Tuesday 30 September 2008
Dear Visitors,
Tomorrow we will be rolling out a new site which is going to be almost similar to Dhivehi Observer. The new site is tested with different versions of Internet Explorer, Firefox, Opera and the newly released Goolge Chrome. Also the site will be upto 70 times faster than Dhivehi Observer. So check in again tomorrow to try our new site.
This is just the beginning – New Dhivehi Observer is far from done. We are hard at work building this site, and will continue to make it even faster and more robust.
We launched New Dhivehi Observer on 14th of September when Sappe sold Dhivehi Observer to Buruma Gasim. Two days later we started online boycott campaigns against Dhivehi Observer. Our aim was to drive 50% of Dhivehi Observer’s traffic to this website within 10 days. First week we got an average of 700 new visitors every day and now we are getting an average of 400 new visitors and over 10,000 page hits everyday.
Thank you for visiting New Dhivehi Observer
NDO Team
ސިޓީ
އަލްފާސިލް ސޮލާހް ޝިހާބަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ރާއްޖެއަށް މިއައި އިސްލާހީބަދަލު ގެނެވުނީ ބަޔަކު ވަރަށްބޮޑެތި ޤުރުބާނީތަކެއް ވެގެންކަން ސޮލާހުފަދަ މިދައުރުގައި މަހުޖަނަކަށްވެވަޑައިގެންފައިވާ، ރައްޔިތުންގެ ކެކުޅުންތަކަށް ފިނިކަމެއް ގެނައުމަށް ހިއްސާއެއް ވެދެއްވާފައިނުވާ ބޭފުޅަކު ފާހަގަކުރެއްވީތީ ވަރަށް އުފާކުރަމެވެ. އަދި އެ ގުރުބާނީތަކުން ލިބުނު މިނިވަންކަމުގެ ފައިދާ ސޮލާހް ހިއްޕަވާ ތަގްރީރްކުރައްވަމުން ގެންދަވާތީވެސް އުފާކުރަމެވެ. އެހެނަސް އެ ގުރުބާނީވެދިން މީހުނަށް ރިޔާސީ އިންތިހާބްގައި ތާއީދުކުރުމުގެ ބަދަލުގައި ޝުކުރިއްޔާއޭބުނެ އެވަރުން ފުއްދާލުމަށާއި،ސޮލާހް ތާއީދު ކުރައްވާ ކެންޑިޑޭޓަށް ތާއީދުކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ގެންދަވާތީ މިސިޓީ ލިޔަމެވެ.
ރައްޔިތުންނައްޓަކައި ޤުރުބާނީތަކެއް ވެދިންބަޔަކަށް ވިޔަފާރީގެ އުސޫލުން ބޮޑާބޭގެ ޝުކުރިއްޔާއޭބުނެފައި އަމިއްލަ އެދުމާއިގެން އަވަސްވެގަތުމަކީ އަޅުގަނޑުމެންފަދަ އާދައިގެ މީހުނަށް ފަސޭހަކަމެއްނޫނެވެ. އަޅުގަނޑުމެން ފަޤީރުންގެ އުސޫލަކީ ހެޔޮކަމެއް ކޮށްދިން މީހަކަށް އެޔައްވުރެބޮޑު ހެޔޮކަމެއް ކޮއްދެވޭތޯބެލުމެވެ. މިއީ އަޅުގަނޑުމެންގެ ޅަދަރިންނަށް ދަސްކޮއްދެވޭތޯބަލާ އުސޫލުވެސްމެއެވެ. އިތުރަށް ވިދާޅުވޭ
ލީބިޔާގައި ބޭއްވި ގުރުއާން މުބާރާތަކުން އަމީނިއްޔާ ކުއްޖަކު ތިން ވަނަ ހޯދައިފި
ލީބިޔާގައި ބޭއްވި ގުރުއާން މުބާރާތަކުން އަމީނިއްޔާ ކުއްޖަކު ތިން ވަނަ ހޯދައިފި އެވެ.
