތްވަނީ ވެފައެއެވެ. މުދިންބެ މިވާހަކަ މިލިޔަނީ އެކުދިންނަށް ބެއްޔާ ބުނަން އުޅުނު އެތި ރަނގަޅަށް އޮޅުން ފިލުވައި ދިނުމުގެ ބޭނުމުގައެވެ.

ކުދީންނެވެ. ކަނުލައިގެން އަޑު އަހައިގެން ތިބޭށެވެ.

މަދިރި ބެއްޔާ އަށް މިހާރު 78 އަހަރު ވެއްޖެވެ. ބެއްޔާގެ ދެމަފިރިން މިހާރު އެތިބީ މުސްކުޅި ހާލުގައެވެ. ދެމަފިރިން މުސްކުޅިވެ ހަންޓޮއްޓޯ ވިއިރުވެސް، ބެއްޔާގެ އަންހެނުންގެ އައުރު ނިވާ ކުރުމަކީ ބެއްޔާ އެހާ ރުހޭ ކަމެއް ނޫނެވެ. ބެއްޔާގެ ދެމަފިރިންގެ ފަހުދުވަހާއި ޖެހެންދެންވެސް ބެއްޔާގެ އަންހެނުން ހުންނާނީ އޮރިޔާން ހާލުގައި އައުރަ ނިވާނުކޮށް ކަމަށްވެއެވެ. ބެއްޔާއަށް ލިބުނު ދެ އަންހެން ދަރިން މިހާރު ބޮޑުވެއްޖެއެވެ. އެދަރިންގެ އައުރަ ނިވާ ކުރުމަށްވެސް ބެއްޔާ ދުވަހަކުވެސް ބާރު އަޅާފައެއް ނުވެއެވެ. ބެއްޔާ ބުނަނީ އެއީ އިހްތިޔާރީ ކަމެއް ކަމަށެވެ. ބުރުގާ އެޅުމާ ބެހޭ ގޮތުން ބެއްޔާ އެ ގެންގުޅެނީ ސީދާ ލާދީނީ ފިކުރެއް ކަން ޔަޤީންތާއެވެ.

ބެއްޔާގެ ވެރިކަމުގައި، ބެއްޔާ އަކީ ޒުވާން ވުމަށްޓަކައި ބޮޓޮކްސް އާއި ކޮޓަކުސް މޫނަށް ޖަހައި އުޅޭ މީހެކެވެ. މިވެސް ލާދީނީ ފިކުރެއްގެ ތެރެއިން ބެއްޔާ ޒުވާން ކަން މަތީ ދެމިހުރުމަށް ކުރާ ކަންތައްތަކެވެ.

ބެއްޔާގެ ވެރިކަމުގައި، ބެއްޔާ ވަނީ ނިކަމެތި ރައްޔިތުންނަށް އެރައްޔިތުންގެ ފައިސާއިން އިންޖީނު ތަކާއި ދޯނިތައް ގަނެގެން ދީފައެވެ. ނަމަވެސް ބެއްޔާ ބުނަނީ އެއީ ބެއްޔާގެ އަމިއްލަ ޖީބުން ގަނެފައިވާ ތަކެތި ކަމުގައެވެ. ރައްޔިތުންގެ ފައިސާ މިހާ ހީލަތްތެރި ރޭވުމުގެ ތެރެއިން ބެއްޔާގެ ވެރިކަމުގައި ބޭނުން ކޮށްފައިވަނީ ބެއްޔާގެ ލާދީނީ ފިކުރުގެ  ތެރެއިންނެވެ.

ބެއްޔާ އަކީ އިސްލާމް ދީނަށް ނުހަނު ނަފްރަތު ކުރާ މީހެކެވެ. ބެއްޔާގެ ވެރިކަމުގައި 30 އަހަރު ފާއިތުވިއިރު ސަރުކާރުގައި އިސްލާމިކް މިނިސްޓްރީ އެއް ނެތެވެ. އޮންނަނީ މަތީ މަޖްލީހެކެވެ. އެ މަޖްލީހަކީ ދީނީ ފަތުވާ ދޭ ފަރާތްތައް ގެނެސް އެކަން ނުކުރުމަށް އިންޒާރުދޭ މަޖްލީހެކެވެ. އެމަޖްލީހުން ހުއްދަ ނުދޭ ބަޔަކު ދީނީ ވާހަކަ ދެއްކުމަކީ މަނާކަމެކެވެ. އަދި އެމަޖްލީހުގައި ހުންނަ އިސް ޝޭހްއަކީ ވަރަށް މޮޅު މީހެއް ކަމަށް ވިޔަސް، ބެއްޔާގެ ލާދީނީ ފިކުރާ އަރައިރުންވާ އެއްވެސް ވާހަކައެއް އެ ޝޭހަކަށްވެސް ދެއްކޭކަށް ނޯވެއެވެ.

