Please click here to download the required
font package to view this site properly
Sunday 7 December 2008
ނިއު ދިވެހި އޮބްޒާވަރ - ޕާކިސްތާން
މިއަދަކީ މުޅިދުނިޔޭގަވެސް މުސްލިމުން އުފައު ފާޅުކުރަމުން އަންނަދުވަހެއް.
އަޅުގަނޑުމެން ނައް ކަންތައް ފަސޭހަކޮއްދިނުމަށް ދިވެހި ސަރުކާރުން ބޮޑެތި ޚަރަދު ކުރުމައް ފަހު އެންބެސީއެއް ގެ ކުލަ މިއަހަރުގެ މަސްތަކެއް ކުރިން ވަނީ އިސްލާމްއާބާދުގައި ހުޅުވާފައެވެ. އެންބަސީއިން ލިބޭ ފަސޭހަ އެއް އަޅުގަނޑުމެންނަށް އެގިގެންނުވެއެވެ.
ކުރީގައި އަޅުގަނޑުމެން ވިސާ އާކުރުމާއި މިފަދަ ކަންތައް ކުރުމަށް ބޭނުން ވާހިނދު އަޅުގަނޑުމެން ނައް މާފަސޭހައިން ކަންތައް ވެގެންދެއްވެ. މިހާރުވެގެންދަނީ އެއީ ބައްޔެއް ކަމެވެ. ދިގު އެއްގައުމު އަނެއްގައުމު ގެ ސިޔާސީގުޅުން ހަމައެކަނި ބަދެހިކުރުމައްގާއިމުކުރެވި ފައިވާ ތަނެއްނަމަ އަޅުގަނޑުމެން އެވާހަކަތަކުރާރު ކުރުމުގެ ބޭނުމެއްނެތެވެ.
އިތުރަށް
ވިދާޅުވޭ
'ހަވީރު' ނޫހުގެ ލިޔުންތެރިންނަށް ވެވޭ ޙަމްދަރްދީ
'ހަވީރު' ނޫހަކީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ނޫހެކެވެ. މި ދިޔަ ދެތިން އަހަރު ނޫނީ 'ހަވީރު' ނޫހަކީ މިދިޔަ 30 އަހަރަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ނަގާ ކިޔާ ނޫސްކަމުގައި ވަނީ ވެފައެވެ. މިހެން މިކަން ވެފައި މިވަނީ ޗާންސަކުން ނުވަތަ 'ނަސީބަކުން' ކަމުގައި ދުށުމަށްވުރެ މިއީ ބަޔަކު ކަނޑައެޅިގެން ކުރި ގިނަ މަސައްކަތްތަކެއްގެ ސަބަބުން ވެފައިވާ ކަމެއްކަމުގައި ދެކުމަކީ ޙަޤީޤަތާއި ކައިރިވާނެއް ގޮތެއްކަމުގައި އަޅުގަނޑު ދެކެމެވެ. ޙަޤީޤަތުގައި އަޅުގަނޑު މި މަޒުމޫނުގައި ބަލާލަން ބޭނުންވީ މިކަން މިހެން މެދުވެރިވާން ދިމާވި ސަބަބުތަކާއި އަދި ދިވެހިންގެ ވިސްނުމާއި، އަދި ޚާއްޞަކޮށް ދިވެހިންގެ ސިޔާސީ އަދި އިޖްތިމާޢީ ހޭލުންތެރިކަމާއހުރި ގުޅުންތަކުގެ މައްޗަށެވެ.
އިތުރަށް
ވިދާޅުވޭ
126 Inmates To Be Transferred To House Arrest
A total of 126 inmates at the country’s largest prison will be transferred to house arrest on Sunday following increased tensions as prisoners waiting for amnesty began hunger strike on Friday and Saturday.
State minister for foreign affairs Ahmed Mujthaba (Mujay) said the move was to indicate the new administration was “serious” about amnesty for prisoners after inmates began to “show their anger and frustration”.
Read More
އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރާނަމަ ސަރުކާރުގެ ދިފާއުގައި މުޒާރަހާ ކުރާނަން : ރީކޯ މޫސަ
މިދިޔަ ނޮވެމްބަރ 11ވަނަ ދުވަހު ދިވެހިރާއްޖެ ހިންގުމަށްޓަކައި ހަވާލުވި އެމްޑީޕީ އިއްތިހާދުގެ ސަރުކާރު ބަދުނާމު ކުރުމަށް އޮޅުވާލައިގެން ކަންތައްތަކެއް ކުރަމުން ގެންދާކަމަށާއި އެގޮތަށް ކަންތައް ކުރާނަމަ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރާއި ރައްޔިތުންގެ ދިފާއުގައި މުޒާހަރާ ކުރާނެ ކަމުގައި އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕްގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ލ. އަތޮޅުގެ މެމްބަރ ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އިތުރަށް
ވިދާޅުވޭ
ރާއްޖެއިން އައިއެލްއޯގައި ބައިވެރިވީ ޤާނޫނުއަސާސީއާއި ޚިލާފަށް ކަމަށާއި، އެމައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށް ޑީއާރްޕީން ގޮވާލައިފި
ދިވެހިރާއްޖެއިން އައިއެލްއޯގައި ރަސްމީކޮށް ބައިވެރިވުމާއިގުޅިގެން މިދިޔަ ބުރާސްފަތިދުވަހު ނެރުނު ނޫސްބަޔާނެއްގައި ޑީއާރްޕީން ބުނެފައިވަނީ، މިކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 އާ ޚިލާފަށް ކުރެއްވި ކަމެއްކަމަށް އެޕާޓީން ދެކޭކަމަށެވެ. އެމާއްދާގެ ދަށުން ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއިއެކު ރާއްޖެއިންވާ އެއްބަސްވުންތަކާއި މުޢާހަދާތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ ބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ސޮއިކޮށް ނުވަތަ ބައިވެރިވެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންކަމަށް އެބަޔާނުގައި ވެއެވެ. "އައި.އެލް.އޯ.ގެ އުޞޫލުތައް ހަމަޖެހިފައިވާގޮތުން، އައި.އެލް.އޯ. ގައި ބައިވެރިވާ ޤައުމުތަކުގެ ސަރުކާރުންނާއި، އެޤައުމެއްގައި ވަޒީފާދޭ ފަރާތްތަކުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކުން އިތުރަށް ވިދާޅުވޭ
Saturday 6 December 2008
މައުމޫނުގެ 30އަހަރުގެ ދިގު ވެރިކަމުގައި މައުމޫނުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކާއި، ދިވެހި ދަޢުލަތަށް ވެފައިވާ ޚިޔާނަތްތައް ބަލާ ކުށްވެރިވާމީހުންނަށް ހައްޤު އަދަބު ދީ ދިވެހި ރައްޔިތުންނަށް އިންސާފު ހޯދިދިނުމަށް ގޮވާލައިފި.
