8 އޮކްޓޯބަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިއުލާނުކޮށްފި
ރާއްޖޭގެ ތާރީޚުގައި ގިނަ ޕާޓީތައް އެކުލެވޭ ފުރަތަމަ ރިޔާސީ އިންތިޚާބު ބޭއްވޭނެ ތާރީޚަކީ 8 އޮކްޓޫބަރު 2008 ވާ ބުދަ ދުވަސްކަމުގައި އިލެކްޝަންސް ކޮމިޝަނުން އަންގާރަދުވަހުގެ ރޭ އިއުލާނު ކުރައްވައިފިއެވެ.
މިކަމާ ގުޅިގެން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުން އެކަމަށް އެދި 21 ސެޕްޓެމްބަރު 2008 ގެ ކުރިން އިންތިޚާބުގެ ގާނޫނާއި ގަވާއިދުގައިވާ ލިޔުންތައް ހުށަހެޅުމަށް ވެސް އެކޮމިޝަނުން ހުޅުވާލާފައި ވެއެވެ.
އިލެކްޝަންސް އޮފީހުގެ އިއުލާން ބުނާ ގޮތުގައި ވޯޓުލުން ހަމަޖެހިފައިވަނީ 8 އޮކްޓޫބަރ 2008 ވާ ދުވަހުގެ ހެދުނު 9.00 އިން ރޭގަނޑު 8.00 ގެ ނިޔަލަށެވެ. އަދި އެރޭ 9.00 ވޯޓު ގުނަން ފެށޭނެކަމަށާއި ނަތީޖާ އިއުލާން ކުރާނީ 9 އޮކްޓޫބަރ 2008 ވާ ބުރާސްފަތި ދުވަހުގެ ރޭ 11.30 ގައި ކަމަށްވެސް ހަމަޖެހިފައިވެއެވެ.