ބެއްޔާގެ ލާދީނީ ފިކުރު ބޮޑު ކަމުންނާއި ބެއްޔާގެ ލާދީނީ ފިކުރާ ހިލާފު ވާހަކަ ތައް ދައްކާ އިލްމު ވެރިންނަށް އަދަބު ދޭތީވެ، ދީނީ އިލްމުވެރިން އަނގަފުޅާކޮށް ވާހަކަ ދެއްކުމަށް ފަސްޖެހެއެވެ. ބިރުގަނެ ތުރުތުރުވެސް އަޅައެވެ. ބެއްޔާގެ ލާދީނީ ފިކުރާ ހިލާފު ދީނީ ވާހައެއް ދައްކައިފި މީހެއްނަމަ ހައްޔަރު ކޮށް ބަންދުގައި ބަހައްޓައިގެން ތުބުޅީގައި ސޯސް ހާކައި އަނިޔާ ކުރާ ވާހަކަ އެނގޭ ނޫންހެއްޔެވެ. ނުހަނު ރީތިކޮށް ޤުރުއާން ކިޔަވައި ހުތުބާ ކިޔައި، ދަރުސް ތައް ދެމުން އައި ޝެއިޚް ފަރީދު އަށް މައުމޫނު ބެއްޔާ ކޮށްލީ ހާދަހާވާ ބޮޑެތި އަނިޔާއެކެވެ. އެފަކީރު މިއަދު ހިނގައި ބިނގާވެ އުޅުނަސް އެ އަނިޔާތަކުގެ ސަބަބުން މުޅި އުމުރަށް އެކަމުގެ ވޭން އުފުލަންވަނީ ޖެހިފައެވެ. މިއީ ބެއްޔާގެ ލާދީނީ އަދި ލާއިންސާނީ ފިކުރުގެ ތެރެއިން ހިންގާފައިވާ ބޮޑެތި ޖަރީމާތަކެވެ.

މަދިރި ބެއްޔާ އަކީ ވެރިކަމުގެ ދަހިވެތި ކަމުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ކޮށް ބައެއް މީހުން މަރާލުމުގައިވެސް ޒިންމާ ނަގަންޖެހޭ މީހެކެވެ. ބެއްޔާ ގެ ވެރިކަމަށް ފާޑުކިޔާ މީހުން ވަގުތުން ހައްޔަރު ކޮށްގެން ގެންގޮސް ޖަލަށްލައި ތަޅައި އަނިޔާކުރެއެވެ. ބައެއް މީހުން ވަނީ މަރެވެ. މަރުނުވާ މީހުން ނުކުޅެދޭ މީހުންނަށެވެ. ބެއްޔާގެ ވެރިކަން ދިފާއު ކުރުމަށްޓަކައި، މިދުނިޔެއިން ދުއްވާލީ ކިތައް ފުރާނަކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހެއްދެވި ފަރާތަށެވެ. މުދިންބެ އަށް އެނގެނީ އެއީ މަދު އަދަދެއް ނޫން ކަމެވެ.  އަޅެ ވިސްނާ ފިކުރު ކޮށްބަލާށެވެ. ބެއްޔާ އަކީ ހަމައެކަނި ލާދީނީ  ފިކުރުގެ މީހެއްވެސް ނޫންތާއެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި މިފަދަ ނޭއްގާނީ ޖަރީމާތައް ހިންގާނީ ހަމައެކަނި ލާދީނީ ފިކުރަށް ވުރެ ނުރައްކާތެރި ފިކުރު ތަކެއްވެސް ބެއްޔާގެ ހުރުމުންތާއެވެ.