އިއްޔެ ހެދި ގޮޑުދޮށުގައި ބޭއްވުނު ޞުލްޙަވެރި އެއްވުމެއްގައި މިކަމަށް ގޮވާލިމީހުން ހާމަކޮށްފައިވާ ގޮތުން މި އެއްވުމަކީ މިކަމަށްޓަކައި މަސައްކަތްކުރާމީހުންގެ ފުރަތަމަ ފިޔަވަޅެވެ. މިގޮތުން އިތުރު ޙަރަކާތްތައް ހިންގުމާއެކު މައުމޫނާއި އޭނާގެ ސަރުކާރުން އަނިޔާވެރިވިމީހުން އިންސާފުގެ ކުރިމައްޗަށް ޙާޟިރުކުރުމަށް ބޭނުންވާ ހެކިހޯދުމުގެ މަސައްކަތް ކުރަމުންދާނެއެވެ.
ދިވެހި ރައްޔިތުންނަށް ހޯދަދޭންޖެހޭ އިންސާފެއް ހޯދަދިނުމަށްވުރެ ބޮޑަށް ހިތްތިރި ކުރެވޭނެގޮތެއް ނޯންނާނެކަމަށާ މިކަމަށްޓަކައި ފަރުދީ ގޮތުންނާއި، ޖަމާޢަތްތަކުން އަދި މިނިވަން ކޮމިޝަންތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުންވެސް މަސައްކަތް ކޮށްދެއްވުމަށް މި އެއްވުމުގައި ގޮވާލާފައިވެއެވެ.
މުޒާހަރާގައި ބައިވެރިވި މީހުންގެ އަތުގައި ހުރި ބައެއް ބޯޑުތަކުގައި ލިޔެފައިވާ އިބާރާތްތަކުގެ ތެރޭގައި '' އަދިވެސް ސުވާލަކީ ހުސައިން ސޮލާހު މަރާލީ ކާކުހޭ ''، '' ހިތްތިރިކޮށްގެން ތިބެންވީ ކިހާ ދުވަހަކުހޭ''، '' މަޢުމޫން ކުރި ކަންތައް ތަހުޤީޤުކުރަނީ ކޮން ދުވަހަކުންހޭ''، '' ޖަލުގަ މަރާފަ ތިބި މީހުންގެ އިންސާފުވެރި ތަހުޤީޤެއް ހޯއްދަވާ ދެއްވާ''، ''އެމްއެންއެސްއެލް ބޯޓްތައް ދިޔައީ އަޑިއައްތަ''، '' މިއަދު މީ ބަދަލުހިފުމެއް ނޫން ބޭނުމީ އިންސާފު''، '' ވެރިކަމަށް ހުވާކުރަން ހަތިޔާރު އެތެރެކުރީ ކާކު ކިހިނެއް؟'' ''އަހުމަދު ތަސްމީނު އަލީ ޑިއުޓީ ކުޑަކޮށްގެން އެތެރެކުރި ދެ ލޯންޗްގެ މައްސަލަ ބައްލަވައިދެއްވާ''، ''މަހިބަދޫގައި ހުރި މަސްފިނިކުރާތަން ކޮބާ؟'' ، '' ދައުލަތަށް ޚިޔާނާތްތެރިވިމީހުން ހޯދައި ބަދަލުދޭން ޖެހޭނެ''، ''ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މީހުން ހޯދައި އަދަބުދީ''، ''ޤައުމު ދަރަނިކުރިވި މީހުން ހޯދާ''. މިފަދައިން ނެވެ.
Friday 5 December 2008
ޤާސިމް އިބްރާހިމް އިސްތިއުފާ ދެއްވިނަމަވެސް، ސަރުކާރު ހުއްޓުމަކަށް ނާންނާނެ: ރައީސް ނަޝީދު
މިނިސްޓަރ އޮފް ހޯމް އެފެއަރޒް ކަމުގެ މަޤާމުން ޤާސިމް އިބްރާހިމް އިސްތިއުފާ ހުށަހެޅުއްވައި ފޮނުއްވި ސިޓީ އަދި ލިބިވަޑައިގެންފައިނުވިނަމަވެސް، ތަފްޞީލްކޮށް މިކަމާބެހޭ ވާހަކަތައް ވިދާޅުވެދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެންވިދާޅުވީ، ކުޅުދުއްފުށީގައި މިއަދު ހެނދުނު ބޭއްވެވި ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމާބެހޭ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހިމް ކެބިނެޓުން އިސްތިއުފާ ދެއްވިނަމަވެސް، ސަރުކާރު ހުއްޓުމަކަށް ނާންނާނެކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު ތައާރުފް ކުރައްވަން އުޅުއްވާ ލާމަރުކަޒީ އުޞޫލާއި، އެމްޑީޕީން ކަނޑައަޅާފައިވާ ސިޔާސަތު ހިމެނިފައިވާ ކަންތައްތައް ހަގީގަތަކަށް ހައްދަވާނެކަމުގައިވެސް ވިދާޅުވިއެވެ. އެމްޑީޕީން މަސައްކަތްކުރާ އަނެއް ދިވެހިރާއްޖެ ގެނެސް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
އިތުރަށް
ވިދާޅުވޭ
ވިއްސަކަށް ދުވަސްތެރޭ ލިބޭނެކަމަށްބުނި 300 މިލިޔަން ޑޮލަރު މުޅިން ނުލިބޭކަމަށް އެމްޑީޕީން ބުނެފި
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތ.އަތޮޅުގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ކެމްޕެއިން ދުވަސްވަރު އެމްޑީޕީގެ ރައީސްގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ހުންނެވި ނައިބް ރައީސް އިބްރާހިމް ހުސައިން ޒަކީ އެހެން ވިދާޅުވިއިރު، ދުނިޔޭގެ މާލީ ހާލަތާއި އިގްތިސާދީ ސިޔާސަތަށް ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. "އެމްޑީޕީގެ ފަރާތުން ބުނަމުންގެންދިޔަ ސަރުކާރާއި ހަވާލުވާތާ ވަކި މުއްދަތެއްތެރޭ 300 މިލިޔަން ޑޮލަރު ހޯދާނެކަމަށް. ނަމަވެސް ވިސްނާލަން ޖެހޭނެ އޭރުގެ ހާލަތާއި މިހާރުގެ ހާލަތަށް. ދުނިޔޭގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތުވަނީ ވަރަށް ނާޒުކު ފައްތަރެއްގައި. އެހެންވީމާ އެވިދާޅުވާ ފައިސާ ހޯދުމުގައިވެސް ދަތިތަކެއް ކުރިމަތިވޭ. ނަމަވެސް ސަރުކާރުން ވަރަށްބާރަށް މަސައްކަތް ކުރައްވަމުން އެބަގެންދަވާ އެފައިސާ ހޯދުމަށް" ހަސަން އަފީފް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވޭ
ދިވެއްސެއްގެ އެހީގައި އިންޑިއާއަށް ހަތިޔާރު އެތެރެކުރަން ޕާކިސްތާނު ޖަމާއަތަކުން މަސައްކަތް ކޮށްފައިވާކަމަށް އިންޑިއާގެ ނޫހަކުން ބުނެފި
ރާއްޖެ ސަރަހައްދު ބޭނުންކޮށްގެން ދިވެއްސެއްގެ އެހީގައި އިންޑިއާއަށް ހަތިޔާރު އެތެރެކުރަން ޕާކިސްތާނުގެ ޖަމާއަތަކުން މަސައްކަތް ކޮށްފައިވާ ކަމަށް އިންޑިއާގެ ޖާސޫސީ އިދާރާއާ ހަވާލާދީ އެގައުމުގެ މަޖައްލާއަކުން ބުނެފި އެވެ.