މިޜަމަޟާން މަހުގެ 19 އިން 23 އަށް ކުރިޔަށް ގެންދިޔަ "ވައުތަސިމޫ" މުބާރާތުން ތިން ވަނަ ހާސިލްކޮށްފައި ވަނީ އަމީނިއްޔާ ސްކޫލް ގްރޭޑް ދިހައެއްގައި ކިޔަވަމުން އަންނަ، ގުރުއާން ހިތުދަސް ކުއްޖެއް ކަމަށްވާ އުމުރުން 15 އަހަރުގެ އާމިނަތު ރީހާނެވެ. ތިން ކެޓަގަރީ ހިމެނޭ މުބާރާތުން ރީހާނަށް ތިން ވަނަ ލިބިފައި ވަނީ އޭނާ ބައިވެރިވި ހަތް ފޮތާއިބައި ހިމެނޭ ނުބަލާ ކިޔެވުމުގެ ކެޓަގަރީންނެވެ.
މިދިޔަ އަހަރު ޖޯޑަންގައި ބޭއްވި ގުރުއާން މުބާރާތުގައި ބައިވެރިވެ ކެޓަގަރީން ތިންވަނަ ވެސް ހޯދައިފައިވާ ރީހާން މިއަދު ބުނީ މުބާރާތަށް ދިއުމުގެ ކުރިން ވަރަށް ރަނގަޅަށް ފަރިތަކުރި ކަމަށާއި އަދި ފަރިތަ ކުރުމަށް އެކަށީގެންވާ މުއްދަތެށް ވެސް ލިބުނު ކަމަށެވެ.
ރިހާނަކީ ނިމިގެންދިޔަ ގައުމީ ގުރުއާން މުބާރާތުގެ އެއްވަނަ ދަރިވަރެވެ. އޭނާ ވަނީ މި މުބާރާތުން ބައިވެރިވި އުމުރުފުރައިން އެއް ވަނަ ވެސް ހޯދައިފަ އެވެ. އޭނާ ކީރިތި ގުރުއާން ހިތުދަސްކޮށް ސަނަދު ހޯދީ މި އަހަރު އެވެ.
- ކެންޑިޑޭޓް ނަޝީދުގައި ޝަރުތުހަމަނުވާ ކަމަށް ސުޕްރީޕް ކޯޓުގައި ދައުވާކުރާ މައްސަލަ:
- ޔާމީނު އަނެއްކާވެސް ކެބިނެޓަށް
- އެމްޑީޕީ އިއްތިޙާދުގެ ލަންކާ ދަތުރުފުޅު
- ހަނދު ބެލުމުގެ މައްސަލާގައި ކޮންމެ މުޖްތަމަޢެއްގައި ވެސް ބަލަން ޖެހޭނީ ސަރުކާރަކުން އަންގާ އެންގުމަކ
- އެމްޑީޕީ އިއްތިހާދުގެ ސަރުކާރެއްގައި ސިޔާސަތުތަކަށް އަމަލީ ސިފަ ގެނައުމަށްޓައި ބޭރުގެ އެކްސްޕާޓުން ގ
- ޓޫރިޒަމް މުވައްޒަފުންގެ ހަޅުތާލު އަންނަ މަހު 7 އަށް ފަސްކޮށްފި
- މައުމޫނެވެ. ރައްޔިތުންގެ ޙައްޤަށް ރައްކާތެރިވެ ޤާނޫނަށް ބޯލަނބާށެވެ.
Monday 29 September 2008
- ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު ރޭ އިޢުލާންކޮށްފި
- އެމްޑީޕީ އިއްތިޙާދުގެ ސަރުކާރެއްގައި 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ޕެންޝަން ލިބިދެވޭނެ- ކެންޑިޑޭޓް ނަޝީދު
- ޑރ ވަހީދު ދިއްފުށީގައި ބޭއްވި ބައްދަލުވުމަށް ޑީއާރުޕީން މިރުހުދުން އަޅައިފި
- ޕާޓީ ސިސްޓަމް ތައާރަފުކުރީ ޑރ ހަސަންކަމަށް ބުނާއިރު، ޕާޓީއެއްގެ ޖަނާޒާ ބާއްވަން ގޮވީ އޭނާގެ ރަނިންގމ
- އަދާލަތުގެ ރޫހަކީ އަންހެނުން އަޅުވެތިކުރުން ކަމަށް މަވޯޓާ ޝަރީފް ވިދާޅުވެއްޖެ
- ގަތަރުގެ އަމީރުގެ ދެއްވިކަމަށް ބުނާ 40 މިލިއަން ޑޮލަރުގެ މައްސަލާގައި އެމްޑީޕީއާ ދައުވާކޮށްފިނަމަ މި