އެހެން ކަމުން، މުދިންބެ ބުނެލަން ޖެހެނީ ބެއްޔާ އަކީ ހަމައެކަނި ލާދީނީ ފިކުރެއްގެ މީހެއް ނޫން ކަމެވެ. ބެއްޔާއަކީ ހިޓްލަރު ފަދަ ލާއިންސާނީ ފިކުރު ގެ ވެސް ވެރިއެކެވެ. ފިރުއައުނު ފަދަ ކިބުރުވެރި ފިކުރު ގެ ވެސް ވެރިއެކެވެ. ޕޮލްޕޮޓް ފަދަ ހުދުމުހުތާރު ފިކުރު ގެ ވެސް ވެރިއެކެވެ. ނޯތު ކޮރެއާގެ ކިމް ޖޮން އަން ފަދަ މޮޔަ ފިކުރު ގެ ވެސް ވެރިއެކެވެ.

ޑެންމާކުގައި ދެއްކެވި ވާހަކަތައް އަދާލަތުން އޮޅުވާލަފައިވާ ކަމަށް ޝެއިހް ހުސެން ރަޝީދު ވިދާޅުވެއްޖެ!
-ޖަންނަތު އަޝްފާޤް-

ރައީސް ނަޝީދު ޑެންމާކުގައި ދެއްކެވި ވާހަކަތައް އަދާލަތު ޕާޓީ އިން ދައްކަނީ ވާހަކައިގެ ހަޤީޤަތް ބަދަލުކޮށްގެން ކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް ކަމަށް ވިދާޅުވެ އެޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ އެޕާޓީގެ ފުރަތަމަ ރައީސް ޝެއިހް ހުސެން ރަޝީދު މިރޭ ވާހަކަ ދައްކަވައިފިއެވެ.

ޝެއިހް ރަޝީދު ވިދާޅުވީ ދީނީ އިލްމުވެރިންގެ ގޮތުގައި ތިބެ ކަމުގެ ހަޤީޤަތް އޮޅުވާލައި މިފަދަ ވާހަކަ ތަކެއް ދެއްކުމުގެ ސަބަބުން ދިވެހިރާއްޖޭގައި ދީނީ އިލްމުވެރިންނަށް އޮތް ގަދަރު ކުޑަވެ ދީނުގެ އަގު ވެއްޓެމުންދާ ކަމަށެވެ.

އަދާލަތު ޕާޓީ އިން އެހެން މީހުންނަކީ ލާދީނީ ބަޔަކު ކަމަށް ބުނާއިރު އަދާލަތު ޕާޓީއަށް ވުރެ ވަކި ލާދީނީ ބަޔަކު ތިބިތޯ ސުވާލު ކުރައްވައި ޝެއިހް ހުސެން ވިދާޅުވީ ބަޣާވަތް ކުރުމާއި ވެރި މީހާއާއި ދެކޮޅަށް ތެދުވުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެއް ކަން ކަނޑައެޅިގެން އެނގޭއިރު އެކަން އަދާލަތުން ކޮށްފައިވާ ކަމަށެވެ.

ޝެއިހް ހުސެން ރަޝީދު ވިދާޅުވީ، އަދާލަތުން ޕާޓީއިން  ދީނުގެ ނަމުގައި ދޮގު ވާހަކަތައް ފަތުރަނީ، ވަހީދު އަށް ކެމްޕެއިން ކުރުމުގެ ބޭނުމުގެ ކަމަށެވެ. އެކަން އެގޮތަށް ކުރަނީ ދީނުގެ ވާހަކަ ދައްކައިގެން މަދު ބަޔަކު ނަމަވެސް ހައްލާލައިގެން ވަހީދު އަށް ސަޕޯޓު ހޯދުމުގެ ނިޔަތުގައި ކަމަށާއި އެހާ ހިސާބަތް ކަންތައް ދިއުމުން ހިތާމަ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ދީން ‘ހިމާޔަތް’ ކުރި މީހާގެ ވާހަކަ!
-  ފިރުޝާން ޔޫސުފް –

މިހާރަކަށް އައިސް ސިޔާސީ ޕޯޑިއަމް ތަކުންނާއި އެކިއެކި ނަންނަމުގައި ޖަމާއަތްތައް ހަދައިގެން ދީން ހިމާޔަތް ކުރުމުގެ ނަމުގައި އަޑުއުފުލަމަމުން ދާތަން ފެނެއެވެ.

ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ހަދީސް ތަކުންނާއި ސިޔަރަތުން އަހަރުމެންނަށް އެނގޭ ގޮތުގައި ރަސޫލާ މުޙައްމަދު صلى الله عليه وسلم ދީނާ ގޮވާލައްވަން ފައްޓަވައި އެމަސްއޫލިއްޔަތު ފުރިހަމަ ކުރެއްވީ ހިނިތުންވެ ވަޑައިގަތުމާއެކު ރިވެތި ގޮތުގައި ދީނަށް ގޮވާލެއްވުމުގައެވެ. އެދުވަސްވަރު އުޅުނު ޣައިރު ދީންތަކުގެ މީހުންނާ މުހާތަބު ކުރެއްވުމުގައި ކީރިތި صلى الله عليه وسلم ގެންގުޅުއްވި ރިވެތި ސިފަތަކާއި އަހްލާޤް ފާހަގަ ކޮށްލަންޖެހެއެވެ.

ދީނަށް ގޮވާލުމުގެ ބަދަލުގައި ބަޔަކު މިއަދު ނުކުމެ ދީން ހިމާޔަތް ކުރާނަމޭ ކިޔައި ކީރިތި ރަސޫލާ صلى الله عليه وسلم  ސުންނަތާ ދިމާ އިނދިކޮޅަށް އަމަލުތައް ބަހައްޓައި ރުޅިގަދަވެ ލޭމައްޗަށް ދާ މަންޒަރުތައް ފެންނަމުން ދިއުމީ ހިތާމަ ހުރި ކަމެކެވެ.

ދީން ހިމާޔަތް ކުރުމަކީ ކޮބާ؟

މިރާއްޖޭގެ ދީނަކީ އިސްލާމް ދީނެވެ. މިރާއްޖޭގެ ރައްޔިތުން ތަބާވަނީވެސް އިސްލާމް ދީނަށެވެ. ދީނަކީ ބޭރުފުށުން ފެންނަ އަމަލުތަކަކާއި އެތެރެފުށުން ތިމާގެ އިމާންތެރިކަމާއި ގުޅިފައިވާ ކަމެކެވެ.

އަހަރެމެންނަށް މުސްލިމުންނޭ ކިޔަނީ ﷲ (سبحانه وتعالى) ގެ އެއްކައުވަންތަކަން ގަބޫލުކޮށް އެފަރާތަށް މެނުވީ އަޅުވެތި ނުވާނެ ކަމަށް ހިތުގެ އެންމެ އަޑިން ނިޔަތް ގަނެގެން އެ އަޤީދާގެ މަތީގައި އަހަރެމެން ތިބޭތީއެވެ.

ގިޔާމަތް ދުވަހާއި ހަމައަށް އިސްލާމް ދީން ގެއްލިގެން ނުދާނެ ކަން އަދި އެދީން ހިމާޔަތް ކުރައްވާނެ ކަމަށް ﷲ (سبحانه وتعالى) އަންގަވާ ފައިވާއިރު، އެކަނލާގެ ހެއްދެވި އިންސީންގެ ތެރެއިން ބަޔަކު ނުކުމެ، އިސްލާމް ދީން ހިމާޔަތް ކުރާނެ ބަޔަކީ ތިމާމެން ކަމަށް ބުނުމުގެ ފަހަތުގައި ވަނީ ކޮން މާނައެއް ހެއްޔެވެ؟ ފަހަރުގައި އެއީ މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީވަންތަ ކަން ދެމެހެއްޓުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ދެން އުފެދޭ ސުވާލަކީ މި މުޖުތަމަޢުގައި އިސްލާމީވަންތަ ކަން ނަގަހައްޓައި އިސްލާމީ އުސޫލުތައް ދިރުވައި، އިސްލާމް ދީނުގައި ފައިތިލަ ސާބިތު ކުރުމުގެ މަގުގައި ދެމިތިބުމަށް އެންމެ ބޮޑަށް ބާރުއަޅައި މަސައްކަތް ކުރާ ފަރާތަކީ ކޮބައިތޯ އެވެ.

ބޭސް ފަރުވާއަށް ސަލާން ޖެހުން  ނައްތާލުމަކީ ދީން ހިމާޔަތް ކުރުން ނޫންބާ؟

އިންސާނާ މާޔޫސްވެ ފިކުރު ބޮޑުވެ ގޮތް ހުސްވާ އެއް ސަބަބަކީ މަންމަ އަށް ނުވަތަ ބައްޕަޔަށް ނުވަތަ ދަރިޔަކަށް ބޮޑު ކަމެއް ދިމާވެ ބޭސްކުރަން މަޖުބޫރު ވާހިނދު އަތުގައި އެކަން ކުރާނެ ފަދަ ތަނަވަސްކަމެއް ނެތި ހަނދާނެ ގޮތް ހުސްވާ ހިނދުކޮޅުގައެވެ.