އިންޑިއާގެ ގައުމީ މަޖައްލާ ކަމަށްވާ ”ފްރަންޓްލައިން“ އިން ބުނެފައި ވަނީ މިދިޔަ މަހު ބޮމްބެއަށް ދިން ހަމަލާގެ ފަހަތުގައިވާ ކަމަށް ބެލެވޭ ލަޝްކަރޭ ތާއިބާއިން ރާއްޖޭގެ ފަޅުރަށެއްގައި އެމީހުންގެ ހަތިޔާރު ގުދަނެއް ހެދުމަށް މަސައްކަތް ކޮށްފައިވާކަން އިންޑިއާގެ ޖާސޫސީ އިދާރާއަށް އެނގޭ ކަމަށެވެ.
އިތުރަށް
ވިދާޅުވޭ
Thursday 4 December 2008
Vice-president Denies Allegations
Vice-president Dr Mohamed Waheed has denied former home minister Gasim Ibrahim's allegation that the new administration is unwilling to fund prison reform.
Gasim, who is a member of the Republican Party, resigned on Wednesday citing a lack of co-operation from the new coalition government in matters relating to the prison system.
Dr Waheed said that Gasim had requested the funds but there had been a “delay in responding to his request”.
According to Dr Waheed, Gasim was, however, informed of the president’s decision to release funds before he handed in his resignation letter.
Read More
އިނގިރޭސިރާނީގެ ދަރިކަލެއް ކަމުގައިވާ ހިޒް ރޯޔަލް ހައިނަސް ދަ ޑިއުކް އޮފް ޔޯކް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އިނގިރޭސިރާނީގެ ދަރިކަލެއް ކަމުގައިވާ ހިޒް ރޯޔަލް ހައިނަސް ދަ ޑިއުކް އޮފް ޔޯކް ޕްރިންސް އެންޑްރޫ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕްރިންސް އެންޑްރޫ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިކަމީ، ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅެއް ކަމަށާއި، އެކަމަށްޓަކައި މަރްޙަބާ ވިދާޅުވިއެވެ.
އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އަސާސީ ގަވާއިދުގައިވާ ކަންތައްތައް ރާއްޖެއިން ރަސްމީކޮށް ގަބޫލު ކުރައްވައިފި
އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އަސާސީ ގަވާއިދުގައިވާ ކަންތައްތައް ރާއްޖެއިން ރަސްމީކޮށް ގަބޫލުކުރާ ކަމުގައި ބަޔާން ކުރެވިފައިވާ ރަސްމީ ސިޓީފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ސޮއިކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރައްވައި މިއަދު ސޮއިކުރެއްވީ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ހުއާން ސޮމާވިއާއަށް ފޮނުއްވި ރަސްމީ ސިޓީފުޅެއްގައެވެ.
އައި.އެލް.އޯ.ގެ އަސާސީ ގަވާއިދުގެ ޕެރެގްރާފް 3ގެ 1 ވަނަ މާއްދާގައިވާ ހުރިހާ ކަމެއް، ރާއްޖެއިން ފުރިހަމައަށް ޢަމަލުކުރާނެ ކަމުގައި މިސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި އައި.އެލް.އޯ.ގެ އަސާސީ ގަވާއިދާ އެއްގޮތަށް، އެ ޖަމްޢިއްޔާ ހިންގުމަށް ހިނގާނެ ޚަރަދުތަކުގައި ރާއްޖޭގެ ޙިއްޞާ އޮންނާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ޚަރަދު 83 މިލިއަން ރުފިޔާއަށް އަރާ
ގިނަ ޕާޓީތައް ހިމެނޭ ގޮތަށް ބޭއްވުނު ފުރަތަމަ އިންތިހާބުގައި ޕާޓީތަކުން 83 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ދެބުރަށް ހަރަދުކޮށްފައިވާ ގޮތުގެ ތަފުސީލު ހުށަހަޅާފައިވާއިރު އެންމެ ގިނައިން ހަރަދުކޮށްފައިވާ ކަމަށް ދައްކާފައި ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ން ކަމަށެވެ. ޑީއާރުޕީން މައުމޫނުގެ ކެމްޕޭނަށް 33.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިހާރުގެ ރައީސް މުހައްމަދު ނަޝީދު ހޮވުމަށް 29.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
އިތުރަށް
ވިދާޅުވޭ
ހޯމްމިނިސްޓަރު ގާސިމް ދެއްކެވި ވާހަކަތަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ރައްދުދީފި
ރީތިރަށް ރިސޯޓްގެ މުވައްޒަފުންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ނެރުނު ނޫސްބަޔާނަކީ ކަން ހިނގައި ދިޔަ ގޮތް ބެލުމަށްފަހު ޝާއިއު ކުރެވިފައިވާ ސައްހަ ނުސްބަޔާނެއްކަމުގައި އެކޮމިޝަނުން ހާމަކޮށްފިއެވެ.
އެކޮމިޝަނުން މީގެ ކުރިން ނެރުނު ނޫސްބަޔާނަކީ ކަމުގެ ދެކޮޅު ނުބަލާ ނެރެފައިވާ ނޫސްބަޔާނެއްކަމަށް އިއްޔެ ހޯމް މިނިސްޓަރ ގާސިމް އިބްރާހީމް ވިދާޅުވުމާއި ގުޅިގެން, ކޮމިޝަންގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައްޔިތުންނަށް ހަގީގަތް އޮޅޭފަދަ ވާހަކަތަކެއް އެކޮމިޝަނަށް ރައްދުވާގޮތަށް ހޯމް މިނިސްޓަރ ދެއްކެވުމަކީ ރައްޔިތުންގެ މެދުގައި ކޮމިޝަނާ މެދު އުފެދިފައިވާ އިތުބާރު ގެއްލިގެންދާނެ ކަމެއްކަމަށެވެ. އަދި އެވާހަކަތަކަކީ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ކޮމިޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތަށް ނޭދެވޭ އަސަރު ކޮށްފާނޭ ވާހަކަތަކެއްކަމަށްވެސް އެނޫސްބަޔާނުގައިވެއެވެ.
އިތުރަށް
ވިދާޅުވޭ
ސަންދާނު 108 ނިކުމެއްޖެ
ސަންދާނު ހަފްތާ މަޖައްލާ 108ގެ ބޮޑު ޚަބަރެއްގެ ގޮތުގައި ގެނެސްދެއްވާފައިވަނީ ޚާރިޖީ ވަޒީރު ޑރ. ޝަހީދު ގެ އެނބުރި އައުން. އަދި އަލްމަރުހޫމުގެ އިބްރާހިމް ނާސިރުގެ ދަރިކަލުން އަޙުމަދު ނާސިރުގެ އިންޓަވިވްއެކެވެ.