- ބޮޑެތި ބަދަލުތައް ގެނެވޭނީ އާ ބަޔަކަށް، މާޒީގައި ހުދުމުހުތާރު ވެރިކަން ރީތިކުރުމަށް މަސައްކަތްކޮށްފައިވާ މީހުންނަކަށް ނޫން – ޑރ ވަހީދު
- ލޭނާރުތަކުގައި ލޭހިނގާފަދައިން ބަދަލު ވަމުންދާންޖެހޭ ކަންތައް ބަދަލުނުވާނަމަ އެވާނީ މުޅަތަކެއްޗަށް –
- މައުމޫނާ ދެކޮޅަށް ފަތުވާގައި ސޮއިކުރި، މަތީ މަޖިލީހުގެ ނައިބު ރައީސް ވަޒީފާއިން ވަކިކޮށްފި
- ސޮލާހު މައްސަލަ ފޮރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނަކީ ޑރ ހަސަނާއި ގާސިމް ކަމު
- ޑރ ޝަހީދަކީ ރަނިންމޭޓުންގެ ތެރެއިން އެންމެ ފަސްބައިހަޑި ބޭފުޅާ –ރައީސްގެ އިސްތަރުޖަމާނު
- ރިޔާސީ ސުވާލާ ޖަވާބު ރައީސް މައުމޫން ކާމިޔާބުކުރެއްވި ބީދައިން ރަނިންމޭޓުންގެ ބަހުސް ވަރަށް ފަސޭހަކަ
- މިފަހަރު މައުމޫނަށް ވޯޓުނުދެއްވާށެވެ.
Sunday 28 September 2008
ވެރިކަމުގެ ބާރުތައް އެމްޑީޕީގެ ސަރުކާރަކަށް ބަދަލު ކުރުމަށް އިންތިޤާލީ ކޮމިޓީއެއް އުފައްދައިފި
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން (އެމްޑީޕީ) ޤައުމީ އިއްތިޙާދާ ގުޅިވަޑައިގެން ރާއްޖޭގައި މިހާރު އޮތް ޒަމާންވީ ވެރިކަން ބަދަލު ކުރެއްވުމަށް ނުކުތް އެމްޑީޕީ އިންތިޙާދުން އިންތިޤާލީ ކޮމިޓީއެއް އުފައްދަވައިފިއެވެ.
އެމްޑީޕީގެ އިއްތިޙާދުން ބުރާސްފަތި ދުވަހު ބުނީ، އެ އިންތިޤާލީ ކޮމިޓީއަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ވުމުން ވެރިކަމުގެ ބާރުތަށް އޮމާން ކަމާއެކު އެމްޑީޕީ އިއްތިޙާދުގެ ސަރުކާރަކަށް ބަދަލު ކުރުމަށް އުފެއްދެވި ކޮމިޓީއެއް ކަމަށާއި މިކޮމިޓީއަކީ އެޑްވައިޒަރީ ކޮމިޓީއެއްގެ ދަށުން މަސައްކަތް ކުރާ ހަތަރު ސަބް ކޮމިޓީއެއްގެ މައްޗަށް އެކުލަވައިލައިފައިވާ ކޮމިޓީއެއް ކަމަށެވެ. އިތުރަށް ވިދާޅުވޭ...
ދިވެހި ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލި މީހަކީ ޤާސިމް – ޑރ. ޝަހީދު
ޤައުމީ އިއްތިޙާދުން ކިތަންމެވަރަކަށް އެއް ކެންޑިޑޭޓަކަށް ޤާސިމް އިބްރާހިމް ގެންނަން މަސައްކަތް ކުރިއަސް އެކަން ކުރިއަސް އެކަން އެގޮތަށް ވިޔަ ނުދެއްވާނެ ކަމަށް ޑރ. އަޙްމަދު ޝަހީދު ވިދާޅުވެޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ ޤައުމީ އިއްތިޙާދުގައި ބައިވެރިވާ ކެންޑިޑޭޓުން އެއްކެންޑިޑޭޓަކު ރިޔާސީ އިންތިޚާބަށް ނެރުމަށް އެކި ޕާޓީތަކުން ވާހަކަ ދެކެވި ބައެއް ފަރާތްތަކުން ޤާޞިމް އެކެންޑިޑޭޓަކަށް ހަދަން މަސައްކަތް ކުރއްވަން އުޅުއްވާތީވެ އެކަމަށް ރައްދު ދެއްވަމުންނެވެ.