އެވަގުތު އެހީއަށް އެދި އާދޭހުގެ ސިޓީތައް ފައިސާހުރި މަހުޖަނުންގެ އަރިހަށް ފޮނުވުން ނޫން ގޮތެއް ނޯވެއެވެ. ނޫނީ ޤައުމުގެ ވެރިއަކަށް ހުންނަ ‘އިއްޒަތެރި މަނިކުފާނު’ އަށް ސަރުކާރުގެ އެހީ ހޯދުމަށް ސިޓީ ފޮނުވުން ނޫން ގޮތެއް ނެތެވެ.  ފައިސާކޮޅެއް ލިބޭތޯ ކުރެވެން ހުރިހުރިހާ މަސައްކަތެއް ކުރެވެއެވެ. ތިމާ މަޖުބޫރީ ހާލަތަކަށް ވެއްޓިގެންދެއެވެ.

ދައުލަތުން ބޭސްފަރުވާ ކުރެވޭނެ ގޮތް ހެދުމުގެ މަހުޖަނުންނާއި ސަރުކަރުގެ އިސް ވެރިންގެ އަޅުވެތި ކަމުން ދިވެހި އިންސާނާ ސަލާމަތްވެއެވެ. މަހުޖަނެއްގެ ފައިބުޑަށް ވެއްޓި ސަލާން ނުޖަހައި ދިރިހުރުމުގެ ހައްޤު ލިބުމަށް ނަސީބު ލިބުމަށް މަގުފަހިވެގެންދެއެވެ. އެހެން ކަމަށްވާނަމަ، ބޭސްފަރުވާ އަށް ސަލާންޖެހުން ނައްތާލުމަށް ކުރެވޭ މަސައްކަތަކީ އިސްލާމް ދީން މިރާއްޖޭގައި ހިމާޔަތް ކުރުމަށް ކުރެވޭ ވަރަށް މާތް މަސައްކަތެކެވެ.

ބޯހިޔާވަހިކަން ހޯދައި ދިނުމަކީ ދީން ހިމާޔަތް ކުރުން ނޫންބާ؟

އިސްލާމް ދީނަކީ މައިން ބަފައިން އެމީހުންގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކޮށް ބޮޑުކުރުމުގެ މަސްއޫލިއްޔަތާއި ޒިންމާ ރަނގަޅަށް އުފުލުމަށް ގޮވާލާ ދީނެއް ކަން އަަހަރުމެން އެންމެންވެސް ދަންނަމުއެވެ. ނަމަވެސް، ހިތާމައަކީ، ގޭގައި ޖާގައިގެ ތަނަވަސްކަން ނެތުމުގެ ސަބަބުން، މުޅި އާއިލާ ކުޑަ ކޮޓަރިއެއްގެ ތެރޭގައި އުޅެން ޖެހެން މަޖުބޫރުވުމެވެ. މީގެ ސަބަބުން ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހި ވަރިވާ ހިސާބަށް ގިނަފަހަރު ދެއެވެ. އޭގެ ސަބަބުން ކުދިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ހަވާލުވެފައިވާ އެއް ފަރާތް ކުދިންނާ ދުރުވާން މަޖުބޫރުވެއެވެ. ކުޑަ ކޮޓަރިތަކުގައި އާއިލާތައް ދިރިއުޅެން ޖެހުމުގެ ސަބަބުން ކިޔަވާލާނެ ތަންކޮޅެއް ނުލިބި ދިއުމުގެ ސަބަބުން ތައުލީމް ހޯދުމަށްވެސް ހުރަސްއެޅެއެވެ. ދީނުގައި އަންގަވާފައިވާ އެތަކެއް ކަމެއް ރަނގަޅު ގޮތުގައި ކުރުމަށް ޖާގައިގެ ދަތިކަމުން ހުރަސް އެޅޭއިރު، ބޯހިޔާވަހިކަން ރާއްޖެއަށް ހޯދައި ދިނުމަށް ކުރާ މަސައްކަތަކީ ދީން ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތަކަށް ނުވޭހެއްޔެވެ؟

މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުމަކީ ދީން ހިމާޔަތް ކުރުމެއް ނޫންތޯއެވެ؟

ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުން ތިބީ މަސްތުވާތަކެއްޗަށް އަޅުވެތި ވެފައެވެ. ދީނުގައި ކުރުން ހަރާމް ކަމެކެވެ. އަދި، އެކަމެއް ކުރުމުން ދީނާ މީހާ ދުރުކުރުވާ ކަމެެއްވެސް މެއެވެ. ދެން އުފެދޭ ސުވާލަކީ އެހުރިހާ ކުދިން ޖަލަށް ލާންވީ ހެއްޔެވެ؟ ކުށްވެރިންނަށް އިސްލާމް ދީނުގައި ތައުބާ ވުމަށް ގޮވާލައެވެ. ކުށެއް ކުރެވުނަސް ތައުބާވެ ﷲ (سبحانه وتعالى) އެންގެވި މަގަށް އެނބުރި އައުމަށް ގޮވާލައެވެ. ﷲ (سبحانه وتعالى) އަކީ ތައުބާ ގަބޫލު ކުރެއްވުމުގަޔާއި ފާފަ ފުއްސެވުމުގައި ދީލާތި ކަނލާގެއެވެ. ހެޔޮމަގަށް މީހަކު އަނބުރާ ރުޖޫއު ކުރުވުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ.  މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ދީނާއި ދުރުވެފައި ތިބި ކުދިންތަަކަށް ފަރުވާދީގެން ރީހެބިލިޓޭޓް ކޮށް އެމީހުން އަނބުރާ ރަނގަޅު މީހުންގެ ގޮތުގައި ހަދައި، އެމީހުން ކުރެވޭ ފާފަތަކުން އެމީހުން މިންޖު ކުރުމަށް މަސައްކަތް ކުރުމަކީ ދީން ހިމާޔަތް ކުރުން ނޫންތޯއެވެ؟

ރަށުބަންދުން ސަލާމަތްކޮށް ދަތުރު ފަތުރުގެ ނިޒާމް ގެނައުމަކީ ދީން ހިމާޔަތް ކުރުން ނޫންތޯ؟

ދަތުރު ފަތުރު ކޮށް އެހެން މީހުންނާއި ބައްދަލުވެ ފެނިދެނިވެ ހެދުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އަދި އިލްމު އުގެނުމަށާއި ﷲ (سبحانه وتعالى) ގެ ދީން އޮޅުން ފިލުވައިދިނުމަށާއި، ތަރައްޤީ އާއި ތަމައްދުން ހޯދުމަށް ދަތުރު ފަތުރު ކުރާންޖެހެއެވެ. އަދި އެކަންތައްތަކަކީ އިސްލާމް ދީނުގައި ނުހަނު ބާރުއަޅުއްވާފައިވާ ކަންތައްތަކެވެ. ރާއްޖޭގެ އެކަހެރި ރަށްރަށުގައި ބަންދުވެ ދުނިޔޭގައި ވާނުވާނޭގި ތިބި ރައްޔިތުން ރަށުބަންދުން ފިލުވުމުގެ ނިޔަތުގައި މަސައްކަތް ކޮށް ދަތުރު ފަތުރުގެ ނިޒާމެއް އެކަށައެޅުމުގެ މަސައްކަތް ކުރުމަކީ ދީން ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ނުވޭހެއްޔެވެ؟

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީ މުޖުތަމަޢުހައި ހަމަހަމަކަން ޤާއިމް ކުރުމަށް ޓެކުސް ނެގުން ދީން ހިމާޔަތް ކުރުން ނޫންތޯ؟