108 ވަނަ އަދަދުގެ ސުރުޚީތައް:
ދިވެހީންގެ ޤައުމީ ބަޠަލު... -- އިލްޔާސް ހުސެއިން އިބްރާހިމް
މައުމޫނީ ރެޖީމްގައި ހަދާފައިވާ ކަންތައްތަކުގެ ތެރެއިން... -- އަބޫ ތިބިޔާން
އަޙްމަދު ނާޞިރުގެ ބަސްދީ ގަތުން -- ޢަލީ ސައީދު
ޚާރިޖީ ވަޒީރުގެ އެނބުރިއައުން -- އިބްރާހީމް މަނިކު
ހެޔޮވެރިކަމެއް ގާއިމު ކުރެވޭނީ ފާޑުކިޔައިގެނެވެ. --އައިޝާ ޝެރިން
ޤާނޫނު އަސާސީ ގެ 128 ވަނަ މާއްދާގައިވާ... -- އެޗް.އޭ.އެފް
Wednesday 3 December 2008
ނިއު ދިވެހި އޮބްޒާވަރ
18:15 ކުއްލިޚަބަރު: ހޯމް މިނިސްޓަރު ގާސިމް އިސްތިއުފާ ދެއްވައިފި
ގާސިމް މި އިސްތިއުފާ ދެއްވީ، ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ހައްގުތައް ނުލިބުމުގެ މައްސަލައިގައި ރީތި ރަށް ރިސޯޓްގެ މުވައްޒަފުން މި ދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރި ހަޅުތާލުގައި ވަޒީފާ އިން ވަކިކުރި ބަޔަކު އެ ރަށުން ބޭލުމަށް ފުލުހުން ފޮނުވި މައްސަލައިގައި ސަރުކާރުގެ ތެރެއިންނާއި ބޭރުން އެ މަނިކުފާނަށް ފާޑުކިޔުންތައް ރައްދުވެފައި ވަނިކޮށެވެ.
ނަމަވެސް އެކަން ހިނގައި ދިޔަ ގޮތް އޮޅުންފިލުވައި ދެއްވަމުން އިއްޔެ އިރު އޮއްސުނު އިރު ބޭއްވި ނޫސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ ރީތި ރަށް ރިސޯޓުގެ ވަޒީފާ އިން ވަކިކުރި 13 މީހުން އެ ރިސޯޓުން ބޭލުމަށް ފުލުހުން ފޮނުވީ، ގާނޫނު އަސާސީގެ ދަށުން ހޯމް މިނިސްޓަރުގެ މައްޗަށް ވާޖިބުވެގެންވާ ކަމަކަށް ވާތީ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިސްތިއުފާ ދެއްވަން ގަސްދުނުކުރައްވާ ކަމަށް ވެސް ގާސިމް އިއްޔެ ވިދާޅުވި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ވަނީ ކުރީގެ ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހުވެސް އިސްތިއުފާ ދެއްވާފައެވެ. އެފަހަރު އިސްތިއުފާ ދެއްވީ 2006 ވަނަ އަހަރާއި 2007 ވަނަ އަހަރާއި އަދި 2008 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ހޯދުމަށް ބަޖެޓްކޮށްފައި ހުރި ފައިސާ ހޯދުމަށް ސަރުކާރުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާތީ ”އަމިއްލަ އަށް އެވަރުގެ ބަދުނާމެއް ބޮލުގައި އަޅަން ބޭނުންނުވާތީ“ ކަމަށް ވިދާޅުވެ އެވެ.
ނިއު ދިވެހި އޮބްޒާވަރ
17:52 ކުއްލިޚަބަރު: ހޯމް މިނިސްޓަރު ގާސިމް އިސްތިއުފާ ދެއްވައިފި
ހޯމްމިނިސްޓަރުކަމުން ގާސިމް އިބްރާހިމް އިސްތިއުފާ ދެއްވައިފި އެވެ. ގާސިމް ވަނީ އިސްތިއުފާ ދެއްވިކަން ދާދި ދެންމެއަކު ކަށަވަރުކޮށް ދެއްވާފަ އެވެ.
އިތުރު ތަފްޞީލް އަންނަނީ.........
Gasim Ordered Commissioner To Send Police Force
Home minister Gasim Ibrahim on Tuesday admitted he ordered Police Commissioner Ahmed Faseeh several times to send police to One and Only Reethi Rah resort in the early hours of Sunday morning.
Up to 50 police in full riot gear were deployed to the five-star hotel on Sunday and allegedly used electric batons and irritant spray on employees engaged in a strike over labour rights.
Gasim, who said he had not consulted the president as he was away from Male', said it was his "duty" to send police. "Because of their presence, there was a danger for guests, employees and buildings," he said.
But he did not apologise for the alleged violence, instead thanking the police for their duty. And there only be an investigation “depending on the damage caused”, he said.
Read More
ރީތިރަށަށް ފުލުހުން ދިޔައީ 15 ފަހަރަށް ގާސިމު އޯޑަރު ދިނުމުން
ގާނޫނުގެ 31 ވަނަ މާއްދާއިން ލިބިދޭ ޙައްގުގެދަށުން ހަމަހިމޭން ކަންމަތީ މުޒާހަރާ ކުރި ރީތިރަށުގެ ދިވަހި މުޢައްޒިފުންގެ ގަޔަށް އަރާ އަނިޔާވެރިކަމާއިއެކު ގާނޫނާއި ޚިލާފަށް ފުލުހުން ޢަމަލު ހިންގީ ހޯމް މިނިސްޓަރު ގާސިމު އިބުރާހިމް 15 ފަހަރު ފޯނުކޮށް އޯޑަރު ދިނުމުން ކަމުގައި, ޕޮލިސް ކޮމިޝަނަރު ފަސީހުގެ ކިބައިން އެދިގެން ކަމުގައި ފުލުހުންނާއި ހަވާލާދީ ޚަބަރު ލިބިފައިވެއެވެ.
ގާސިމު ގުޅުމުން ފަސީޙު ޖަވާބުގައި ބުނިކަމަށްވަނީ "ގާނޫނީ ގޮތުން މިހާރުކުރެވޭނެކަމެއް ނޫން ތިޔަކީ" ނަމަވެސް ގާސިމު އެކަންކުރަންޖެހޭ ސަބަބާއި ކުރެވޭނެ ގޮތް ބުނެދީ އަމުރު ނެރުމުން ފުލުހުން ފުލް ރައިޓުގިއަރުގައި އެރަށަށް ރޭގަނޑު އަރާ އެ ރެސޯޓުން އެދޭގޮތުގެ މަތީން، ތަސްމީނުގެ ކޮށްކޮ މޮހޯ އެދޭގޮތުގެ މަތީން އެއޮޕަރޭޝަން ހިންގީއެވެ.
އިތުރަށް
ވިދާޅުވޭ
ތިމާވެށި ހިމާޔަތް ކުރުމަށް ކޮންމެ ފަތުރުވެރިއެއްގެ އަތުން ޓެކްސް ނެގުމަށް ގޮވާލައިފި
ތިމާވެށި ހިމަޔަތް ކުރުމަށްޓަކައި ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކު އަތުން 5 ނޫނީ 10 ޑޮލަރުގެ ޓެކުހެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރ އަހުމަދު އާދިލް ވިދަޅުވެއްޖެއެވެ.
އަންނައަހަރަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓާ ބެހޭގޮތުން ވާހަކަދައްކަވަމުން އާދިލް ވިދާޅުވީ ކޮންޒަރވޭޓިވް ޓެކްސްގެ ނަމުގައި ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކު 5 ނޫނީ 10 ޑޮލަރު ނަގާގޮތަށް ބަޖެޓްގައި ހިމެނުމަށް ހުށަހަޅުއްވާ ކަމަށެވެ.
އާދިލް ވިދާޅުވީ ޓޫރިސްޓަކަށް އެވަރުގެ ޓެކުހެއް އެއީ މާބޮޑު އެއްޗަކަށް ނުވާނެ ކަމަށައި ނަމަވެސް އެއީ ދިވެހި ސަރުކާރަށް ލިބޭ ވަރަށްބޮޑު އެއްޗަކަށް ވެގެންދާނެ ކަމަށެވެ.
އިތުރަށް
ވިދާޅުވޭ
Tuesday 2 December 2008
ރީތި ރަށުގެ ހާދިސާ ފޮޓޯއިން ބައްލަވާ...
ނިއު ދިވެހި އޮބްޒާވަރ
މައުމޫނުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކާއި ވެފައިވާ ޚިޔާނަތްތައް ބައްލަވާދިނުމަށް އެދި ގޮވާލާ މުޒާހަރާ ކުރަން ނިންމައިފި.
މައުމޫނުގެ 30އަހަރުގެ ދިގު ވެރިކަމުގައި ހިންގާފައިވާ ޖަރީމާތަކާއި ވެފައިވާ ޚިޔާނާތްތައް ބައްލަވައި ދެއްވުން އެދި މިއަދުގެ ރައީސް ނަޝީދުގެ ސަރުކާރަށް ގޮވާލުމުގެ ގޮތުން މުޒާހަރާއެއް ކުރުމަށް ޢާއްމުންގެ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ނިއު ދިވެހި އޮބްޒާވަރަށް އެފާރާތުން ކަށަވަރު ކޮށްދީފިއެވެ. އެފަރާތުން ހާމަ ކުރައްވާ ގޮތުގައި ރައީސް މައުމޫނުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ނުބައްލަވާ، ދަޢުލަތުގެ ޚަޒާނާއަށް ވެފައިވާ ޚިޔާނަތްތައް ނުބައްލަވާ، މިއަދުގެ ސަރުކާރުން މައުމޫނުގެ އަނިޔާވެރިކަން ހިންގަން ތިބި މީހުންނާއެކު ސަރުކާރު ހިންގަން އުޅުއްވާނަމަ، މިސަރުކާރަކީ ވެސް ކުރީގެ ޚުދުމުޚުތާރު އަނިޔާވެރި ސަރުކާރަކަށް ވުމުގެ
އިތުރަށް
ވިދާޅުވޭ
Monday 1 December 2008
ރީތި ރަށުގެ ހާދިސާ ފޮޓޯއިން ބައްލަވާ...
Police Used Batons On Peaceful Protestors: HRCM
Police officers who travelled to One and Only Reethi Rah resort were in full riot gear and used tear gas and batons on employees protesting at the resort, according to the Human Rights Commission (HRCM) on Sunday.
“The police in riot gear had confronted them in order to remove the 13 dismissed staff from the island, while they were striking as a means of peaceful protest. Police used spray that irritates eyes and batons,” a statement reads.
Read More
Sunday 30 November 2008
ރީތިރަށަށް އަރާ 13 މީހަކު ހައްޔަރު ކޮށްފައިވެނީ ހޯމް މިނިސްޓަރުގެ ލަފާގެ މަތިން : ޕޮލިސް
ރީތިރަށުގައި ވަޒީފާއާ ބެހޭ ގާނޫނަށް އަމަލު ކުރަމުން ނުދާތީ, އެރަށުގެ މުވައްޒަފުން ކުރިއަށް ގެންދާ ހަޅުތާލު ހުއްޓުވުމަށް ހޯމް މިނިސްޓަރު ގާސިމް އިބުރާހިމްގެ އެންގުމަކަށް އެރަށަށް ދިޔަ ފުލުހުން ތޭރަ މީހަކު ހައްޔަރުކޮށްފައި 7 ގަޑިއިރު ބޭތިއްބުމަށްފަހު އެމީހުން ދޫކޮށް ރަށުން ފައިބައިފި އެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހޯމް މިނިސްޓަރުގެ މަޝްވަރާގެ މަތިން އެރަށަށް އަރައި 13 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބިޑިއަޅަން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ހަދަން ޖެހިފައި ވަނީ ހަޅުތާލު ކުރަމުންދިޔަ މީހުންތައް ފުލުހުންނާއި ދިމާކޮށް ކުރިމަތި ލުމުން ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ.
އިތުރަށް
ވިދާޅުވޭ
ޒާހިރު ޙުސައިން މައުމޫނުގެ ވެރިކަމުން ހޯދި މުދާގަނޑު ވިއްކާލަނީބާ؟
މައަމޫނުގެ ވެރިކަން ނަގާ ދަމަހައްޓަން މަސައްކަތްކުރި މައުމޫނުގެ ގާތް އަޚު ޒާހިރު ޙުސައިން މައުމޫނުގެ ވެރިކމުގައި އެއްކުރި މުދާގަނޑު ވިއްކާލަން ވިސްނަމުން ގެންދާކަމަށް މިހާރު ވަނީ ޚަބަރު ފެތުރެން ފަށާފައެވެ. މިގޮތުން އެންމެ ފުރަތަމަ ވިއްކާލުމަށް ނިންމާފައިވަނީ ހަވީރު އެފް.އެމް ކަމަށް ޚަބަރުލިބެއެވެ. ވޭތުވެދިޔަ އިންޠިޚާބުގައި މައުމޫނު ވެރިކަމަށް އެރުވުމަށް ނިޔަތްގަނެގެން އުފެއްދި ހަވީރު އެފް އެމްގެ މަޤްޞަދު ޙާޞިލު ނުވީމާ ދެން އަވަހަށް ވިއްކާލަނީ ކަމަށް ބެލެވެއެވެ.
Saturday 29 November 2008
ދަޢުލަތުގެ މަތީ މަޤާމުތަކަށް ދެވޭ މުސާރަ ހައްދު ފަހަނަޅާ ދާއިރު، ލާ މަރުކަޒީ އުސޫލުން އަތޮޅުތައް ތަރައްޤީކުރުމުގެ ބުރަމަސައްކަތް ކުރާން ތިބި ދިވެހި ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމެއް ނެތީތަ؟
އުވިދިޔަ 30 އަހަރުގެ ޚުދުމުޙުތާރު ވެރިކަން މުށުތެރެއިން ދެމިގެން ދާކަމުގެ އިޙުސާސް ވާން ފެށިހިސާބުން ސިވިލްސާރވިސްގައި ޙަރަކާތްތެރިވި ބައެއް ބޭފުޅުންނަށް ނުޙައްޤުން ދީފައިވާ މާޤާމާއި މުސާރައިގެ ކުރިއެރުން ވެގެން ދިޔައީ ސިވިލް ސާރވިސްގައި ބާކީތިބި ކުދީން މާޔޫސްކުރުވިކަމަކަށް.
އިތުރަށް
ވިދާޅުވޭ
މޭވާ އާއި ތަރުކާރީން އިމްޕޯޓް ޑިއުޓީ ކަނޑާލާއިރު
ކާބޯތަކެތީގެ ތެރެއިން މޭވާ އާއި ތަރުކާރީ ފަދަ ތަކެތީގެ ޑިއުޓީ ކަނޑާލާއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ބައެއް މޭވާ އާއި ތަރުކާރީ އަކީ ރާއްޖޭގައި އެކަށީގެންވާ ރަނގަޅު ފެންވަރަށް ހެއްދޭ ތަކެއްޗެވެ. ހަމަ މިއާއެކު މޭވާ އާއި ތަރުކާރީގެ ތެރެއިން ރާއްޖެއެތެރެކުރެވޭ ބޮޑުބައެއް ބޭނުންކުރަނީ ފަތުރުވެރިންގެ ކެއުން ބުއިމަށެވެ. ދިވެހިންގެ ދުޅަހެޔޮ ޞިއްޙަތަށް މީގެން ބޭނުން ކުރެވެނީ މަދު ޢަދަދެކެވެ.