ޑރ. ޝަހީދު ވިދާޅުވީ ޤާސިމް އިބްރާހީމަކީ ދިވެހިން މިއަދު ތަޙައްމަލު ކުރަމުން އަންނަ ހިތްދަތި ކަން ދިވެހިންނަށް ގެނެސްދިން މީހާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ މިއަދުގެ އިޤްތިޞާދު ހަލާކުކޮށްލި ބޭފުޅާކަމަށްވެސް ޑރ. ޝަހީދު ސިފަކުރެއްވިއެވެ. “އިޤްތިޞާދަށް ގެއްލުންވާ ފަދަ ބަޖެޓެއް ހަދައި ދިވެހި ޤައުމުގެ އިޤްތިޞާދު ހަލާކުގެ ތެރެއަށް ވައްޓާލީވެސް އޭނާ. ދިވެހިން ހިތްދަތި ދިރިއުޅުމެއްގައި މިއަދު މިއުޅެނީ ޤާސިމުގެ ސަބަބުން. އިއްތިޙާދުގައި ހިމެނޭ ކެންޑިޑޭޓުން އޭނައާއި އެއްކޮށް މަސައްކަތް ކުރަން ކިތަންމެ ވަރަކަށް އުޅުނަސް އެކަން ވިޔަނުދޭނަން”. ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ރައީސެއްގެ މަޤާމަށް ޤާޞިމް އަޔަސް އެބޭފުޅާ މަސައްކަތް ކުރައްވަނީ ވިލާ ގްރޫޕުގެ ވިޔަފާރި ކުރިއަރުވަން ކަމަށާއި އެހެން މީހެއްގެ ނަމަށް އެކަން ބަދަލު ކުރިޔަސް ވިލާ ގްރޫޕްން ޤާސިމް އެއްކިބާ ވީކަމަށް ނުބައްލަވާނެ ކަމަށެވެ.
އަންނިގެ ޝަރުޠު ހަމަނުވާކަމަށް ބުނެ ކުރާ ދައުވާގެ ނިޔަތަކީ އިންތިޚާބު ބާއްވަން އޮތް ތާރީޚަށް ބޭއްވިޔަނުދީ ލަސްކުރުން ކަމަށް މުޙައްމަދު އިބުރާހިމް ވިދާޅުވެއްޖެ
އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓް އަންނިގެ ޝަރުތު ހަމަނުވާކަމަށް ބުނެ ސްޕރީމް ކޯޓުުގައި ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ކުރައްވާ ދައުވާގެ ނިޔަތަކީ އިންތިޚާބު ބާއްވަން އޮތް ތާރީޚަށް ބޭއްވުނަ ނުދީ ޖެއްސުން ކުރުން ކަމުގައި މުޙައްމަދު އިބުރާހިމް ވިދާޅުވެއްޖެއެވެ. ޝަރީޢަތުގެ މަޖުލީހުގައި މޫސާ އަންވަރު ކުރައްވާ ދައުވާއަށް ޖަވާބު ދެއްވުމުގެ ގޮތުން މުހައްމަދު އިބުރާހީމް ވިދާޅުވީ17 ސެޕްޓެމްބަރު 2008 ގައި އަންނިއަށް ޖިނާއީ ކޯޓުން ސިޓީއެއް ފޮނުވާފަވާކަމަށާއި، އަދި އަންނިޔަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށް ބަލައިގަތީ އެސިޓީގައިވާ ކަންތައްތަކަށް ބައްލަވައިގެން ކަމަށެވެ.
Saturday 27 September 2008
ދިއެފްއެމް ޕޯލުން އަނެއްކާވެސް ކެންޑިޑޭޓް ނަޝީދު ކުރި ހޯއްދަވާފައިވާއިރު،% 5 ވެއްޓިއްޖެ
ދިއެފްއެމް އެސްއެމްއެސް ޕޯލުން އަނެއްކާވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ކުރިހޯދާފައިވާއިރު، އޭނާގެ ރޭޓިން 49% އިން 44% ވެއްޓިއްޖެއެވެ. މިއީ %5 ގެ ވެއްޓުމެކެވެ.
ހުކުރުދުވަހުގެ ރޭ ނެގި އެސްއެމްއެސް ވޯޓުން ކެނޑިޑޭޓް ނަޝީދަށް ކުރި ލިބިވަޑައިގަތީ 44.68% ހޯދައްވައިގެންނެވެ. މިއީ މިދިޔަހަފްތާގައި ނަޝީދަށް ލިބިވަޑައިގަތް ޕަސެންޑޭޖަށްވުރެ 5% ދަށް އަދަދެކެވެ. ރޭ 11 ން 12 އަށް ދިއެފްއެމްގެ ނެގި މިވޯޓުގައި ޖުމުލަ 13،265 މީހުން އެސްއެމްއެސްގެ ޒަރިއްޔާއިން ވޯޓުލާފައިވާއިރު ކެންޑިޑޭޓް ނަޝީދު ކުރި ހޯއްދަވާފައިވަނީ 5،927 ވޯޓު ލިބިލައްވައިގެންނެވެ. އިތުރަށް ވިދާޅުވޭ...
ޑރ.ހަސަން ސައީދަކީ ހުދުމުހުތާރު ބޭފުޅެއް ކަމަށް އެމްޑީޕީ އިއްތިހާދުން ބުނެފި
ދިވެހިރާއްޖޭގައި މަލްޓިޕާޓީ ނިޒާމެއް އޮތުމަކީ ރަނގަޅުކަމެއް ނޫން ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓް ޑރ. ހަސަން ސައީދު ވިދާޅުވެފައިވާތީ އެކަމަށް އެމްޑީޕީ އިއްތިހާދުން ރައްދުދެއްވައިފިއެވެ.
އެމްޑީޕީ އިންތިހާދުގެ ރަނިންމޭޓު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ދިވެހިރައްޔިތުން ވަނީ ހުދުމުހާތުރު ވެރިކަމަކުން ޑިމޮކްރަސީ އަކަށް ބަދަލު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިކަމަށާއި ނަމަވެސް މިއަދު އަޅުގަނޑުމެން އެނބުރި ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ދިޔުމަކީ ކޮންމެ ބޭފުޅަކުވެސް ކަންބޮޑުވާނެ ކަމެއްކަމަށެވެ. އިތުރަށް ވިދާޅުވޭ...
ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ބޮޑު ތިލަދުންމަތީގައި:
ވެރިކަމަށް އިސްވާ މީހަކު ކުރާ ވައުދެއް ނުފުއްދައިފިނަމަ އެމީހަކު ވެރިކަމުން ބާލާނެ ނިޒާމެއް އުފައްދަން ޖެހޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު ބޮޑު ތިލަދުއްމަތީގެ ރައްޔިތުންނާ މުޚާތަބް ކުރައްވާ ވިދާޅުވެއްޖެއެވެ.
ނަޝީދު ތިލަދުއްމައްޗަށް ވަޑައިގަތީ ހުކުރު ދުވަހު ފެއްޓެވި ކެންޕޭން ދަތުރެއްގައެވެ. އެ ދަތުރުގައި ތިލަދުއްމަތީ އުތުރުބުރީގެ ބާރަށާއި، ފިއްލަދޫއާއި، މާރަންދޫއާއި، ހޯރަފުއްޓާއި، އިހަވަންދޫއާއި، ކެލަޔާއި، ދިއްދޫއާއި، މުރައިދޫއާއި، ތިލަދުއްމަތީ ނޮޅިވަރަމަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދެއްކެވިއެވެ. އޭނާގެ ވާހަކަ މައިގަޑު ގޮތެއްގައި އަމާޒުކުރެއްވީ ހެޔޮވެރިކަމެއް ކުރުމަށްޓަކައި ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއްގެ މުހިންމު ކަމަށެވެ. އޭގެ އިތުރުން އޭނާއާއި އޭނާގެ ރަނިންގ މޭޓް ޑރ މުހަންމަދު ވަހީދު އިސްވެ ހުންނަ ވެރިކަމެއްގައި ރައްޔިތުންނަށް ވެފައިވާ 5 ވައުދު އޮޅުން ފިލުވައި ދެއްވާ ވާހަކަ ދެއްކެވިއެވެ. އިތުރަށް ވިދާޅުވޭ...
Friday 26 September 2008
ރަލާއި އޫރުމަހާއި ރިބާގެ ވިޔަފާރިކުރާ ފާސިދަކު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ބައިއަތު ހިފާފަވާ މުނާފިގު ޝޭޚު ހުސައިން ރަޝީދު މައުމޫނަށް އިންތިޚާބީ ހަރަކާތުގައި ބައިވެރި ނުވެވޭގޮތަށް ކޯޓު އަމުރެއް ނެރުމަށް ސުޕްރީމް ކޯޓުގައި އެދެފި
ރަލާއި އޫރުމަސް އަދި ރިބާގެ ވިޔަފާރިކޮށް ޒިނޭގެ ތުހުމަތުގައި އަދަބުލިބިި އެތަކެއް ދިވެހިި އަންހެން ދަރީންނެއްގެ އިއްފަތް ފޭރިގަނެފަވާ ފާސިދު ގާސިމު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ބައިއަތު ހިފާފަވާ މުނާފިގު އަދި މަޖޫސީއަކު ފަދައިން މަތިމަހާއި ތުބުޅި ދިގުކޮށްފަވާ ޝޭޚު ހުސައިން ރަޝީދު މައުމޫނަށް އެއްވެސް އިންތިޚާބީ ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް ވަގުތީ ކޯޓު އަމުރެއް ނެރެދިނުމަށް ސުޕްރީމް ކޯޓުގައި އެދެފިއެވެ. މީނާގެ މިއެދުމަކަށް ފަނޑިޔާރުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ދައުވާ ލިބޭ ފަރާތަކީ އިލެކްޝަންސް ކަމިޝަން އެވެ. އެހެންވެ އިލެކްޝަންސް ކަމިޝަންގެ ފަރާތުން ވަކީލު އިބުރާހިމް މުހައްމަދު ވިދާޅުވީ މައުމޫނުގެ ކެންޑިޑެސީ ގަބޫލު ކޮށްފައިވަނީ މައުމޫނާއި ދެކޮޅަށް އެފަދަ ކަމެއް ސާބިތުވެފައި އޮތްތޯ ބެލުމަށްފަހުއެވެ. ކޯޓުތަކުން މަޢުލޫމާތު ސާފުކުރިއިރު އެކަހަލަ އެއްވެސް މައްސަލައެއް މައުމޫނުގެ މައްޗަށް ސާބިތުވެފައި ނުވާކަމަށެވެ. ހަމައެހެންމެ އެބާވަތުގެ މައްސަލަ ތަކަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ޖެހޭ މައްސަލަތައް ކަމަށްވެސް ވަކީލު އިބުރާހިމް މުހައްމަދު ވިދާޅުއިއެވެ. އިތުރަށް ވިދާޅުވޭ...
މުނާފިގުންގެ ނުބައިރޭވުން އަންނިއާއި ދެކޮޅަށް
އަޖާއިބެއްފަދަ ކަމެކެވެ. ދުނިޔޭގަ ނެތްވަރުގެ ދީނީޢިލްމުވެރިންކަމުގައި ދައުވާކުރާ މީހުން އެބަޔަކާއިބައިއަތުހިފާފަވާ ޖުމްހޫރީ ޕާޓީއެވެ.
ދިވެހިރާއްޖޭގެއެންމެ ބޮޑު ފަސާދަވެރިޔާ، އަދި އެންމެ ފުޅާދާއިރާގައިދިވެހިރާއްޖޭގައި އޫރުމަހާއި ރަލުގެ ވިޔަފާރިއާއި ރިބާގެ ވިޔަފާރިކޮށް، ޒިނޭގެތުހުމަތުގައި އަދަބު ލިބިފަވާ އަދިއެތަކެއް ދިވެހި އަންހެން ދަރީންނެއްގެއިއްފަތްތެރިކަން ވަޒީފާގެ ނާޖާއިޒު ފައިދާ ނަގައިގެންފޭރިގަނެފަވާ ގާސިމު އިބުރާހިމް އިސްލާމީ ދިވެހި އުއްމަތުގެ ވެރިޔަކަށް ހޮވުމަށް ފައިވިއްދާފައިވާ ފާސިދުބައިގަނޑެވެ. ފައިސާގެ ދަހިވެތިކަމުގައި ތިމާގެ އަންހެން ދަރީންނާއި ވަޠަންގެ މަންމަގެ އިއްފަތްތެރިކަންފާސިދު ގާސިމަށް ވިއްކާލެވޭތޯ ރެޔާއި ދުވާލު އަވަދިނެތި ހިނގާ މުނާފިގުންގެ ބައިގަނޑެވެ. އިތުރަށް ވިދާޅުވޭ...