އިޖުތިމާއީ ރައްކާތެރިކަން ނުވަތަ މުޖުތަމަޢުގައި އެހީތެރިކަމާއި އަޅާލުމަށް ބޭނުންވާ މުސްކުޅިންނާއި ކުޑަކުދިންނާއި އެކަނިވެރި މައިންނާއި މިނޫންވެސް މިފަދަ ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށްގެނެވެ. އެގޮތުގެ މަތިން، އިމްޕޯޓު ޑިއުޓީ، ޓީޖީއެސްޓީ، އަދި ޖީއެސްޓީ ފަދަ ޓެކްސް ދިވެހިރާއްޖޭގައި މިހާރު ދަނީ ނެގެމުންނެވެ. މި ދެންނެވި ޓެކުސްތަކަކީ މުދާ ނުވަދަ ހިދުމަތް ލިބޭމިހާ ދައްކާ އެއްޗެކެވެ. ނަމަވެސް، ޓެކްސް ދެއްކުމަށް ބޮޑެތި ވިޔަފާރިވެރިން އުޒުރު ވެރިވެއެވެ. މައްސަލައަކަށް ވަނީ ވިޔަފާރިގެ ފައިދާއިން ނެގޭ ޓެކްސް (ކޯޕަރޭޓް ޓެކްސް) އާއި ގޯތި ގެދޮރު ގެ ކުލިން ނެގޭ ޓެކްސް އަދި ވަކިން ހާއްސަކޮށް އަމިއްލަ މީހާގެ އާމްދަނީ އިން ނެގޭ އިމްކަމް ޓެކްސް ދެއްކުމަށެވެ. އިސްލާމް ދީނުގައި ޒަކާތު ދެއްކުމަކީ ވާޖިބެއްކަމުގައި ކަނޑައަޅުއްވާފައި ވުމުގެ ވަރަށް މުއްހިމު ބޭނުންތަކެއް ވާކަމަށް ދީނީ އިލްމުވެރިން ބުނެއެވެ. ޒަކާތުގެ އެއްމެ މުހިއްމު އެއް ބޭނުމަކީ މީސް މީހުންގެ މެދުގައި ތަފާތު ކުޑަ ކުރުމުގެ ނިޒާމެއް ގާއިމް ކުރުން ކަމުގައި ދީނީ އިލްމުވެރިން ބުނެއެވެ.

މަތީގައި ދެންނެވި 3 ޓެކްސް އިން 2 ޓެކްސް ނަގަން ފެށުމާއިއެކު ބޮޑެތި ވިޔަފާރިވެރިން އަޑީގައިތިބެ “ދީން ހިމާޔަތް ކުރަނަމޭ ބުނެ” ހަޅޭލެއްވި ތަން އެންމެހާ ރައްޔިތުންނަށް ފެނިފައި ވެއެވެ. އަދި ޓެކްސްގެ ނިޒާމު ރަނގަޅަށް ފުރިހަމަ ނުވަނީސް އަދި އެކަން ކުރިޔަ ނުދިނުމަށްޓަކައި ބަޔަކު ‘ދީނާއި މިނިވަންކަމުގެ’ ނަމުގައި ނުކުމެ ގެނައީ 7 ފެބްރުއަރީ 2012 އިގެ ބަގާވަތެވެ. އެދުވަހުގެ ފަހުން ތިބާގެ ތެރެއިން އެއްވެސް ބޭފުޅަކު ‘އިމްކަމް ޓެކްސް’ ގެ ވާހަކަ އަޑުއެއްސެވިންތޯއެވެ؟

ޓެކްސް ނަގައިގެން ލިބޭ ފައިސާއިން މުތަމަޢުގައި އެހީތެރިކަން ބޭނުންވާ ނިކަމެތިންނާއި ފަގީރުންނަށް ހޭދަ ކޮށް އެފަދަ މީހުންނަކީ ތާހިރު ދިރިއުޅުމެއް އުޅެވޭނެ ފަދަ ބަޔަކަށް ހަދައި ދިނުމަކީ ދީން ހިމާޔަތް ކުރުން ކަމަށް ނުވޭތޯއެވެ؟

ނިމުން

އަޅުގަނޑުމެންނަކީ މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން ފެށިގެން އިސްލާމް ދީން ގަބޫލުކޮށްގެން ތިބި ބަޔަކީމުއެވެ. ނަމަވެސް، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތްތަކަށް ދިރިއުޅުން ބައްޓަން ކުރުމަށާއި އަދި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެން ސާބިތުވެ ތިބުމަށް އަޅުގަނޑުމެންނަށް ތަފާތު ގޮންޖެހުންތަކާ އައީ ދިމާވަމުންނެވެ. ހާއްސަކޮށް ވެރިކަމުގައި ތިބޭ ފަރާތްތަކަށް އަޅެވެތިވެ އަޅުދާސްވުމާއި ފަގީރު ކަމުގެ ސަބަބުން މުއްސަނދިންނަށް އަޅުވެތި ވުމާއި، މަސްތަކުވާތަކެތީގެ އަޅަކަށްވުމާއި، ތަނަސްކަން ނެތުމުގެ ސަބަބުންނާއި ގޯތިގެދޮރުގެ ތާށިކަމާހެދި އިސްލާމީ ސާފު ތާހިރު ދިރިއުޅުމެއް އުޅުމަށް ދަތިތަކާ ދިމާވެފައިވެއެވެ.