އިތުރަށް
ވިދާޅުވޭ
އަމިއްލަ ވަޒަނުގައި ދިވެހިން ބީރައްޓެހިވެ މުއްސަދިންނަށް މަގުހުޅުވުން
ނިމިދިޔަ ސަރުކާރު ސުމާރެއްނެތި ގައުމުގެ ފުދުންތެރިކަން އިސްރާފު ކުރުމުގެ ސަބަބުން، އައު ސަރުކާރަށްވަނީ ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ދުނިޔޭގެ އިގްތިސާދަށް އަންނަމުންދިޔަ ހީނަރުކަމާއެކުވެސް ދަޑުވެރިކަންފަދަ ތަފާތު މަސައްކަތްތަކަށް ރައްޔިތުން އަހުލުވެރި ކުރުވާ ހޭލުންތެރި ކުރުވުމަށް މައުމޫނުގެ ސަރުކާރުންކުރި އެއްވެސް މަސައްކަތެއްނެތެވެ. ވެރިކަން ކުރުމަކީ، ވެރިމީހާ ދުއްވާނެ އައު މޮޑެލްތަކުގެ ކާރުތައް ގަތުމާއި ވެރިމީހާގެ އުފަލާއި އަރާމަށް ކަންކަންކުރުން ކަމުގައި ވެފައިވީ، މައުމޫނުގެ ނަމޫނާ ދިމިގްރާތީ ވެރިކަމުގެ އަސާސްކަމުގައެވެ. ގައުމު ދަރަނިވެރިކޮށް،
އިތުރަށް
ވިދާޅުވޭ
ރާއްޖެއިންދެވޭ ޞިއްހީ ޚިދުމަތްތަކާމެދު ގިނަބައެއްގެ އިތުބާރު ގެއްލިފައިވާ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ
ވަރަށް ޚާއްސަ ކަންކަމުގައިނޫނީ ބޭރަށްނުގޮސް، ރާއްޖެއިން ފަރުވާ ހޯދޭގޮތަށް ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ. އައިމިނަތު ޖަމީލް ވިދާޅުވެއްޖެއެވެ. ވެލްފެއަރގެ ކަންތަކާބެހޭގޮތުން ޢާންމުންނަށް އެކަށީގެންވާ ވަރަށް މައުލޫމާތު ދެވިފައިނުވާތީ، އެކަމާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ދަރުބާރުގޭ ފަންސަވީހުގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ، ރާއްޖެއިންދެވޭ ޞިއްހީ ޚިދުމަތްތަކާމެދު ގިނަބަޔަކު އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އަލުން މިއިތުބާރު ދިނުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
އިތުރަށް
ވިދާޅުވޭ
Friday 28 November 2008
ކުއްލި ޚަބަރު :ހުޅުލޭ ފެރީއަކާއި އާގުބޯޓެއް ޖެހި 7 މީހަކު މޫދަށް ވެއްޓި އެކަކަށް ސީރިއަސް ގެއްލުންތަކެއްވެއްޖެ
ހުޅުލޭ ފެރީއަކާއި އާގުބޯޓެއް ޖެހި ފެރީން ދަތުރުކުރި ބައެއް މީހުން ކަނޑަށް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގިއިރު ފެރީގައި 40 ވުރެ ގިނަމީހުން ތިބިކަމަށް ވެއެވެ.
މިރޭ 11:10 ގައި ހުޅުލެ އިން ފުރި އެފް-64 ނަންބަރު ފެރީއާއި އިންޓަ އޭޝިއާ ޝިޕިން ލިމިޓެޑްގެ ތެޔޮބޯޓަކާ ޖެހިގެން ހިނގި މިއެކްސިޑެންޓްގައި ބައެއް މީހުން މޫދަށް ވެއްޓިފައި ވެއެވެ.
ފެރީން ދަތުރުކުރި ބައެއް މީހުން ބުނީ ފެރީ އާއި ބޯޓު ޖެހުނު ވަގުތު ފެރީ ބަނޑުންޖަހާލަފާނެ ކަމުގެ ބިރަށްޓަކައި ފެރީގައި ތިބި ބައެއް މީހުން ކަނޑަށް ފުންމައިލި ކަމަށެވެ. ބައެއް މީހުން ބުނީ ފެރީ އަރިއަޅާލއިގެން ބައެއް މީހުންމޫދަށް ވެއްޓުނީ ކަމަށެވެ. އެގޮތުން 7 މީހަކު ވެއްޓުނު ކަމަށް ވެއެވެ. މި ވެއްޓުނި މީހުންގެ ތެރެއިން 5 މީހުން އެފެރީން ވަނީ ނަގާފަ އެވެ. އަނެއް ދެމީހުން ނެގީ ފަހަތުން ދިޔަ އެހެން ފެރީއެކެވެ.
މިހާދިސާ ހިނގިއިރު ފެރީ ދުއްވަން ހުރީ ބަނގުލަދޭޝް މީހެއް ކަމަށްވެއެވެ. އޭރު ކެޕްޓަން ހުރީ ފަޅުވެރިންގެ އަތުން ފައިސާ ނަގާށެވެ. ފެރީ ބޯޓްގައި ޖެހުމުގެ ކުރިން ދޯނީގެ ކުރިގައި ތިބިމީހުން ހަޅޭއްލަވައިގެން ކަމަށް ވެއެވެ. އެއަޑަށް ކެޕްޓަން ހުންގާނާ ހަވާލުވިއިރު ފެރީ ޖެހިއްޖެ އެވެ. އެހެންވެ ކެޕްޓަނަށްވެސް ކުރެވޭނެ ކަމެއް ނެތުމުން އެކްސިޑެންޓް ހިނގީކަމަށް ފެރީން މޫދަށް ވެއްޓުނު މުހަންމަދު ޚިޔާނު ބުންޏެވެ.
ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ތީމުގެ..
ރައީސުލްޖުމްހޫރިއްޔާގެ މުސާރަވެސް ކަނޑައެޅިއްޖެއެވެ. އަދިވެސް މަޖިލހުން އެމަނކުފާނު ހުންނަވާނެ ގެކޮޅެއް ކަނޑައެޅުއްވުމާ ބެހޭ ވާހަކައެއް ދައްކާތީއެއް އަޑެއްނާހަމަވެ. ރައީސުލް ޖުމްހޫރިއްޔާ މިވަޤުތު ދިރިއުޅުއްވަނީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެކޮޅުގައެވެ. އެހެންނަމަވެސް ރައީސުލް ޖުމްހޫރިއްޔާގެ ހައިޞިއްޔަތުން ދިރިއުޅުއްވާނެ ގެކޮޅެއް އެމަނިކުފާނަށް ޚާއްޞަކުރެވެންޖެހެއެވެ. ތީމުގެ "ރިޔާސީ ގަނޑުވަރު" އަކީ ކުރީގެ ރައީސް މައުމޫނު އެމަނިފާނުގެ ވެރިކަމުގެ ޙައިބަތާ ޤަދަރުވެރިކަމުގެ ބޮޑުކަން ދެއްކުމަށްޓަކައި ބިނާ ކުރައްވާފައިވާ ބިލިޔަން ޑޮލަރުގެ ބިނާއެކެވެ. ރައީސް ނަޝީދު ވިދާޅުވާގޮތުންނަމަ އެފަދަ ބޮޑު ޢިމާރާތެއް ކޮންމެހެން ރައީސުލް ޖުމްހޫރިއްޔާއަކު ހުންނަވާކަށް ބޭނުމެއްނުވެއެވެ. ދެން މިފަދަ ޢިމާރާތެއް އެބަހުރިބާއެވެ؟
އިތުރަށް
ވިދާޅުވޭ
Thursday 27 November 2008
ޑީ.އާރް.ޕީއިން ދިވެހި ރާއްޖޭގެ ވެރިކަން ކުރިކަމަށް ހަވީރު އޮންލައިންގައި ހާމަކުރުން.
ދިވެހި ރާއްޖެގެ ނޫސްވެރިކަމުގެ އިސް ސަފުގައި ގުނާލެވޭ ނޫސްތަކުންވެސް އެއްވަނަ ނޫހަކީ ހަވީރު ނޫސް ކަމުގައި ބަޔަކު ކިޔާތީ އަޑުއިވެއެވެ. ނޫސްވެރިކަމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ މީހުންތިބި މިނޫހުގެ އެއް އަމާޒަކަށްވީ މައުމޫނު ޢަބަދުލް ޤައްޔޫމްގެ ވެރިކަން ދެމެހެއްޓުމެވެ. އޭގެ ބަދަލެއްގެ ގޮތުގައި އެއިރުގެ ސަރުކާރުގެ އެންމެޙާ އިޢުލާންތަކާ އިޝްތިހާރުތައް އަދި މައުމޫނަށް ސަނާކިޔާ އެންމެހާ ބައިވެރިންގެ ކުންފުނިތަކާ، ވިޔަފާރިތަކުންވެސް އިންތިހާއަށް ހަވީރު ނޫހަށް އިޝްތިހާރު ދެމުން ގެންދިޔައެވެ. މިގޮތުން ބުނާނަމަ ބުނެވޭނީ ހަމަ ކަށަވަރުންވެސް ނޫސްވެރިކަމުގައި ފައިދާއެއްވާނަމަ އެފައިދާ އެންމެބޮޑަށް ލިބިދޭ ނޫހަކަށްވާނީ ހަވީރު ނޫސްކަމުގައެވެ.
... ... ... ... ... ... ... ...
ނޫސްވެރިކަން އެނގެނީ ހަވީރަށެވެ. ނޫސްވެރިން ތިބޭނީ ހަވީރުގައެވެ. މިކަހަލަ ވާހަކަތައް ލިޔުނީމާ މިތަންތަން މިފެންނަނީ އަޅުގަނޑުމެންކަހަލަ ގަމާރުންނަށެވެ. މައުމޫނު ވެރިކަމަށް ނުހޮވުމާ އަދި ޑީ.އާރް.ޕީއަށް ވެރިކަން ނުލިބުމުގެ ސަބަބުން ހިރިގާ ޒާހިރަށް އެހުންނެވީ ނަފްސާނީ ގޮތުން
އިތުރަށް
ވިދާޅުވޭ
Wednesday 26 November 2008
ސަން ޓްރެވެލް އަހުމަދު ޝިޔާމު ޑީއާރުޕީގެ ނައިބު ޒައީމުކަމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގެންފި
ކުރީގެ ސަރުކާރު ހިންގި ޕާޓީ، ޑީއާރުޕީގެ އެއް ނައިބު ޒައީމު، އަދި މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ، އަހުމަދު ޝިޔާމު މުހައްމަދު ޑީއާރުޕީގެ ނައިބު ޒައީމުކަމުން އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވެވަޑައިގެންފި އެވެ.
ނަމަވެސް އެކަން އަދި ޑީއާރުއަކުން ޔަގީނެއް ނުކޮށްދެ އެވެ.
ޕާޓީގެ ނައިބު ޒައީމު ކަމުން އިއްޔެ އިސްތިއުފާ ދެއްވުމަށް ފަހު މިއަދު ދެއްވި އިންޓަވިއުއެއްގައި ޝިޔާމު ވިދާޅުވީ އޭނާ ޕާޓީން ވަކިވެވަޑައިގަތީ، 1927 ވަނަ އަހަރަށް ފަހު ދުނިޔޭގެ އިގްތިސާދު ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް އިގްތިސާދު ދަށަށްދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާދެއްވާ ދުވަސްވަރެއްގައި އޭނާގެ އަމިއްލަ ވިޔަފާރި އަށް ނުދެއްވާ ސަމާލުކަމެއް އެހެން ކަމަކަށް މި ވަގުތު ދެއްވަން ޖެހޭނެ ކަމަށް ގަބޫލުނުކުރެއްވޭތީ ކަމަށެވެ.އިތުރަށް
ވިދާޅުވޭ
2009 ވަނަ އަހަރަށް 13 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
މިއަންނަ 2009 އަހަރަށް ދައުލަތުން ލަފާކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ތޭރަހާސް، ހަސަތޭކަ ސާޅީސް އަށްމިލިޔަން، ނުވަ ސަތޭކަ ފަންސާސް އެއްހާސް، ހަތްސަތޭކަ ސާޅީސް ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވައިފިއެވެ. މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ބަޖެޓަރީ ތާރީޚްގައި ހުށަހެޅުނު އެންމެބޮޑު ބަޖެޓެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޒައާމަތުގައި މިހިނގާ 2008 ވަނަ އަހަރަށް ފާސްކުރައްވާފައިވަނީ 12 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަދި ހަމައެމަނިކުފާނުގެ ޒައާމަތުގައި 2007 ވަނަ އަހަރު ފާސްކުރައްވާފައިވަނީ 9 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
އިތުރަށް
ވިދާޅުވޭ
ސަންދާނު 107 ނިކުމެއްޖެ
ސަތޭކަ ހަތްވަނަ އިޝިއުގައި ބޮޑަށް ބަލާލެވިފައިވަނީ އަލްމަރުހޫމް ވެލާނާގެ އިބްރާހިމް ނާސިރުގެ ފަސްދާނަ ވެޑުވުމާއި އެބޭފުޅާއާއި ދޭތެރޭ ވެއްޓުނު ރައީސް މައުމޫނު އެބޭފުޅާޔަށް ހެދި އިހާނާތްތެރި ގޮތާއި ދޮގުތަކުގެ ވާހަކައެވެ.
އިތުރު ޝުރުޚީތަކުގެ ތެރޭގައި:
އިންތިގާލީ މަރުހަލާގައިވެސް ރައްޔިތުން އެދޭ ގޮތަކީ...! ( އަބޫ ތިބިޔާން )
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރ.ބ.ކ. ( ޢަލީ ސައީދު )
ވެރިކަންތަކުގެ އާރާއި ބާރު ( އަޙްމަދު ޝަފީޤް )
މަޒީވެދިޔަ ޞަފްޙާ ތަކަށް ( ވިސްނާލުމުން ޢަލީ ޙުސައިން )
ޑީ.އާރު.ޕީ މަގުމައްޗަށް ( ޢަލީ ސައީދު)
Hashim Outlines Country's Financial Crisis
Finance Minister Ali Hashim on Tuesday reluctantly proposed a Rf 13 billion (US $ 1 billion) budget to parliament while revealing the extent of the country’s financial crisis and expressing the need for an interim budget.
Due to time constraints, he has said “there was no other way” but to submit the 2009 budget, which was drafted under the old administration and has not been changed, in its current state.
Read More
Tuesday 25 November 2008
މާލޭ ފެން ކުންފުނި ހިނގަމުން އަންނަނީ ގޭގެ ފެންވަޅުގައި ހަރުކޮށްފައި ހުންނަ ފެން ޕަންޕު ނުވަތަ ފެން މޯޓަރު ހިންގާ ބީދައިން.
ތަޢާރަފު
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ނުވަތަ މާލޭ ފެން ކުންފުނި ސަރުކާރުން އުފެއްދި މައިގަނޑު މަޤުސަދަކީ މާލޭގެ ފެނާއި ނަރުދަމާ ފަރުމާކޮށް ތަރައްޤީ ކުރުމާއެކު މިކަމަށް ކުރާހޭދައާއި އެކަށޭނެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ނަމަވެސް ފެން ކުންފުނި އުފެއްދީ، ވިޔަފާރިކުންފުންޏެއް ގޮގުގައި ސަރުކާރަށް އާމްދަނީ ހޯދައިދޭ ކުންފުންޏެއްގެ ގޮތުގައިކަމެއް ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނަރުދަމާގެ ޚިދުމަތާއި ރައްކާތެރި ސާފުބޯފެން ފޯރުކޮށްދިނުމަށް ކަމެއް މިހާރަކު ނޭގެއެވެ. އެގޭ އެއްޗަކީ، 1995 ގައި އުފެއްދި ފެންކުންފުނި ހިންގަމުން އަންނަނީ، ފެލިވަރު މަސްދަޅު ބަންދުކުރާ ކާރު ޚާނާ ހިންގާ ބީދައިން ވިޔަފާރިކުންފުންޏެއް ގޮތުގައި ކަމެވެ.
އިތުރަށް
ވިދާޅުވޭ
އާދަމް ޒާހިރު ފިލައިފި
ދިވެހި ރާއްޖޭގެ އަނިޔާވެރިންގެ ފަސްޓް އިން ކޮމާންޑު ކުރީގެ ބުރިގޭޑިއަރ ޖެނެރަލް 23 ނޮވެމްބަރުގައި ގަތަރު އެއަރ ލައިންސްގެ ފުލައިޓުން މާލެއިން ފިލައިފިއެވެ. މީނާގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު އީވާން ނަސީމުގެ މަންމަ ވަނީ ދިވެހި ރާއްޖޭގެ ހައިކޯޓުގައި 15 މިލިޔަން ރުފިޔާގެ ބަދަލެއް ހޯދުމަށް ދައުވާ ހުށަހަޅައިފައެވެ.
އީވާން ނަސީމު ޖަލުގައި އަނިޔާކޮށް ވަރަށް އިހާނާތިގޮތެއްގައި މަރާލިމައްސަލަ ގައުމީ ސަލާމަތައްޓަކައި ކަމުގައި ބުނެ ޑިކްޓޭޓަރު މައުމޫނުވަނީ އާދަމް ޒާހިރު އެމައްސަލައިގާ ނުބެދޭގޮތަށް ކަމިޝަނުގެ ރިޕޯޓުން ބައެއް އުނިކޮށްގެން ސަލާމަތް ކޮށްދީފައެވެ. ނަމަވެސް ޑިކްޓޭޓަރ މައުމޫނުގެ ސަރުކާރު ވެއްޓުމުން އެ ސަރުކާރުގެ އަނިޔާގެ ބޮޑެތީން މިހާރު ދަނީ ވަޒީފާތަކުން ވަކިކުރަމުންނެވެ. އެގޮތުން އާދަމް ޒާހިރުގެ ޔުނީފޯމް މިދިޔަ ހަފުތާގައި ވަނީ އަތުލައިފައެވެ. ޚަބަރު ލިބޭގޮތުގައި ޑިކްޓޭޓަރު މައުމޫނުގެ އަނިޔާ ރައްޔިތުންގެ މައްޗަށް ފާކުރި އަނިޔާވެރިންގެ ބޮޑުން ޕޮލިހުން ވަކިކުރެވޭނެއެވެ. މީގެ ތެރޭގައި ޢަބުދުﷲ ރިޔާޒު، ޝުކޫރު، ޝާކިރު ފަދަ މީހުން ހިމެނެއެވެ.
އިތުރަށް
ވިދާޅުވޭ
Recent Archives (It may take a while to load these pages depending on your speed, please be patient)
އެންޑީއޯއަށް ފޮޓޯ އާއި ވީޑިއޯ އަދި ލިޔުން ފޮނުވާނީ ކިހިނެތް؟
ތިޔަބޭފުޅުން ފޮނުވާ ފޮޓޯތަކާއި ލިޔުންތަކަށް އެންޑީއޯއިން މަރުޙަބާ ކިޔަމެވެ.
ޙާދިސާއެއް ނުވަތަ ކަމެއް ހިނގާ ވަގުތު އެންޑީއޯގެ ނޫސްވެރިއެއް ނުވަތަ ފޮޓޯގްރާފެއް އެތަނެއްގައި
ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ވަގުތެއްގައި ތިޔައިން ކޮންމެ ބޭފުޅަކީވެސް ނޫސްވެރިއެއް ނުވަތަ ފޮޓޯގްރާފަރެއް ކަމުގައި ވެވިދާނެއެވެ.
މިގޮތުން ތިޔަބޭފުޅުން ފޮނުވާ ފޮޓޯ އާއި ލިޔުންތައް މިވެބްސައިޓުގައި ޝާއިއު ކުރެވިދާނެއެވެ. ފޮޓޯ ފޮނުވާއިރު ފޮޓޯނެގި ތަނާއި އަދި ފޮޓޯގެ ތައާރަފެއް ވަރަށް މުހިންމެވެ.
ފޮޓޯ އަދި ލިޔުންތައް އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
Tell A Friend
Do you like this site? Help us spread word about New Dhivehi Observer by telling all your friends and family members about us!
Link to New Dhivehi Observer
We are always very appreciate of webmasters linking back to New Dhivehi Observer. http://www.newdhivehiobserver.com . Thanks for your show of support!
Do you have the right font installed?
Please click here to download the "Mv Iyyu Formal" font to view this site properly. If you are having problem with installing the font please let us know by email and we will be happy to help you. Our email address is info@NewDhivehiObserver.com
ރައީސް މައުމޫނަށް މައާފްކޮށް އެއްވެސް ފަރާތަކުން އެމަނިކްފާނާއި ދޭތެރޭ ދެރަގޮތަކަށް ކަންތައް ނުކުރުމަށް އަންނި ވިދާޅުވެއްޖެ.
Broken Links
If you see any broken link please let us know by email
and we will fix as soon as possible. Our email address is info@NewDhivehiObserver.com
Thank you.