މިހުރިހާ އަޅުވެތިކަމަކުން ރައްޔިތުން މިންޖުކޮށްދީ ސާފު ތާހިރު ދިރިއުޅުމެއް އެންމެހާ ރައްޔިތުންނަށް ހޯދައިދިނުމަށް ވައުދުވެ، އެކަން ކުރުމަށް ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުން އައިސްފައިވަނީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ކެނެރީގެ މުހައްމަދު ނަޝީދުއެވެ. އެހެން ކަމަށްވާނަމަ، ﷲ (سبحانه وتعالى) ގެ މާތް ކުރެއްވި އިސްލާމް ދީން  ’ހިމާޔަތް’ ކުރުމުގެ މަސައްކަތުގެ އެންމެ ކުރީގައި ހުންނެވީ ކެނެރީގޭ މުހައްމަދު ނަޝީދު އެވެ.

އަދާލަތުން ބޮޑު ދެ ޕާރޓީ ޕީޕީއެމް އާއި އެމްޑީޕީ ނައްތާލުމުގެ ހީލަތްތެރި މަސައްކަތުގައި!
ރާއްޖޭގައި މިވަގުތު ރެޖިސްޓްރީ ވެފައިވާ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ އަދި ޕީޕީއެމް ނައްތާލުމަށް ހީލަތްތެރި ރޭވުމުގެ ތެރެއިން އަދާލަތު ޕާޓީއާއި ވަހީދު ހަސަން މަނިކު ގުޅިގެން މަސަކަތް ކުރަމުންދެއެވެ.

‘ރައްޔިތުން މަޖުލިސް ރައްޔިތުންނަށް’ ނަމުގައި ‘ގައުމީ ހަރަކާތުން’ މިމަހުގެ ކުރީ ކޮޅުގައި އާޓިފިޝަލް ބީޗްގައި ބޭއްވި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ހައްދު ފަހަނައަޅާފައިވާ ޝޭހް އިމްރާން ބުނެފައިވަނީ މިރާއްޖޭގައި އޮތީ މައިގަނޑު ދެ ސިޔާސީ ފިކުރު ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށާއި އެ ދެ ފިކުރަށްވުރެ ޤައުމީ ފިކުރު ބޮޑު ކަމަށެވެ.

އިމްރާނު ފަދަ ވަހީދު އަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ނިޔަތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ދެ ބާރުގެ ދުވަސް ދުއްވާލެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކީ ޕީޕީއެމް އާއި އެމްޑީޕީ އަށް ތާއީދު ނުކުރާ މީހުން ކަމަށް ބުނެ އާއްމު ތަންތަނުގައި އަދާލަތުންނާއި ވަހީދުގެ ޕާޓީ އިން ދަނީ އަޑުފަތުރަމުންނެވެ.

ދާދި ފަހުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަކީ ލާދީނީ ފަރާތެއް ކަމަށް ބުނެ ހަޤީޤަތް އޮޅޭ ގޮތަށް ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް އަދާލަތުން ވަނީ ހަށުކަށި ބަޔާނެއް އިއްޔެ ނެރެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމް އާއި ބެހޭގޮތުން ވެސް އެފަދަ ހަރުކަށި ބާޔަނެއް އަދާލަތުން ނެރުމަށް ދަނީ ވިސްނަމުންނެވެ. ރައްޔިތުންގެ ހިތްތަކުގައި ޔާމީން އަށް ނަފްރަތު އުފެއްދުމުގެ ގޮތުންނާއި ޔާމިން އަށް ލިބޭ ވޯޓު މަދު ކުރުމަށްޓަކައި ޔާމީންގެ ބޮލުގައި ބޮޑެތި އިލްޒާމުތަކެއް މި ބަޔާނުގައި އެޅުމަށް ވިސްނާފައިވެއެވެ.

އަދާލަތު ޕާޓީއަކީ ދީން ކުރިއެރުމަށާއި ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ބުނިކަމުގައި ވިޔަސް އެޕާޓީގެ ހަޤީޤީ މަގުސަދާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެޕާޓީގެ އިސް ސަފު ގައި ތިބީ ހަށުކަރި ހިޔާލުގެ ބައެކެވެ. އަދި ވަހީދު ހަސަން މަނިކު ވެރިކަމަށް ގެނައުމަށްޓަކައި އެމީހުން ދަނީ ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކުރަމުންނެވެ.